އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަރާވީޙްކޮށްގެން ބޭކާރު ގޮތުގަ ހޭލާ ހުންނަން ހެޔޮ ނުވާނެ! އެދޫކޮށްލެވެނީ ތިމާގެ ހުރިހާ ބޭނުންތައް ފުއްދަން ދެއްވަވާ ފުރުޞަތު!

ތަރާވީޙްކޮށްގެން ބޭކާރު ގޮތުގަ ހޭލާ ހުންނަން ހެޔޮ ނުވާނެ! އެދޫކޮށްލެވެނީ ތިމާގެ ހުރިހާ ބޭނުންތައް ފުއްދަން ދެއްވަވާ ފުރުޞަތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާ މީހުން ވަރަށް ގިނައެވެ. އެމީހުންގެ އަމިއްލަ ބޭނުންތައް ފުދި އިތުރުވާވަރަށް އެތައް މިލިއަން މީހުންނަށްވަނީ މިލިއަންތަކުން، ބިލިއަންތަކުން ފައިސާ އާއި އެހެންވެސް ތަނަވަސްކަން ދެއްވަވައިފައެވެ. މީގެ ތެރޭގައި ކޮންމެ މީހަކަށްވެސް އެނގޭ އެތައް ބައަކު ވާނެއެވެ. 

ދެން ނިކަން ބުނެބަލާށެވެ! އެއިން އެކަކުވެސް ތިބާގެ ގާތަށް އައިސް ތިބާ ބޭނުންވެގެން ތިއަހުރީ ކޮންކަމަކަށްތޯ ސުވާލުކޮށް އޮޅުންފިލުވައި ތިބާގެ ބޭނުން ފުއްދައިދޭ ހެއްޔެވެ؟ ޖަވާބު އަމިއްލައަށް ލިބިގަންނާށެވެ! 

އެއިގެ ބަދަލުގައި ﷲ ތަޢާލާގެ ދީލަތިވަންތަކަން ނިކަން ދެކިބަލާށެވެ! ކޮންމެ ރެއަކު 3 ވަނަ އުޑަށް ކުއްތަންވެވޮޑިގެން މީސްތަކުންގެ ތެރެއިން އެކަލާނގެ ޙަޟްރަތުން ކަމަކަށް އެދި ދަންނަވަން ބޭނުންވަނީ ކޮންބައެއްތޯ އެބަ ސުވާލުކުރައްވަވަތެވެ! ފާފަ ފުއްސަވައި ދެއްވެވުމަށާއި އެހެންވެސް ބޭނުންތަކަށް އެދި ދަންނަވަނީ ކޮންބައަކުތޯ އެބަ ސުވާލުކުރައްވަވަތެވެ! އަދި ކަންކަމަސް އެދި ދަންނަވާ މީހުންގެ ބޭނުންތައް އެބަ ފުއްދަވައި ދެއްވަވަތެވެ. 

މީސްތަކުންނޭވެ! ރަމަޟާންމަހަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ދީލަތިވެވޮޑިގަންނަވާ މައްސަރެވެ! އެންމެ ގިނަބައަކަށް ރަހްމަތް ލައްވަވާ މައްސަރެވެ! ވީއިއރު ތިބާ ބޭނުންވެގެން ތިއަހުރި ކަންކަން ހިންމަވައިދެއްވެވުން އެދި ނުދަންނަވައި ކަންނެތްވެ ނިދަން އޮތުމަކީ ކުރެވޭނެ އެންމެ ދެރަކަންތައް ނޫންހެއްޔެވެ؟ 

މީސްތަކުންނޭވެ! އާދޭސްކޮށްފައި ބުނަމެވެ. ތަރާވީޙް ނަމާދަށްފަހު ވީހައި އަވަހަކަށް ނިދާށެވެ! އަދި ރޭގަނޑުގެ ފަހުބައިގައި ވަގުތު އޮއްވައި ހޭލައި ރޭއަޅުކަންކުރާށެވެ! ތިމާގެ ބޭނުންތައް ފުއްދަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! ބައްޔެއްގައި އުޅޭ މީހަކު ނަމަ ޝިފާ ދެއްވެވުން އެދި ދުޢާކުރާށެވެ! ދަތިޙާލުގައި އުޅޭ މީހަކުނަމަ ތަނަވަސްކަން ދެއްވެވުން އެދި ދުޢާކުރާށެވެ! ވަޒީފާއެއް ނުލިބިގެން އުޅޭ މީހަކު ނަމަވެސް އެކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! އެނޫންވެސް ބޭނުމެއް ޖެހިފައިވާ މީހަކުނަމަ އެބޭނުމެއް ފުއްދަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! ފާފަފުއްސަވައިދެއްވެވުން އެދި އެންމެންވެސް ދުޢާކުރާށެވެ! 

ކޮންމެ މީހަކީވެސް ވަރަށް ގިނަ ކަންކަމަށް ބޭނުންވެގެން ހުންނާނެ މީހެކެވެ. އެނޫން ހަމަ އެކަކުވެސް ނުހުންނާނެއެވެ! މުސްނަޖެއް ފަޤީރެއް ކިޔާނެ ކަމެއް ނެތެވެ. ހުރިހާ ބޭނުންތަކެއް ފުދިގެންހުރި ހަމައެކަކުވެސް މިދުނިޔެއަކު ނުހުންނާނެއެވެ! 

ތަރާވީޙްކޮށްގެން ބޭކާރު ގޮތުގަ ހޭލާ ހުންނަން ހެޔޮ ނުވާނެއެވެ! އަވަހަށް ނިދަން އާދޭސްމިކުރީ އެއިރުން އެދޫކޮށްލެވެނީ ތިމާގެ ހުރިހާ ބޭނުންތައް ފައްދަން ދެއްވަވާ ފުރުޞަތު ކަމުގައިވާތީއެވެ! އަވަހަށް ހޭލައި ރޭއަޅުކަންކޮށް ދުޢާކޮށް ތިމާގެ ހުރިހާ ބޭނުންތައް ދެއްވަވާ އަގުހުރި ފުރުޞަތުކަމުގައިވާތީއެވެ! 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް