އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންނަށް ބިރުދައްކައި ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅުއްވުމުގަ ރައީސް ނަޝީދު އެހެއްދެވީ ހެޓްރިކް!

ފުލުހުންނަށް ބިރުދައްކައި ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅުއްވުމުގަ ރައީސް ނަޝީދު އެހެއްދެވީ ހެޓްރިކް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

1- މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރި ފިލްމީތަރި އަތުލައިއިގަންނަން ފުލުހުން ހިންގި އޮޕަރޭޝަނަށް ތަކުރާރުކޮށް ފާޑުކިޔުން

2- މާފުށީގައި ފުލުހުން އައުރަ ނިވާކުރަން އެންގުމުންވެސް އެއްބާރުލުން ނުދިން އަންހެން މީހާގެ އެކަން ހުއްޓުވަން މަސައްކަތް ކުރުން

3- ފުލުހުން މިހާރުކުރިއަށް ގެންދާ ތަޙްޤީޤްތައް

 

އިތުރު މަޢުލޫމާތު: 

ބަނގުރަލާ މަސްތުވާތަކެތި ބޭނުންކުރާ މީހުންހައްޔަރުކުރަން ޚަރަދުކުރާތީ ރައީސް ނަޝީދު އަނެއްކާވެސް ކަންބޮޑުވުން ފައުޅު ކުރައްވަފި

16 ޑިސެމްބަރު 2019

ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންހައްޔަރުކުރަން ދައުލަތުން ޚަރަދުކުރާތީ ރައީސް ނަޝީދު އަނެއްކާވެސް ކަންބޮޑުވުން ފައުޅު ކުރައްވަފިއެވެ.

ކައުންސިލަރުންނަށް ކުރިއަށް ގެންދާ މަހާސިންތާގެ ތެރެއިން މިއަދު ބޭއްވި ސެޝަނެއްގައި ރައީސް ރަޝީދު ވަނީ ބަނގުރާ ބޯ މީހުން ހައްޔަރުކުރަން ކިހައި ހޭދައެއް ކުރަންތޯ ފުލުހުންނާއި ސުވާލުކުރައްވައިފައެވެ. މީގެ ކުރިން އެ މަނިކުފާނު ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝްނެއް ހިންގަން އުޅުނު ބައަކު އަތުލައިގަތުމަށް މަހިބަދޫ ގައި ތިބޭ ފުލުހުންނާއި މާމިގިލިގައި ތިބޭ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނާއިމެދު ހަމަ މިފަދަ މޭރުމަކުން ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. އެ އޮޕަރޭޝަން ހިންގަން ފުލުހުން ކުރި ހޭދައަށް ވަނީ ކޯފާވާ މޭރުމަކުން ފާޑުވިދާޅުވެފައެވެ. 

ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުން ޢާންމުވެގެން ދިއުމަކީ ޖިނާޢީ ކުށް ކުރަން މަގުފަހިވާ ދޮރެއްކަން ފުލުހުން ދަނީ ފާހަގަކުރަމުންނެވެ. އަދި މީހުން މަރަން ހިންގާ ކަންކަން ކުރަނީ ބަނގުރާ ބޮއިގެން ތިބެކަން ވެސް ފުލުހުން ވަނީ ޕްރެސް ކޮންފަރެންސްތަކުގައި ފާހަގަކޮށްފައެވެ. 

މީގެ އިތުރުން އިސްލާމް ދީނުގައި ޙައްދު ކެނޑިއެޅިފައިވާ ކުށެއް ހުއްދަކުރަން ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވަމުންގެންދަވާ ސަބަބާއިމެދު ސުވާލު އުފެދެއެވެ. ތޮއްޑޫގައި ދެއްކެވި ވާހަކަފުޅެއްގައި  ބަނގުރަލުގެ ވިޔަފާރިން ލިބޭ ނަފާގެ ބޮޑުކަން ހާމަކުރެއްވިތާ 15 ވަރަކަށް ދުވަހުގެ ތެރޭގައި ތޮއްޑޫ ގެސްޓް ހައުސްއަކުން ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް