އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ފައްޅިއަޅަން އުންމީދު ކުރުމަކީ މޮޔަކަމެއް - އެކަން ނުކުރެވޭނެކަން މާޒީގަ ވާނީ ދައްކާފަ: ޝައިޚް އިލްޔާސް

ރާއްޖޭގަ ފައްޅިއަޅަން އުންމީދު ކުރުމަކީ މޮޔަކަމެއް - އެކަން ނުކުރެވޭނެކަން މާޒީގަ ވާނީ ދައްކާފަ: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

"ކްރިސްޓިއަން މިޝަނަރީތަކުން ދިވެހިރާޖޭގައި ކްރިސްޓިއަން ދީން ފަތުރަން ފަސޭހަވާނެކަމަށް ބުނާ ޚަބަރު ކިތަންމެ ވަރަކަށް ބައަކު މީހުން ފެތުރިއަސް ދިވެހި މުސްލިމް މުވާޠިނުންގެ އިސްލާމީ ޢަޤީދާ ގުޑުވައެއް ނުލެވޭނެ އިން ޝާ ﷲ!

އިބޫގެ ވެރިކަމުގައި އިސްލާމީ ޢަޤީދާ ވަރުގަދަކުރަން އިތުރު މަސައްކަތްތައް ކުރާނަން އިން ޝާ ﷲ! ޙައްޤާ ބާޠިލާ ދެމެދު އަބަދުވެސް އަރައިރުން އޮންނާނެ. މުސްލިމުން މުސްލިމުންގެ ވަރުގަދަ ޢަޤީދާ މަތީގައި ސާބިތުވެ ތިބިހާ ހިނދަކު ލާދީނީ މިޝަނަރީތަކަށް މި ދިވެހި ފަސްގަނޑުން ޖާގައެއް ނުލިބޭނެ. އިން ޝާ ﷲ!

އެފަދަ އުންމީދު ކުރުމަކީ މޮޔަކަމެއް. ދިވެހި މުސްލިމް ޒުވާނުންނާއި އެންމެހައި މުވާޠިނުން އެފަދަ ފުރުޞަތެއް މި ދިވެހި ފަސްގަނޑުން ނުދޭނެކަން މާޒީގަ ވާނީ ސާބިތުކޮށްދީފަ. ވީމާ އެފަދަ ޚަބަރުތައް ނުފެތުރުމަށް އިލްތިމާސްކުރަން. ޔާ ﷲ! މި ލޮބުވެތި ވަޠަން ހިމާޔަތް ކުރއްވަވާނދޭވެ! އާމީން."

މިއީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ކުރައްވަވާފައިވާ ޓްވީޓްތަކެކެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް