އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިން ހީކުރެވިފަ އޮތްވަރަށްވުރެ މާބޮޑަށް ސަރުކާރުގެ ކުންފުނިތައް ވަނީ ބަނގުރޫޓުވެފަ: ޑރ. މަޢްޞޫމް

ކުރިން ހީކުރެވިފަ އޮތްވަރަށްވުރެ މާބޮޑަށް ސަރުކާރުގެ ކުންފުނިތައް ވަނީ ބަނގުރޫޓުވެފަ: ޑރ. މަޢްޞޫމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ކުރިން ހީކުރެވިފަ އޮތްވަރަށްވުރެ މާބޮޑަށް ސަރުކާރުގެ ކުންފުނިތައް ވަނީ ބަނގުރޫޓުވެފައިކަން މިހާރުވެސް އެނގިވަޑައިގެންފައިވާ ކަމަށް ޖޭޕީގެ ނައިބް ރައީސް ޑރ. ޢަބްދުﷲ މަޢްޞޫމް ވިދާޅުވެއްޖެއެވެ.

ޑރ. މަޢްޞޫމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުކޮށްލައިފައިވާ މިންވަރު ފުރިހަމައަށް އެނގެންދާނީ ވެރިކަން ބަދަލުވެ ޞައްޙަ އޮޑިޓެއް ކުރެވިގެން ކަމަށެވެ. "ކުންފުނިތަކުން ގެއްލުން ވެފައިވާ ކަމަށް ކުރިން ބަޔާން ކުރެވުނު އަދަދުތަކަށްވުރެ މާ ބޮޑަށް ގެއްލުންވެފައިވޭ. މިހައިވަރަށް ބަނގުރޫޓުވެފައިވާކަމަށް ކުރިން ހީވެސް ނުކުރެވޭ."

ޑރ. މަޢްޞޫމް މިމޭރުމުން ވިދާޅުވެފައިވާއިރު ނިމިގެން މިދާ 5 އަހަރުގެތެރޭގައި ދައުލަތުގެ ބަޖެޓުގައި ނުހިމަނައި އެތައް ބައިވަރު ޚަރަދުތަކެއް ކުރަން ކުންފުނިތަކުގެ ފައިސާ ވަނީ ބޭނުންކޮށްފައެވެ. އިޖުތިމާޢީ ޒިންމާގެ ނަމުގައި ކުންފުނިތަކާއި އެއްވެސް ގުޅުމެއް ނެތް އެތައް ކަމަކަށްވެސް ވަނީ ކުންފުނިތަކުގެ ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްފައެވެ.

މިގޮތުން އެންމެ ގިނައިން ޚަރަދުތައް ކޮށްފައިވަނީ ރައީސް ޔާމީނަށް ތާއީދުކުރަންކަންވެސް ގިނަ ބައަކު އައީ ފާހަގަކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް