އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއްލިއަކަށް އިއުލާނުކޮށް ގޯތި ދިނީމާ ރާއްޖެއިން ބޭރުގައި ތިބި ގިނަ ބައެއްގެ ޙައްޤުތައް ގެއްލޭ: ޑރ. މަޢްޞޫމް

ކުއްލިއަކަށް އިއުލާނުކޮށް ގޯތި ދިނީމާ ރާއްޖެއިން ބޭރުގައި ތިބި ގިނަ ބައެއްގެ ޙައްޤުތައް ގެއްލޭ: ޑރ. މަޢްޞޫމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ކުއްލިއަކަށް އިއުލާނުކޮށް ގޯތި ދިނީމާ ގޯތި ބޭނުންވެގެން ތިބި ގިނަ ބައެއްގެ ޙައްޤުތައް ގެއްލިގެންދާ ކަމަށް ޖޭޕީގެ ނައިބް ރައީސް ޑރ. ޢަބްދުﷲ މަޢްޞޫމް ވިދާޅުވެއްޖެއެވެ.

ޑރ. މަޢްޞޫމް މިރޭ ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މާލޭގެ ރަށްވެހިންގެ ތެރެއިން އެތައް ހާސް ބައަކަށް މާލޭގައި އުޅުވެން ނެތިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ގެންދާ ކަމަށެވެ. އެހެންކަމަށްވާއިރު ހަމަ ކުއްލިއަކަށް އިއުލާނު ކޮށްލާފައި ބައަކަށް ގޯތިތަކެއް ލިބޭނެ ގޮތް ހެދުމުން އެތައް ހާސް ރައްޔިތުންގެ ޙައްޤުތައް ގެއްލިގެންދާ ކަމަށެވެ.

ޑރ. މަޢްޞޫމް ވިދާޅުވީ ގޯތި ދިނުން ފަދަ މުހިންމު ކަންކަން ކުރަންޖެހޭނީ ކުރިއާލައި އިއުލާނުކޮށް ވީހައި ގިނަ ބައަކަށް އެކަމުގައި ބައިވެރިވުމުގެ ފުރުޞަތު ދީގެން ކަމަށެވެ. އެއީ މިއަދު އިއުލާނުކޮށްފައި މާދަން ފުރުޞަތު ބަންދުކޮށް އަނެއް ދުވަހު ގޯތި ދޫކުރާ އުޞޫލުން ސަރުކާރަކުން ކޮށގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ރާއްޖެއިން ބޭރުގައި ތިބި މާލޭގެ ރަށްވެހިންނަށް މާލެ އައިސް ފޯމު ހުށަހެޅުމުގެ ފުރުޞަތު ލިބެންޖެހޭނެ. ބަލައިގެން ނުވާނެ ރާއްޖޭން ބޭރުގަ ދިރިއުޅޭ ކޮންމެ މީހަކީ ހަމަ ބޭނުންވާއިރަށް ޓިކެޓް ކަނޑާލައިގެން ރާޖެ އާދެވޭނެ މީހެއް ކަމަކަށް. ގިނަ ބައަކު ރާއްޖެއިން ބޭރުގައި ދިރިއުޅެނީ މާ ބޮޑު ތަނަވަސްކަމެއް ހުރީތީއެއް ނޫން. މާލޭގައި ދިރިއުޅުމާއި އެހެނިހެން ޚަރަދުތައް ބޮޑުވެ ލިބޭ އާމްދްނީން ދެކޮޅު ނުޖެއްސޭތީ. ވީމާ އެފަދަ މީހުންނަށް ވެސް ތައްޔާރުވެގެން މާލެ އައިސް ފޯމް ހުށަހެޅުމުގެ ފުރުޞަތު ލިބެންޖެހޭނެ." ކަމަށްވެސް ޑރ. މަޢްޞޫމް ވިދާޅުވިއެވެ.

ޑރ. މަޢްޞޫމް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށާއި ކަންކަން ކުރާނީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށެވެ. ހުޅުމާލެއަށްވުރެ މާ ހިތްގައިމު ސަރަހައްދުތަކުގައި ދިރިއުޅެވޭނެ ގޮތް އިންތިޒާމުކޮށް ރައްޔިތުންނަށް ފުރުޞަތު ދޭނެ ކަމަށެވެ.

"ރައްޔިތުން ބޭނުންވެގެން އުޅެނީ ވަޒީފާ. އާމްދަނީ ލިބޭނެ ގޮތް. އެކަންކަން ފުރިހަމަވީމާ ރައްޔިތުން ތިބޭނީ އުފަލުން. ކޮންމެހެން އެންމެންނަކީ މާލެ އަންނަން ބޭނުންވާ ބައެއް ނޫން." ކަމަށްވެސް ޑރ. މަޢްޞޫމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް