އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖޭޕީގެ 10 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

ޖޭޕީގެ 10 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެޕާާޓީން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް ޑރ އަބްދުﷲ މައުސޫމް ވިދާޅުވީ އަހަރީ ދުވަހުގެ ހަަރަކާތްތައް ފެށުމުގެ ގޮތުން ކުނޫޒްގައި ދިދަ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމާއި މާދަމާ ރޭ ޖުމްހޫރީ ޕާޓީގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ޖަލްސާގައި ގުޅިފައިވާ އިއްތިހާދުގެ "ރައްޔިތުންގެ ކެންޑިޑޭޓް" އިބްރާހިމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ ރަނިންމޭޓް ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. މީގެ އިތުރަށް ޖުމްހޫރީ ޕާޓީގެ އިސް ވެރިންނާއި، ޕާޓީގެ އާންމު މެންބަރުންގެއިތުރުން އިއްތިހާދުގައި ހިމެނޭ އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި ރައީސް މައުމޫނަށް ތާއީދުކުރާ މެންބަރުންނަށްވެސް ދައުވަތު ދެއްވާކަމަށް މައުސޫމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު