އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ކަންކަމާ ގުޅޭގޮތުން ގުޅުން ވަރުގަދަކުރެވޭނޭ ގޮތްތަކާމެދު ތުރުކީގެ ރިލިޖަސް އެފެއާޒްގެ ރައީސް އާ މަޝްވަރާކުރައްވައިފި

އިސްލާމީ ކަންކަމާ ގުޅޭގޮތުން ގުޅުން ވަރުގަދަކުރެވޭނޭ ގޮތްތަކާމެދު ތުރުކީގެ ރިލިޖަސް އެފެއާޒްގެ ރައީސް އާ މަޝްވަރާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ ޕްރެސިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. އަލީ އެރްބާޝްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުން ބޭއްވުނީ އަންކާރާގައި ހުންނަ ތުރުކީގެ ދީނީ ކަންކަމާ ބެހޭ ޑައިރެކްޓޮރޭޓްގައެވެ.

މި ބައްދަލުވުމުގައި އިސްލާމީ ކަންކަމާ ގުޅޭގޮތުން ދެ ޤައުމު ދެމެދު ގުޅުން ވަރުގަދަކުރެވޭނޭ ގޮތްތަކާމެދު ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މި ދައިރާއިން ދިވެހިރާއްޖެއަށް ހުރި ފުރުޞަތުތައް ދެނެގަތުމާއި، ދެ ޤައުމު ގުޅިގެން މި ދާއިރާއިން ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކިޔޭގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، ޢަބްދުލްވާރިޘް ސަޢީދު އާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އިސްމާއީލް ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު