އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހޯދަމުންދިޔަ މީހާ ހުޅުމާލެއިން ހައްޔަރުކޮށްފި

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހޯދަމުންދިޔަ މީހާ ހުޅުމާލެއިން ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިމަހުގެ 6 ވީ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅިގެން ފުލުހުން ހޯދަމުންދިޔަ އެންމެ މުހިއްމު މީހާ ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި މިމީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ޣާޒީ ސްކޫލް ސަރަހައްދުގައި ހުންނަ ފްލެޓް 95 ޖީ 2 އިންނެވެ. 

ރޭ ފަތިހުން ފެށިގެން ފުލުހުން އައީ މިމީހާ ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީހާގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. 

މިހަމަލާއާއި ގުޅިގެން ފުލުހުން މީގެ ކުރިން ހައްޔަރު ކުރި ދެމީހުންނަކީ އުމުރުން 21 އަހަރުގެ މުޖާޒް އަހުމަދު، މއ. ފޭރުގެ، އާއި 32 އަހަރުގެ، ތަހުމީން އަހުމަދު، ފޮޅޭމާ ގއ. ކޮނޑޭ އެވެ.

މިދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު