އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޢަރަބި އިސްލާމީ މަތީތަޢުލީމާއި ދުރައްޖެއްސުމުގެ މަސައްކަތް ކުރިއަށްދަނީ!

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޢަރަބި އިސްލާމީ މަތީތަޢުލީމާއި ދުރައްޖެއްސުމުގެ މަސައްކަތް ކުރިއަށްދަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީ ހިންގުމުގެ ނިޒާމަށް ގެނަވުނު ބަދަލަކުން ޔުނިވަރސިޓީއިން ފެކަލްޓީ އޮފް އިސްލާމިކް ސްޓަރޑީޒް އާއި އެފެކަލްޓީއަށް ނިސްބަތްވާ ޑިޕާރޓްމަންޓްތައް މިއަހަރު އުވާލައި، އެފެކަލްޓީއާއި އެފެކަލްޓީގެ 4 ޑިޕާރޓްމަންޓެއް  އެއްކޮށްލައި އިސްލާމިކް ސްޓަރޑީޒް ޑިޕާރޓްމަންޓް ނަމުގައިވަނީ ޑިޕާޓްމަންޓެއް އުފައްދައިފައެވެ. 

އަދި އެޑިޕާރޓްމަންޓް މިހާރު ހިންގަމުންދަނީ ފެކަލްޓީއޮފް ޝަރީޢާ އެންޑް ލޯ ގެ ދަށުގައެވެ.  ނަމަވެސް ކުރިން ފެކަލޓީ އޮފް އިސްލާމިކް ސްޓަރޑީޒްގެ ދަށުގައި އޮތް އަރަބި ޑިޕާރޓްމަންޓް މިހާރުވަނީ އުވާލައިފައެވެ. އަދި ކުރިން އެޑިޕާރޓްމަންޓްގެ މުވައްޛަފުން މިހާރު ފެކަލްޓީ އޮފް އާރޓްސް އަށް ބަދަލުކޮށް އަރަބިކް ލޭންގްއެޖް ޑިޕާރޓްމަންޓެއް ހެދުމުގެ ފުރުސަތުވެސް ވަނީ ނުދީފައެވެ. 

ސުވާލަކީ ޢަރަބި އިސްލާމީ މަތީތަޢުލީމުދޭ ތަނެއް ސައްތައިންސައްތަ މުސްލިމް ދިވެހިރާޖޭގެ ޤައުމީ ޔުނިވަރސިޓީގައި ހުރުމާއި ދެކޮޅުހަދައި އެފެކަލްޓީ އުވާލަން ޖެހޭ ސަބަބަކީ ކޮބައި ކަމެވެ!

ދިވެހީންނަކީ އިސްލާމީ ޝަރުޢީ ތަޢުލީމަށް ނުލާހިކު ލޯބިކުރާ ބައަކަށްވާއިރު، ދިވެހި ރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީގެ ކުޑަ ދަށުގައި އިސްލާމީ މަތީތައުލީމު ދޭނެ މަރުކަޒެއް ނެތުމަކީ ދިވެހީންނަށާއި ދިވެހި ޤައުމީ ޔުނިވަރސިޓީއަށް ލިބޭ އުނިކަމެއް ފިޔަވައި ދެން އެހެން ކޮންކަމެއްކަން ގިނަބައެއްގެ ވިސްނުމަކަށް ނައުދެއެވެ. 

އިސްލާމް ދީނަށް ލޯބިކުރާ ދިވެހިރައްޔިތުން ޤަބޫލުކުރާ ގޮތުގައި 100% އިސްލާމީ ޤައުމެއްގެ ޤަޢުމީ ޔުނިވަރސިޓީއެއްގައި އިސްލާމިކް ސްޓަރޑީޒް ފެކަލްޓީއެއް ނެތުމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. އަދި އެއީ މި ދިވެހި ޤައުމު އިސްލާމީ ތަޢުލީމުއުވާލުމަކީ މުޅިގައުމިއްޔަތު ގެއްލުވާލާ ލާދީނިއްޔަތު މިތަނުގައި ފެތުރުމަށް ކޮށޭ މަގެއްނޫނީ ނުވާނެއެވެ. 

- ދިވެހިރާއްޖެގެ ޤަޢުމީ ޔުނިވަރސިޓީން އުވާލެވިފައިވާ ޑިޕާރޓް މަންޓްތައް: 

- ޤުރުއާން އެންޑް ސުންނާ ޑިޕާރޓްމަންޓް.

- އަޤިދާ އެނޑް ދަޢުވާ ޑިޕާރޓްމަންޓް. 

- ފިޤްހު ޑިޕާރޓްމަންޓް.

- ޢަރަބިކް ލޭންގްއޭޖް ޑިޕާރޓްމަންޓް.

ދިވެހި ރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީ އަކީ ގިނައަދަދެއްގެ ދީނީ ޢިލްމުވެރިން މަސައްކަތްކުރައްވަމުން ގެންދާ މަރުކަޒަކަށްވާއިރު މިހާރު މިހިނގަމުންދާ ކަންކަމަކީ ދީނީ އިލްމުވެރިން މިތަނުން ބޭރުކޮށްލުމަށް ރޭވިގެން ހިނގާ ނުބައި ޖަރީމާއަކަށް ނުވާނެކަމާއިމެދުވެސް ވަނީ ސުވާލު އުފެދިފައެވެ.

އިސްލާމިކް ސްޓަޑީޒް އާއި އިސްލާމީ ލޯ އާއި ޢަރަބި ބަހުގެ ދާއިރާއިން ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން މިހައިތަނަށް ދަސްވެނި ކޮށްފައިވާ ގައުމީ ޔުނިވަރސިޓީގެ އިސްލާމިކް ސްޓަރޑީޒް ފެކަލްޓީ ސަރުކާރުން އުވާލާފައިވާއިރު އެފެކަލްޓީއަކީ ރާއްޖޭގެ މިހާރު ތިއްބެވި ގިނަ އަދަދެއްގެ ފުންނާބު އުސް ދީނީ އިލްމުވެރިން ކިޔަވައިދެއްވަމުން ގެންދަވާ މަރުކަޒެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް