އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު ކޯޓު އަމުރު ބާޠިލުކޮށްފި

ޝައިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު ކޯޓު އަމުރު ބާޠިލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ވޯޓު ލައްވަން މެލޭސިޔާއަށް ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓި އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.

ޝައިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ކުރި އަމުރު މިހާރު ވަނީ ކޯޓުން ބާޠިލުކޮށްފައިކަން ކޯޓުން މިހާރު ވަނީ އަންގައިފައެވެ.

ޝައިޚް އިލްޔާސްގެ ޕާސްޕޯޓް ހިފެހެއްޓީ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅުވައިގެން ދޮގު މައުލޫމާތުތަކެއް ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙްމަދު ނިހާން ޓްވީޓް ކުރައްވައި އެ މައްސަލަ ބަލަން ފުލުހުންނަށް ގޮވާލައްވާފައިވަނިކޮށެވެ. މީގެ ކުރިންވެސް ފުލުހުން ވަނީ ނިހާން އާއި އަދުރޭ ފުލުހުންނަށް ކުރަން ގޮވާލި ބައެއް ކަންކަން ކޮށްފައިކަން ފާހަގަކުރެވެއެވެ.

ދިވެހި ފުލުހުންނަކީ ދިވެހިންގެ އެންމެ ބޮޑު ފަޚުރު ނަމަވެސް މިބާވަތުގެ ކަންކަމާއި ގުޅިގެން ރައްޔިތުންގެ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް