އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް ނަޝީދަށް ކާނަލް ނާޒިމްގެ ޢާއިލާއިން- "ﷲ ގެ ހަޟްރަތުގައިވެސް ދަންނަވާނީ ބޭބެއަށް އިންސާފު ލިބުމަށް އާދޭސް ކުރުމަކީ ކެއްކުވުން ކަމަށްތޯ؟"

ޝައިޚް ނަޝީދަށް ކާނަލް ނާޒިމްގެ ޢާއިލާއިން- "ﷲ ގެ ހަޟްރަތުގައިވެސް ދަންނަވާނީ ބޭބެއަށް އިންސާފު ލިބުމަށް އާދޭސް ކުރުމަކީ ކެއްކުވުން ކަމަށްތޯ؟"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށާއި ރާއްޖޭގައި ތިބި "މުފައްކިރުން؟"ނަށް ދައުވަތުދީގެން ރޭ ދަރުބާރުގޭގައި ޝައިޚް މުޙައްމަދު ނަޝީދު އާދަމް ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމްގެ ޢާއިލާއިން ޝައިޚް ނަޝީދަށް ސުވާލުތަކެއް ކުރިމަތިކުރުވައިފިއެވެ.

"އަޅުގަނޑުމެންގެ ބޭބެ ކާނަލް ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާކަން އެނގިވަޑައިގަންނަވާތޯއެވެ؟ ޙުކުމް އިއްވީ ފުލުހުންގެ ތަޙްޤީޤް ނުނިންމައިކަން އެނގިވަޑައިގަންނަވާތޯއެވެ؟

ފުލުހުންގެ ތަޙްޤީޤް ނިމުނު އިރު ބޭބެގެ ކަރުގައި އެޅުވި ފިސްތޯލަ ނުވަތަ ބޭބެ ނިދިކުރައްވަން އޮންނެވި ކޮޓަރިިކޮޅުން ފެނުނު ފިސްތޯލައަކީ ބޭބެ އާއި އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން ކަމާއި އެއިން 3 މީހެއްގެ ޑީއެންއޭ ފެނިފައިވާ ކަމާއި އެއިގެ ތެރެއިން އެކަކީ އަހްމަދު އަދީބް ކަމާއި ދެން ފެނުނު 2 ޑީއެންއޭ މެޗްކުރަންވެސް ފުލުހުން މަސައްކަތް ނުކުރިކަން އެނގިވަޑައިގަންނަވާތޯއެވެ؟

މިހުރިހާ ކަމަކުން އެއީ ބޭބެ އާއި އެއްވެސް ގުޅުމެއް ނެތް ފިސްތޯލައެއްކަން އަދި ތުހުމަތު ކުރި މައްސަލަ އާއި ވެސް އެއްވެސް ގުޅުމެއް ނެތްކަން ކަނޑައެޅިގެން ސާބިތުވުމުން ވެސް އެއިން އެއްވެސް ކަމެއް އެއްވެސް ކޯޓަކުން ވެސް އެއްވެސް މުއައްސަސާއަކުން ބަަލައި ވެސް ނުދީ އަދިވެސް ޖަލުގައި ބާއްވާފައި އެއޮތީ ޝައިޚް ތިއަ ވިދާޅުވާ އަނިޔާ ކުރުމުގެ ފުޅާ މާނައިން ބޭރުގައި އަރާމާއި ހިތްހަަމަޖެހުން ހޯދަައިދޭންތޯއެވެ؟

ޝައިޚް ނަޝީދުއެވެ. މައްސަލަ ނިންމީ ފުލުހުންގެ ތަޙްޤީޤް ނުނިންމަނީސް ސީދާ ރައީސް ޔާމީނުގެ އޯޑަރަށް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. އެކަން ޤަބޫލުކުރަންޖެހޭ އެންެމެ ބޮޑު ސަބަބަކީ ފުލުހުންގެ ތަޙްޤީޤް ނިންމުމުން ލިބުނު ހެކިތަކުގެ އަލީގައި މައްސަލަ ބަލައިދޭނެ ތަނެއްެވެސް ނެތުމެވެ. ރައީސުލްޖުމްހޫރިއްޔާވެސް އެކަމަށް އެއްވެސް މަސައްކަތްޕުޅެއް ކޮށ ނުދެއްވުމެވެ.

ޝައިޚް ނަޝީދުއެވެ. ނިކަން ވިދާޅުވެބައްލަވާށެވެ! މިހާލަތުގައި އަދުލުވެރި ކަމާއިއެކު މައްސަލަ ބަލަން އެންގުމަކީ ޙާކިމާގެ މައްޗަށް އޮތް ދީނީ ވާޖިބަކަށް ނުވާނެތޯއެވެ؟ ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތަކަށް ނުވާނެތޯއެވެ؟

ޝައިޚް ނަޝީދުއެވެ. ބޭބެގެ މައްޗަށް އިންޞާފު ލިބޭނެ އެއްވެސް ގޮތެއް ނުފެނިގެން، ރައީސް ޔާމީން އެކަމަށް އެއްވެސް މަގެއް ނުދެއްކެވުމުން ދެން އެހެން ގޮތެއް ނެތިގެން ނުކުމެ ޕޯޑިއަމްތަކުގައި މިވާހަކަ ދެއްކީމާ ޝައިޚް ތިއަ ވިދާޅުވަނީ ޕޯޑިއަމްތަކުގައި އަނިޔާގެ ވާހަކަ ދައްކައި ކައްކުވަނީ ކަމަށެވެ.

ރައްޔިތަކަށް އިންޞާފު ލިބޭނެ އެއްވެސް ގޮތެއް ނެތުމުން ކިރިޔާވެސް އުންމީދެއް އޮތް ގޮތަކަށް މަސައްކަތްކުރީމާ ޝައިޚް ތިއަ ވިދާޅުވީ ހާދަހައި ނިކަމެތި ބަސްތަކެކެވެ. އަޅުގަނޑުމެންގެ ބޭބެއަށް އިންޞާފު ލިބޭތޯ ކުރާ މަސައްކަތަކީ ކުރަން ނުޖެހޭ މަސައްކަތެއް ކަމަށާއި ބޭބެ ބަންދުގައި އެބަހައްޓަނީ ހަމަ އިންޞާފުން ކަަމަށް ޝައިޚް ދެކެވަޑައިގަންނަވަނީތޯއެވެ؟

ކުރާނެ ކަމެއް ނެތެވެ. މިއަދު އަޅުގަނޑުމެންނަކީ އަނިޔާ ލިބެމުންދާ ޢާއިލާއަކީމެއެވެ. ޝައިޚް ތިއަ ތާއީދުކުރައްވައި މަތިވެރި ކުރައްވަނީ އަދި ބާރުވެރިކުރުވަން ތިއަ މަސައްކަތްޕުޅު ކުރައްވަނީ އަޅުގަނޑުމެންނަށް އަނިޔާވެރިވަމުން ގެންދާ، އަނިޔާ ކުރަމުން ގެންދާ އަނިޔާ ވެރިޔާއެވެ. ޤިޔާމަތް ދުވަހު ހަމަ ޝައިޚް އަށް ވެސް ޝައިޚް ކުރައްވަވާ ކަންކަމަށް ޖަވާބުދާރީވެވަޑައިގަނނަވަން ޖެހިވަޑައިގަންނަވާނެތާއެވެ! ޝައިޚްގެ ސަބަބުން އަނިޔާވެރިކަމަށް ފުރުޞަތު އިތުރުވިނަމަ އެކަމުގެ ޒިންމާ ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެތާއެވެ! އެހެންކަމުން އެދުވަހުން އަޅުގަނޑުމެންނަށް ބައްދަލުކުރަން ޖެހުމަށް ވެސް ﷲ ތަޢާލާ މިންވަރު ކުރައްވަވައިފިނަމަ އެކަން ހިނގާނެކަން ޔަޤީން ކުރަމެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް