އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޞީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ވެއްދޭތޯ މަސައްކަތް ފަށައިފި

މަޞީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ވެއްދޭތޯ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ވެއްދޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކޯލިޝަން ޕީޖީ ގްރޫޕުގެ މެނަބަރަކު ވިދާޅުވީ މަސައްކަތް ކުރަނީ މާދަމާ ވެސް މައްސަލަ ވެއްދުމަށް ކަމަށެވެ. "ސްޕްރީމް ކޯޓުގައި 8 މެންބަރުންގެ މައްސަލަ އޮތް ނަމަވެސް ސޮއި ހަމަކުރެވިދާނެ ކަމަށް މިބަލަނީ. މާދަމާވެސް ހަމަ ވެއްދިދާނެ." ކަމަށް އޭނާ ވިދާޅުވިއެވެ. "އެކޮޅުން މިކޮޅަށް ސޮއި ލިބޭނެ."

މަޞީޙްގެ މަޤާމު ދިފާއުކުރަން ޤަވާއިދަށް ގެނައި ބަދަލުގެ ސަބަބުން މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 45 މެންބަރުންގެ ސޮއި ހަމަކުރެވިގެންނެވެ. މިއީ މަޖިލީހުގެ ރައީސްކަމުން މަޞީޙް ވަކިކުރަން ހުށަހަޅާ 3 ވަނަ ފަހަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް