އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޤާމުގައި ހުރިއިރު ދުވަހަކުވެސް ފްލެޓެއް ގަންނަން، ޓްރެޝަރީ ލޯނެއް ހޯދަން މަސައްކަތް ކޮށްފައެއް ނޯންނާނެ: ނިޔާޟް އިބްރާހީމް

މަޤާމުގައި ހުރިއިރު ދުވަހަކުވެސް ފްލެޓެއް ގަންނަން، ޓްރެޝަރީ ލޯނެއް ހޯދަން މަސައްކަތް ކޮށްފައެއް ނޯންނާނެ: ނިޔާޟް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު

ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވިއިރު ދުވަހަކުވެސް ފްލެޓެއް ބައްލަވައިގަންނަން އަދި ޓްރެޝަރީ ލޯނެއް ހޯއްދަވަން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށް ދައުލަތުގެ އޮޑިޓަރ ޖެނެރަލްކަން ކުރެއްވި ނިޔާޟް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އެމަނިކުފާނާއިމެދު ކަނޑައެޅިގެން ދޮގުހަދާކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. "ﷲ ގަންދީ ހިވާކޮށްފަ ބުނަން. ތިމަރަފުށީ ދާއިރާގެ މެންބަރު އެހަދަނީ ކަނޑައެޅިގެން ދޮގުކަން.

އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ހުރިއިރު ދުވަހަކުވެސް ފްލެޓެއް ގަންނަން އުޅެފައެއް ނޯންނާނެ. އަދި ޓްރެޝަރީ ލޯނެއް ހޯދަން މަސައްކަތް ކޮށްފައެއްވެސް ނޯންނާނެ. އެއްވެސް އިރެއްގަ މުޞްޠަފާ ގޮތަށް ހިހޫތަނުން ކާލައިގެނެއް ނޫޅެން."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް