އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްބުރުން އިންތިޚާބު ކާމިޔާބުކުރަން ކޯލިޝަން އޮތީ ވަރަށް ބަދަހި ގުޅުމަކުން ގުޅިގެން: ޑރ. މަޢްޞޫމް

އެއްބުރުން އިންތިޚާބު ކާމިޔާބުކުރަން ކޯލިޝަން އޮތީ ވަރަށް ބަދަހި ގުޅުމަކުން ގުޅިގެން: ޑރ. މަޢްޞޫމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

މިއަހަރުގެ ރިޔާސީ އިންތިޚާބު އެއް ބުރުން ކާމިޔާބުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރަން ކޯލިޝަން އޮތީ ވަރަށް ބަދަހި ގުޅިމަކުން ގުޅިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް ޑރ. ޢަބްދުﷲ މަޢްޞޫމް ވިދާޅުވެއްޖެއެވެ.

ޑރ. މަޢްޞޫމް މިރޭ ވިދާޅުވީ ކޯލިޝަނުގައި ހިމެނޭ 4 ޕާޓީވެސް މިހާރު ވަނީ ވާދަވެރިކަމެއްގެ ތެރެއިން އެކުވެރިކަމުގެ ތެރެއަށް އައިސްފައި ކަމަށާއި 4 ޕާޓީވެސް އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަމުން ގެންދަނީ ކޯލިޝަނަށް އެންމެ ފަސޭހައިން އިންތިޚާބު ކާމިޔާބުކުރެވޭނެ ގޮތަށް ކުރިއަށް ދިއުމަށް ކަމަށެވެ.

"ޕާޓީތަކުގެ އެތެރޭގެ ކަންކަން ވެސް މިހާރު މިވަނީ ވާދަވެރިކަމުން އެކުވެރިކަމަށް ބަދަލުވެފަ. އަދި ކޯލިޝަނުގެ ގުޅުންތައްވެސް މިހާރު ކުރިއަށް މިގެންދެވެނީ އެ އުޞޫލުން. ކޯލިޝަނުގައިވެސް މިހާރު އޮތީ ވާދަވެރިކަމެއް ނޫން. އެކުވެރިކަން."

ޖުމްހޫރީ ޕާޓީން މަސައްކަތް ކުރާނީ އަދި ކަންކަން ނިންމާނީވެސް ހަމަ އެ ރޫޙުގައިި ކަމަށްވެސް ޑރ. މަޢްޞޫމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







ފަޝީ 2018-07-07 23:01:28

މިވަގުތު މުހިއްމީ ގުޅިގެން މަސައްކަތްކޮއް ހަތަރުލީޑަރުންނަށް އެއްބަސްވެވޭ ރަނިންމޭޓެއް ޖުމުހޫރީ ޕާޓިން ނެރުން ޖުމުހޫރީ ޕާޓީގަ ވެސް ގާސިމް އަށާއި ޖޭޕީއަށް ވަރަށްވަފާތެރި ބޭފުޅުން އަދިވެސް އެބަތިއްބެވި އެއިން ބޭފުޅަކަށް ފުރުސަތު ދެއްވުމުން ރަނގަޅުވާނެ .


އަބްދުއްލަތީފް