އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ވަގުތަކުވެސް މަޞީޙް މަޤާމުން ދުރުކުރަން އެއްވެސް ހުރަހެއް މިހާރަކު ނެތް!

ކޮންމެ ވަގުތަކުވެސް މަޞީޙް މަޤާމުން ދުރުކުރަން އެއްވެސް ހުރަހެއް މިހާރަކު ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ކޮންމެ ވަގުތަކުވެސް މަޞީޙް މަޤާމުން ދުރުކުރަން އެއްވެސް ހުރަހެއް މިހާރަކު ނެތެވެ. އެއީ 45 މެމްބަރުންގެ ސޮޔާއިއެކު 2017 ވަނަ އަހަރު ހުށައެޅި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިތުރު ފުރުޞަތެއް ނުދީ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމުކޮމިޓީން މިއަދު ނިންމުމުންނެވެ.

އާއްމު ކޮމިޓީން މިގޮތަށް ނިންމީ 45 މެމްބަރުންގެ ސޮޔާއިއެކު 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ހުށައެޅި މައްސަލަ ޞައްޙަ ކަމުގައި ކަނޑައެޅުމަށް ފަހުގަ އެވެ.

އެފަހަރު 45 މެމްބަރުންގެ ސޮޔާއިއެކު ހުށައެޅި މަޞީޙުގެ އިތުބާރު ނެތްކަމުގެ މައްސަލ ބާޠިލް ކުރީ ހުށަހެޅުމުގައި ސޮއިކުރި 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމަށްފަހުއެވެ.

ސުޕްރީމްކޯޓުން މިހާރު ވަނީ އެއިން އެއްވެސް މެމްބަރެއްގެ ގޮނޑިގެއްލިފައި ނުވާކަމަށް ޙުކުމްކޮށްފައެވެ.

މިފަހަރު މަޞީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 51 މެމްބަރުންގެ ސޮޔާއިއެކުގައެވެ. އެމައްސަލަ އާއި ގުޅިގެން މާދަމާ ފެށޭ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައި މެންބަރުންނަށް ވަނީ އެކަމުގެ ލިޔުން ފޮނުވައިފައެވެ..



Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް