އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބު ހާމަކުރެއްވި ސިހުރުގެ މައްސަލަ ތަހުގީގުކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި

އަދީބު ހާމަކުރެއްވި ސިހުރުގެ މައްސަލަ ތަހުގީގުކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

ކުރީގެ ނައީބު ރައީސް އަހްމަދު އަދީބު ހާމަކުރެއްވި ސިހުރުގެ މައްސަލަ ތަހުގީގުކުރުމަށް އަދާލަތަު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ސިހުރު ހެދުމާއި ސިހުރު ވެރިންގެ ވާހަކަ ތެދުކޮށް އެމީހުންގެ ގާތަށް ދިއުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމުކުރައްވާފައިވާ ކަމެއް ކަމަށެވެ. އެއީ އިންސާނުން ފަނާކުރަނިވި އެންމެ ބޮޑު ހަތް ފާފައިގެ ތެރޭގައި ހިމެނޭ ބޮޑު ފާފައެއް ކަމަށާއި އެއީ ޝިރުކުގެ އަމަލެއް ކަމަށާއި ސިހުރުގެ އަމަލަކީ ޝިރުކުގެ އަމަލަކަށް ވާއިރު އެފަދަ އަމަލެއް ކުރާ މީހަކީ އިސްލާމީ ގައުމެއްގެ ވެރިއެއްގެ މަގާމުގައި ހުންނަން ކުފޫ ހަމަވާނެ މީހެއް ނޫން ކަމަށެވެ.

އަދާލަތުގެ މި ބަޔާނުގައި ބުނެފައިވަނީ އެ ނުބައިކަން ބޮޑު އަމަލުގައި ބައިވެރިވާ މީހަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރާ މީހުންގައި ހުންނަންވާ ދެ ޝަރުތު ކަމަށްވާ މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައި ވުމުގެ ޝަރުތު ހަމަ ނުވާ މީހަކަށް ވާނެ ކަމަށެވެ. އެހެންކަމުން އެފަދަ މީހަކަށް ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަކީ ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ހުއްދަ ކަމެއް ނޫންކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ސިހުރުވެރިކަމަކީ އިސްލާމީ ޝަރިއްޔަތުގައި ހައްދު ކަނޑައަޅާފައިވާ ކުށަކަށް ވުމުން ރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކަށް އަރައިގަންނަ މީހުންނަށް ދޭންޖެހޭ ހައްގު އަދަބުވެސް ސިހުރު ހެދުމާއި އެކަމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވާ ފަރާތަކަށް ދޭން ޖެހޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެއިތުރަށް މިބަޔާނުގައި ބުނެފައިވަނީ އިސްލާމް ދީނުގައި ހަރާމު ކުރައްވާފައިވާ އެފަދަ ބޮޑު ފާފައަކަށް އަރައިގެންފައިވާ މީހަކު ގައުމުގެ ވެރިޔަކަށް އިންތިހާބު ކުރުމަށްޓަކައި އެމީހަކަށް ވޯޓު ދިނުމަކީ އިސްލާމީ ޝަރީއަތުގެ އަލީގައި މުސްލިމުންގެ މައްޗަށް ޖާއިޒުވެގެންވާ ކަމެއް ނޫން ކަމަށެވެ. އެހެންވީމާ ކުރިއަށް އޮތް އިންތިހާބަށް ވުރެ ކުރިން ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ތަހުގީގުކޮށް ރައްޔިތުންނަށް ހަގީގަތް ސާފު ވާނެހެން ހާމަކޮށްދިނުމަށް އަދާލަތު ޕާޓީން ވަނީ ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު