އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސީހާ ދެކޮޅަށް ޕީޕީއެމް ގެ 14 މެމްބަރަކާއެކު ޖުމްލަ 51 މެމްބަރުން ސޮއި ކޮށްފި

މަސީހާ ދެކޮޅަށް ޕީޕީއެމް ގެ 14 މެމްބަރަކާއެކު ޖުމްލަ 51 މެމްބަރުން ސޮއި ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުޙައްމަދު ގެ އިތުބާރު ނެތް ކަމަށް، މިވަގުތު ވެރިކަން ކުރާ ޕީޕީއެމް ގެ 14 މެމްބަރަކާއިއެކު ޖުމްލަ 51 މެމްބަރުން ސޮއިކޮށްފިއެވެ.

މަޖިލީހަށް މިއަދު ހުށަހެޅި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރި މެމްބަރުންގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި ގާތް ގުޅުމެއް އޮންނަ ފަރާތްތައް ވެސް ހިމެނެއެވެ. އަދި ރިޔާސީ އިންތިހާބުން ރައީސް ޔާމީން ނާކާމިޔާބުގެ ވަޑައިގަތުމަށްފަހު، ޕީޕީއެމް އިން ބޭއްވި އެއްވުންތަކުގައި ބައިވެރިވި ބައެއް މެމްބަރުން ވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ދެކޮޅަށް ސޮއިކުރި ޕީޕީއެމް މެމްބަރުން:

• ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު
• އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް
• ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސެއިން މުޙައްމަދު ލަތީފު
• ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
• އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
• ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު
• ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން
• މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުޙައްމަދު ރަޝީދު
• ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު
• ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު
• މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ
• ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު
• ގުރައިދޫ ދާއިރާގެ މެމްބަރު ޙުސެއިން މަނިކު ދޮންމަނިކު
• ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު

މަސީހު ގެ އިތުބާރު ނެތްކަމަށް ސޮއި ކުރި މެމްބަރުންގެ ތެރޭގައި، ސުޕްރީމް ކޯޓުގައި މައްސަލަ ނުނިމި އޮތް އަށް މެމްބަރުން ނުހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ރައީސް ޖަވާބުދާރީ ވާން ޖެހޭނެއެވެ. މިމައްސަލައިގައި މަޖިލިސް މެމްބަރުންގެ ވޯޓަށް އަހާނީ، ޖަވާބުދާރީ ވުމަށް ފަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ