އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަނީ

މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ކޯލިޝަނުން ތައްޔާރުވާން ފަށއިފިއެވެ. އެގޮތުން، މިކަމަށް ބޭނުންވާ 42 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު ވަކި ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގައި ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ..

މަޖިލިހުގެ ގަވައިދަށް ގެނައި ބަދަލާއެކު މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު އެވެ. މީގެ ކުރިން، ގަވައިދުގައި އޮތް ގޮތުން، އެންމެ 15 މެމްބަރުންގެ ސޮޔާ އެކު ވެސް، މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނެ އެވެ.

ނަމަވެސް، މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިހާތަނަށް ސޮއި ކުރެއްވީ ކިތައް ބޭފުޅުން ކަމެއް ރިޔާޒް ވިދާޅެއް ނުވެ އެވެ. އަދި އިތުރު އެއްވެސް ތަފްސީލެއް ވިދާޅެއް ނުވެ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް