އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުމްހޫރިއްޔަތަށް 50 އަހަރު- 21 އަހަރު ޤައުމުގެ ވެރިކަން ކުރައްވާފައި ނާޞިރު ނިންމަވައިލެއްވީ އެއްވެސް ދަރަންޏެއް ނެތި!

ޖުމްހޫރިއްޔަތަށް 50 އަހަރު- 21 އަހަރު ޤައުމުގެ ވެރިކަން ކުރައްވާފައި ނާޞިރު ނިންމަވައިލެއްވީ އެއްވެސް ދަރަންޏެއް ނެތި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

މިއަދަކީ ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ އުފާވެރި ރަންޔޫބީލް ފާހަގަކުރާ ދުވަހެވެ. މިފަދަ ދުވަހެއްގައި ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ބާނީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު (ނޣޢވ، ކޭސީއެމްޖީ) ޤައުމަށް ކޮށް ދެއްވި ޚިދުމަތްތަކުގެމަތިން ހަނދާންކޮށްލުމަކީ މުހިންމު ކަމެކެވެ. ބޮޑުވަޒީރު ކަމުގައި ހުންނަވައިގެން 11 އަހަރު އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން 10 އަހަރު، ޖުމުލަ 21 އަހަރު ޜާއްޖޭގެ ވެރިކަން ކުރެއްވުމަށްފަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު ބޭރުގެ އެއްވެސް ޤައުމަކަށް ދިވެހި ދައުލަތުން އެންމެ ޑޮލަރަކަށް ވެސް ދަރާފައި ނެތުމަކީ އެންމެ ޚާއްޞަ އެއް ކަންތަކެވެ.

ދަރާފައި ނެތީ ދަރަންޏަށް ފައިސާ ދޭނެ ބައަކު ނުވެގެނެއް ނޫނެވެ. އެކަން ކުރައްވަން ބޭނުންފުޅު ނުވުމުންނެވެ. ދަރަންޏަށް ފައިސާ ނުނެންގެވި ނަމަވެސް ޤައުމުގެ ތަރައްޤީއަށް އެއިރުގެ ފެނަވަރުން ވަނީ ބޮޑެތި މަސައްކަތްޕުޅުތައް ކުރައްވައިފައެވެ.

1961 ވަނަ އަހަރު ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުނެވެ. 1976 ގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުނެވެ. 1977 ގައި އަތޮޅު ތައުލީމީ މަރުކަޒުތައް ހުޅުވަން ފަށައި އަތޮޅުތަކަށް އިނގިރޭސި ތައުލީމް ފުޅައުކުރަން ފެށުނެވެ. 1963 ގައި ނަރުހުން ތަމްރީނުކުރުމުގެ މަސައްކަތް ފެށުނެވެ. އަތޮޅެއްގައި ހުޅުވި ފުރަތަމަ ހެލްތް ސެންޓަރު 1965 ވަނަ އަހަރު ނައިފަރުގައި ހުލުވިއެވެ.

1967 ވަނަ އަހަރު އެއިރުގެ ނިޞްބަތުން ޒަމާނީ ހޮސްޕިޓަލެއް މާލޭގައި ހުޅުވިއެވެ. (ސެންޓްރަލް ހޮސްޕިޓަލް) 1966 ވަނަ އަހަރު އެއާޓް ހުޅުވިއެވެ. 1972 ވަނަ އަހަރު ފަތުރުވެރިކަން ތައާރަފްކުރެވުނެވެ.

1974 ވަނަ އަހަރު ދޯނިފަރުގައި އިންޖީނު އަޅައިދޭން ފެށިއެވެ. 1978 ވަނަ އަހަރު ފެލިވަރު ކާރުޚާނާ ހުޅުވިއެވެ. 1967 ވަނަ އަހަރު ފެށި ރާއްޖޭގެ ޝިޕިންގ ލައިން ދުނިޔޭގެ ފެންވަރުގައި ކާމިޔާބު ޝިޕިންގ ލައިނަކަށް ވެގެންދިއައެވެ.

ރާއްޖެއާއި އެހެން ޤައުމުތަކާއި ފޯނުން ގުޅައިލެވުނެވެ. ރާއްޖޭގައި ބަނޑަހަ ޖަހައި އަތްގަދަކޮށްގެން ތިބި އިންޑިއާ ވިޔަފާރިވެރިން ބޭރުކޮށް ވިޔަފާރިތައް ދިވެހިންގެ އަތްމައްޗަށް ގެނެވުނެވެ.

ޓެލެވިޜަންގެ ޚިދުމަތް ދޭން ފެށުނެވެ. ބޭރުގެ ބޭންކްތައް ރާއްޖެ ގެނެސް ބޭންކިންގގެ ޚިދުމަތް ފެށުނެވެ. ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ތާރީޚު ލިޔެވިފައިވާ ފޮތްތައް މިހާރު ލިބެން އެބަހުއްޓެވެ. ބަލައި ދިރާސާކޮށްލުމުން މިނޫންވެސް ވަރަށް ގިނަ ކަންތައްތަކެއް އެނގިގެންދާނެއެވެ. މިހުރިހާ ކަންކަން ކުރައްވާފައިވަނީވެސް އެންމެ ޑޮލަރެއްވެސް ދަރަންޏަށް ހޯއްދެވުމަކާއި ނުލައެވެ. ރައްޔިތުން ދަރަނިވެރި ކުރުވުމެއް ނެތިއެވެ. ހަމައެއާއިއެކު އެއްވެސް ޤައުމަކަށް ސަލާން ޖެހުމެއް އަދި އަޅުވެތިވުމެއްވެސް ނެތިއެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް އެންމެ ފުރިހަމަ ގޮތުގައި ހިމާޔަތް ކުރެއްވުމާއިއެކުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް