އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަތަރާއެކު ގުޅުން ބާއްވަންޖެހޭނެ ކަމަށް ވިދާޅުވި ދީނީ ޢިލްމުވެރިޔާ ޓެރަރިސްޓަކަށް ހަދާ މަރުގެ އަދަބުދޭން ސައުދީ ސަރުކާރުން ހުށަހަޅައިފި

ޤަތަރާއެކު ގުޅުން ބާއްވަންޖެހޭނެ ކަމަށް ވިދާޅުވި ދީނީ ޢިލްމުވެރިޔާ ޓެރަރިސްޓަކަށް ހަދާ މަރުގެ އަދަބުދޭން ސައުދީ ސަރުކާރުން ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އަވަށްޓެރި މުސްލިމް ޤައުމެއްގެ ހައިޞިއްޔަތުން ޤަތަރާއެކު ސައުދިއަރަބިޔާއިން ގުޅުން ބާއްވަންޖެހޭނެ ކަމަށް ވިދާޅުވި ސައުދީ ދީނީ ޢިލްމުވެރިޔާ ޓެރަރިސްޓަކަށް ހަދައި މަރުގެ އަދަބުދޭން ސައުދީ ސަރުކާރުގެ ވަކީލުން ކޯޓުގައިި ހުށަހަޅައިފިއެވެ.

އިންޓަރނޭޝަނަލް ޔޫނިއަން އޮފް އިސްލާމިކް ސްކޯލާސްގެ އެސިސްޓެންޓް ޖެނެރަލް ކަމުގެ މަޤާމުގައި ހުންނެވި ސަލްމާން އަލް-އަވްދާ ހައްޔަރުކުރިތާ މިހާރު ވަނީ އެއް އަހަރު ވެފައެވެ. އޭނާގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުން ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވަނީ ދައުލަތުގެ ވަކީލުން މިއަދު ކޯޓުގައި ސަލްމާން އަލް-އަވްދާ އަށް މަރުގެ އަދަބު ދިނުމަށް ވަކާލާތުކުރީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ނުފޫޒުން ކަމަށެވެ.

ސައުދި ސަރުކާރުން ވަނީ އިންޓަރނޭޝަނަލް ޔޫނިއަން އޮފް އިސްލާމިކް ސްކޯލާސް އަކީ ޓެރަރިސްޓުންގެ ޖަމާއަތެއް ކަމަށް ލިސްޓް ކޮށްފައެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް