އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ތަރައްޤީއަށާ ދިވެހި ރައްޔިތުންގެ ކުރިއެރުމަށް އެހީތެރިވުމުގަ ޗައިނާ އަބަދުވެސް ދެމިއޮންނާނެ: ސަފީރު

ރާއްޖޭގެ ތަރައްޤީއަށާ ދިވެހި ރައްޔިތުންގެ ކުރިއެރުމަށް އެހީތެރިވުމުގަ ޗައިނާ އަބަދުވެސް ދެމިއޮންނާނެ: ސަފީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ރާއްޖޭގެ ތަރައްޤީއަށާއި ދިވެހި ރައްޔިތުންގެ ކުރިއެރުމަށް އެހީތެރިވުމުގައި ޗައިނާ އަބަދުވެސް ދެމިއޮންނާނެ ކަމަށް ރާއްޖޭގައި ހުންނަވާ ސަފީރު ޒާންގ ލިޒޯންގ ވިދާޅުވެއްޖެއެވެ.

ޗައިނާގެ 69 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޙަފްލާގައި ސަފީރު ވިދާޅުވީ 1972 ވަނަ އަހަރު ރާއްޖެ އާއި ޗައިނާގެ މެދުގައި ސިޔާސީ ގުޅުން އުފެދުނީންސުރެ ދެ ްއަުމުގެ ގުޅުން އައީ އިތުރަށް ބަދަހިވަމުން ކަމަށާއި ޗައިނާއިން އަންނަނީ ތަފާތު ދާއިރާތަކުން ރާއްޖެއަށް އެހީތެރިވަމުން ކަމަށެވެ. އެގޮތުން އިޖުތިމާޢީ ގޮތުންނާއި އިޖުތިމާޢީ ދާއިރާތަކުން އަންނަނީ ރާއްޖެއަށް އެހީތެރިވަމުން ކަމަށެވެ.



ސަފީރު ވިދާޅުވީ 2014 ވަނަ އަހަރު ރައީސް ޒީ ޖިންޕިން ރާއްޖެއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އަންނަނީ ތަފާތު ދާއިރާތަކުން އިތުރަށް ބަދަހިވަމުން ކަމަށެވެ. މިގޮތުން ޗައިނާއިން ކުރިއަށް ގެންދާ 21 ވަނަ ޤަރުނުގެ ސިލްކް ރޯޑް މަޝްރޫޢު އާއި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް މަޝްރޫޢުގައި ރާއްޖެ ބައިވެރިވެ އެކަމުގެ ފައިދާ މިހާރުވެސް ރާއްޖެއަށް ލިބެން ފަށާފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.



ސަފީރު ވިދާޅުވީ ދެ ޤއުމުގެ ގުޅުންތައް މިހާރު މިވަނީ މުހިންމު އައު ފެށުމެއް ފެށުމުގެ މަރުހަލާގައި ކަމަށެވެ. އަދި ރާއްޖެ އަންނަނީ އިޖުތިމާޢީ އަދި އިޤްޠިޞާދީ ދާއިރާތަކުން ކުރިއެރުން ހޯދަމުންކަން ފާހަގަކުރައްވާ ކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ގެންދާނީ އެހީތެރިވަމުން ކަމަށެވެ.

ފާއިތުވި 8 އަހަރަށް ބެލި ނަމަވެސް ރާއްޖެއަށް އެންމެ ގިނައަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ޗައިނާއަކީ ރާއްޖޭގެ ފަހުގެ ތާރީޚުގައި އިޖުތިމާޢީ، ޢުމްރާނީ އަދި އިޤްޠިޞާދީ ތަރައްޤީއަށް އެންމެ ބޮޑަށް އެހީތެރިވެފައިވާ ޤައުމެވެ.

ސަފީރުގެ ވާހަކަފުޅުގައި ވަނީ ޗައިނާއިން ދުނިޔޭގެ ފެންވަރުގައާއި ޤައުމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކުރައްވައިފައެވެ.

ރޭގެ ޙަފްލާ ޝަރަފުވެރިކޮށް ދެއްވީ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޢާޞިމް އެވެ. ޑރ. ޢާޞިމްގެ ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ މެދުގައި އޮންނަނީ އެހީތެރިވުމުގައި ނަމޫނާ ގުޅުމެއްކަން ފާހަގަކުރައްވައި ޗައިނާއިން ރާއްޖެއަށް ވެދެމުން ގެނަދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް