އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

50 ދޯންޏަކަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

50 ދޯންޏަކަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

މިއަދު މިފްކޯއިން 50 ދޯންޏަކަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

މި ފައިސާއަކީ މިމަހުގެ 6 ވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހުގެ އަގަށްވާ ފައިސާއެވެ. މި މަހުގެ 6 ވަނަ ދުވަހު 50 ދޯންޏަށް 3،644،222 (ތިން މިލިއަން ހަ ލައްކަ ސާޅީސް ހަތަރުހާސް ދުއިސައްތަ ބާވީސް) ރުފިޔާ މިފްކޯއިން ދީފައިވެއެވެ.

މީގެއިތުރަށް މިމަހުގެ 7 ވަނަ ދުވަހު 75 ދޯންޏަކަށް 5،156،362 (ފަސްމިލިއަން އެއްލައްކަ ފަންސާސް ހަ ހާސް ތިންސަތޭކަ ފަސްދޮޅަސް ދޭއް) ރުފިޔާ މިފްކޯއިން ދީފައިވެއެވެ.

މަސްވެރި ސިނާޢަތަށް މިދިޔަ 40 އަހަރު ނުގެނެސްދެވިވާ ތަރައްޤީ މިސަރުކާރުން އަންނަނީ ގެނެސް ދެމުންނެވެ. މަސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރުދަނީ ފައިސާ ދޫކުރަމުންނެވެ. މިއާއެކު މަސްވެރިކަމަށް ނިކުންނަ ދޯނިތައް ވަނީ އިތުރުވެފައެވެ. އަދި މަސްވެރިކަމަށް ނިކުންނަ ޒުވާނުންވެސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު