އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢީދުގެ އުފަލަކީ ހިލޭ އަންހެނުންނާއި ފިރިހެނުން ޖަމާވެ ނާޗަރަންގީ ކުޅުމެއް ނޫން- ޝެއިޚް ޝަފީއު

ޢީދުގެ އުފަލަކީ ހިލޭ އަންހެނުންނާއި ފިރިހެނުން ޖަމާވެ ނާޗަރަންގީ ކުޅުމެއް ނޫން- ޝެއިޚް ޝަފީއު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ޢީދުގެ އުފަލަކީ ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން ޖަމާވެ ތިބެ ނާޗަރަންގީ ކުޅުމެއް ނޫން ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޝަފީއު ޢަބްދުﷲ ނަސޭޙަތްތެރިވެއްޖެއެވެ.

މިބަރަކާތްތެރި ޢަޟްޙާ ޢީދާއި ގުޅޭ ގޮތުން ނަސޭޙަތް ދެއްވަމުން ޝެއިޚް ޝަފީއު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޢީދުގެ އުފާ ފެށިގެން އަންނަނީ އީމާނުން ފުރިގެންވާ ހިތަކާއި ކިޔާލާ ތަކުބީރާއިއެކު، ލޮލުން ފޫދިގެން އަންނަ އުފާވެރިކަމުގެ ކަރުނައާއި ވެސް އެކުގައި ކަމަށެވެ.

"އެއަށްފަހު މައިންބަފައިންނާއި ގާތް ތިމާގެ މީހުންނާއި އަނބި ދަރިންނާއި އެކުވެރިންނާއި ބައްދަލުކޮށް ސަލާން ގަލާންކޮށް، ޢީދުގެ ތަހުނިޔާ ކިޔުމާއި ކައިބޮއެ އުޅުމާއި، މި ދެންނެވި މީސް މީހުންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރުމަކީ ޢީދުގެ އުފާ ފާޅު ކުރުން" ޝެއިޚް ވިދާޅުވެފައިވެއެވެ.

ޢީދުގެ މިދުވަސްތައް އެކަންކަމަށް ޚާއްސަކޮށް، މިއީވެސް މާތް ﷲ ގެ ސަވާބާއި ދަރުމަ އެންމެ މަތީ މިންވަރަކަށް ހާސިލު ވާނެ ކަމެއްގެ ގޮތުގައި ހެދުމަށް ޝެއިޚް ޝަފީއު ގޮވާލައްވާފައިވެއެވެ. ޢީދުގެ އަސްލު މަފްހޫމަކީ އެއީ ކަމުގައިވެސް ޝެއިޚް ވިދާޅުވެފައިވެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ