އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއެދޭ ކަންކަން ޙާޞިލުކޮށްދެއްވެވުމަށް އެދުމުގެ ކުރިން ތިމާއަށް މިހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދެވޭ ފެންވަރުގަކަން ޔަޤިންކުރަންޖެހޭނެ!

ތިމާއެދޭ ކަންކަން ޙާޞިލުކޮށްދެއްވެވުމަށް އެދުމުގެ ކުރިން ތިމާއަށް މިހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދެވޭ ފެންވަރުގަކަން ޔަޤިންކުރަންޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 50 ސިކުންތު

ދުނިޔޭގެ ޙަޔާތް ވޭތިކުރަމުން މިގެންދާއިރުވެސް ކޮންމެ މީހަކީވެސް ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެތައްކަމަކަށް އާދޭސްދަންނަވަންޖެހޭ މީހެކެވެ. ބޭނުންވާ އެއްވެސް ކަމަކީ ﷲ ތަޢާލާ ފުއްދަވައިދެއްވެވުމުން ނޫނީ ޙާޞިލްކުރެވެން އޮތްކަމެއް ނޫނެވެ. އެހެންކަމަށްވާއިރު ފުރަތަމަ ކަމަކަށްވެސް އަބަދުވެސް ތިމާ ހުންނަންޖެހޭނީ ތިމާއަށް ބޭނުންވާ ކަންކަން ފުއްދަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވޭނެ ޙާލަތުގައެވެ. 

ހަމައެއާއިއެކު އާޚިރަތް ދުވަހާއިމެދު އޮތް ކަންބޮޑުވުން ވަކިންބޮޑެވެ. އެހެނީ އާޚިރަތް ދުވަހަކީ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތެއް ނުވަތަ އިޚްތިޔާރެއް ލިބޭނެ ދުވަހެއް ނޫނެވެ. ތިމާއާއިއެކުގައި ވާނީ ހަމައެކަނި ތިމާ ދުނިޔެއިން ދަމުން ގެންދިއަ އެއްޗެކެވެ. ދުނިޔޭގައި ހުރެ ކުޅަ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކެވެ. 

އަހަރެމެން ކޮންމެ މީހެއްގެ ހަޔާތުގެ ކޮންމެ ދުވަހަކީވެސް އާޚިރަތް ދުވަހު ބޯހިޔާވަހިކަން ހޯދުމަށްޓަކައި ހިޔާކުރަން ޖެހޭ ގެއެއް ކަމަށް ބަލާށެވެ. ގެ ހިޔާ ކުރެވެން މިއަންނަނީ 5 ތަނބުގެ މައްޗަށެވެ. 5 ތަނބު އެއްވަރު ނޫންނަމަ ފުރާޅު އެއް އަތަށް އަރިވެ ވެއްޓޭނެއެވެ. ފުރާޅު ހަރެއް ނުލާނެއެވެ. 

ދެން ނިކަން ވިސްނައިލަބަލާށެވެ! މުޅި އުމުރު ދުނިޔޭގައި ހޭދަކޮށްފައިދާއިރު ފުރާޅު ހަރުލާ އެންމެ ގެއެއްވެސް އެޅިފައި ނެތްނަމަ އާޚިރަތް ދުވަހު ބޯހިޔާވަހިކަން ހޯދަން ވަދެވޭނެ އެއްވެސް ގެއެއް ހުންނާނެ ހެއްޔެވެ؟   

މިބުނެދިނީ ކޮންމެ ދުވަހަކު އަދާކުރަން ޖެހޭ ފަރުޟު 5 ނަމާދު އަދާކުރަމުން ގެންދިއުމުގެ މުހިންމު ކަމެވެ. 5 ނަމާދަށްވުރެ މަދުން ކޮށްގެން އެކަމުގެ ފައިދާ ނުކުރާނެ ކަމެވެ. ފައިދާ ކުރާނީ ކޮންމެ ދުވަހަކުވެސް އަދާކުރަންޖެހޭ 5 ނަމާދު އަދާކޮށްގެން ކަމެވެ. 

ފަސް ނަމާދުކުރަން ބައަކަށް އުނދަގޫވެގެން އުޅެނީ އެމީހުންގެ ދުވަހު ތާވަލުގައި ނަމާދުކުރުން ނުހިމަނާތީ އެވެ. ދުވަހު ތާވަލުގައި އެންމެ އިސްކަންދޭ ކަމަކީ ނަމާދުކުރުން ކަމަށް ހަދައިފިނަމަ ބަންގީގެ އަޑާއިއެކު އެމީހަކަށް ހުރެވޭނީ މިސްކިތުގައެވެ. ހިތާމައަކީ ދިރިއުޅުމުގެ ހުރިހާ ކަންކަން ތާވަލުކުރާއިރުވެސް ނަމާށދުކުރުނަ ތާވަލު ނުކުރާ ކަމެވެ. 

ހަމަ އެއާއިއެކު ކުރެވޭ ނަމާދުގެ ފެންވަރު ދައްވާ އެންމެ ބޮޑު އެއް ސަބަބަކީ ނަމާދުކުރުމަކީ އެންމެ މުހިންމުކަން ކަމުގައި ނުހެދޭކަމެވެ. އަވަހަށް ނަމާދު ނިންމާލުމަށްފަހު ކޮންމެވެސް ކަމަކަށް ދިއުމުގެ ވިސްނުމުގައި ހުރެ ނަމާދުކުރެވޭތީއެވެ. ނަމާދުކުރުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ހަދައިފިނަމަ މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބި ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ ފުރުޞަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. 

ވީމާ ނަމާދު ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި މިބުނި ކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! ތިމާ ކިތަންމެ ގިނަ މަސައްކަތެއް ކުރި ނަމަވެސް ކާމިޔާބުވާނީ ﷲ ތައާލާގެ ވާގިފުޅާއިއެކުގައިކަން ޔަޤީންކުރާށެވެ! ވީމާ އެންމެ ފުރިހަމަކުރަން މަސައްކަތްކުރަންވީ ނަމާދެވެ. ނަމާދު ފުރިހަމަކުރުމާއިއެކު ﷲ ތައާލާގެ ޙަޟްރަތުން ވާގިއެދި ދެންހުރި ކަންކަން ކާމިޔާބުކުރަން މަސައްކަތްކުރާށެވެ! އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް އެއިރުން ދާނީ ކާމިޔާބުކުރެވެމުންނެވެ! 

ކޮންމެ ދުވަހަކު 5 ނަމާދުކުރުން ފަރުޟު ކުރެއްވެވީ އަހަރެމެން ކުރަން މަސައްކަތް ކުރާ ކަންކަން ކާމިޔާބު ކޮށްދެއްވެވޭނެ ހަމައެކަނި ފަރާތުންނެވެ. އެއީ ﷲ ތައާލާއެވެ. ވީމާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! އެއިރުން ތިބާ އެދޭ ކަންކަން ދާނީ ފުރިހަމަވަމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް