އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތުރުވެރިންގެ ސަލާމަތަށް އެކުލަވާލާ ޤަވާއިދުގެ ދަށުން ފަތުރުވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކުން ރަޖިސްޓްރީކުރުން ލާޒިމް!

ފަތުރުވެރިންގެ ސަލާމަތަށް އެކުލަވާލާ ޤަވާއިދުގެ ދަށުން ފަތުރުވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކުން ރަޖިސްޓްރީކުރުން ލާޒިމް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލެވޭ އާ ޤަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ރަޖިސްޓްރީކުރުން ލާޒިމްވާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު މުޙައްމަދު މުންސިފް ރުޝްދީ ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި، ޤަވާއިދާ ގުޅޭގޮތުން ކޮމިޓީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނައިބު ވަޒީރު މުޙައްމަދު މުންސިފް ރުޝްދީ އިތުރަށް ވިދާޅުވީ، މާޒީގައި ފަތުރުވެރިންނަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގެ މައިގަނޑު ސަބަބަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ރަޖިސްޓަރީ ނުކޮށް ޚިދުމަތް ފޯރުކޮށްދެމުން ގެންދިއުންކަމަށް ބެލެވޭ ކަމަށެވެ.

"އަސްލު ގިނަފަހަރަށް ހާދިސާތައް ހިންގާފައި މިވަނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރަން ނުޖެހޭތީކަމަށް އަޅުގަނޑަށް ބެލެވެނީ. ނަމަވެސް މިހާރު އަޅުގަނޑުމެން މި ޑްރާފްޓުކުރެވޭ ގަވާއިދުގައި މިފަދަ ފަރާތްތަކުން ރަޖިސްޓަރީ ކުރަން އެބަ ލާޒިމް ކުރެވޭ،" ނައިބު ވަޒީރު މުޙައްމަދު މުންސިފް ރުޝްދީ ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އެކުލަވާލަމުންދާ މި ޤަވާއިދުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، މޫދާއި ގުޅުންހުރި ކުޅިވަރުތަކާއި އެކްސްކާޝަން ޚިދުމަތްތައް ރައްކާތެރި މާޙައުލެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ވެސް މި ޤަވާއިދުގެ އަސާސީ އެއް ބޭނުމެވެ. މި ޤަވާއިދު ތަންފީޒުކުރެވުމުން، ފަތުރުވެރިންނަށް ދިމާވާ ނުރައްކާތައް މަދުކުރެވި، ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެކަމަށް ވުޒާރާއިން އުންމީދުކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު