އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުޑުގެ ތައްރީފަށްވުރެ ވެރިންނާ ޖަމާއަތްތަކުގެ ތަޢްރީފަށް ބޭނުންވުގެން ލިބޭނެ ފައިދާއެއް ނެތް!: ޝައިޚް ޖަޢްފަރު ފާއިޒް

އުޑުގެ ތައްރީފަށްވުރެ ވެރިންނާ ޖަމާއަތްތަކުގެ ތަޢްރީފަށް ބޭނުންވުގެން ލިބޭނެ ފައިދާއެއް ނެތް!: ޝައިޚް ޖަޢްފަރު ފާއިޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ޤައުމެއްގެ ވެރިއަކު، ސިޔާސީ އިސް މީހަކު ނުވަތަ އދ ފަދަ ޖަމާއަތަކުން ތިމާކުރާ ކަމަކާއި ގުޅިގެން ތަޢްރީފްކޮށްފިނަމަ ނުވަތަ ޝުކުރު އަދާކޮށްފިނަމަ ކޮންމެ މީހަކުވެސް އުފާ ކުރެއެވެ. އަދި ތިބެނީ ވެސް އެފަދަ ތައުރީފްތަކަށް އެދިގެންނެވެ.

ނަމަވެސް ހިތާމައަކީ ﷲ ތަޢާލާ އާއި މަލާއިކަތްބޭކަލުންގެ ތައުރީފް ހޯދަން މަސައްކަތް ނުކުރެވޭ ކަމެވެ. އެކަން މުހިންމު ކަމަކަށް ނުހަދައި ދޫކޮށްލާކަމެވެ.

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓައި އަދި ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކަށް ޝުކުރުކޮށް ﷲ ތަޢާލާއަށް ޛިކްރްކުރުންމަތީގައި ދެމިތިބޭ މީހުންނަށް ﷲ ތަޢާލާ އާއި މަލާއިކަތް ބޭކަލުން ތަޢްރީފްކުރައްވައެވެ. އެ ތަޢްރީފް ހޯދަން މަސައްކަތްކުރާ މީހުންނަށް އެ ތަޢްރީފް ދަނީ ލިބެމުންނެވެ.

އެދެންވީ ވެރިންނާއި އިސް މީހުންނާއި ޖަމާއަތްތަކުގެ ތައްރީފަކަށް ނޫނެވެ. އެ ތަޢްރީފުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެދެންވީ އުޑުތަކުގެ ތަޢްރީފަށެވެ. ހަޤީޤީ ފައިދާއެއް ކުރާނީ އެ ތައްރީފުންނެވެ.

އަހަރެމެންނަށް ކުރެވޭ ކޮންމެ ކަމެއް މިކުރެވެނީ ﷲ ތަޢާލާ އެކަމަކަށް މިންވަރުފުޅު ކުރެއްވެވުމުންނެވެ. ކުރަން މަސައްކަތްކުރާ ކޮންމެ ކަމެއް ޙާޞިލް ކުރެވެނީ ﷲ ތަޢާލާ އަކަމެއް މިންވަރުފުޅު ކުރެއްވެވުމުންނެވެ. އެހެންކަމަށްވާއިރު އަޅުގަނޑުމެންނަކީ ގިނަގިނައިން ޝުކުރުވެރިވާ ބައަކަށްވާން ނުޖެހޭތޯއެވެ! ޛިކްރްކުރުން މަތީގައި ދެމިތިބޭ ބައަކަށް ވާން ނުޖެހޭތޯއެވެ! ހަމަކަމަށަވަރުން ހަނގުރާމައިގެ ނުރައްކައުތެރި ވަގުތުގައިވެސް އޮތީ ގިނަގިނައިން ޛިކްރް ކުރުމެވެ.

މީހަކު ހަދިޔާއެއް ދީފިނަމަ ޝުކުރިއްޔާއެވެ އެބަ ބުނަމުއެވެ. އެހެންކަމަށްވާއިރު އެ ހަދިޔާ އާއި އެހެން ހުރިހާ ނިޢްމަތްތަކެއްވެސް ދެއްވަވާ ﷲ ތާޢާލާއަށް އަދާކުރަންޖެހޭ ޝުކުރު މާމަތިވެރި ނޫންހެއްޔެވެ؟

އިބްރާހީމްގެ ސޫރަތުގެ 7 ވަނަ އާޔަތުގައިވެއެވެ. "އަދި ތިއަބައިމީހުންގެވެރި ރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން ތިއަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިއަބައިމީހުން (ޝުކރުނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."

ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށްވުރެ މަތިވެރި ނިޢްމަތްތަކެއް ނުލިބޭނެއެވެ. ހަމަ އެފަދައިން ﷲ ތަޢާލާ ދެއްވަވާ އަޒާބަށްވުރެ ގަދަ އަޒާބެއްވެސް ނުލިބޭނެއެވެ.

ޝުކުރުވެރިވުމަކީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރޭގައި ލައްވަވާފައިވާ މަތިވެރި އަޅުކަމެކެވެ. ޝުކުރުވެރިވުމަށް ކުރަން އޮތް ކަމަކީ ވީހައި ގިނައިން ﷲ ތަޢާލާއަށް އަޅުކަން ކުރުމެވެ. ހިތާމަތަކާއި މުޞިބާތްތަކަށް ކެތްތެރިވުމަކީ ވެސް ޝުކުރުވެރިވުމެވެ. ނިޢުމަތްތައް ދެމިހުންނާނީ ޝުކުރުވެރިވާނަމައެވެ. ޝުކުރުވެރިވެގެންނެވެ.

- އައްޝައިޚް ޖަޢްފަރު ފާއިޒް މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް