އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހަށް ހުއްޓުވޭނެ! ބަސްފުޅުގަ އިޚްލާޞްތެރިކަމެއް ހުރިނަމަ ނިކަމެތިންނަށް ގޯތި ނުދީ ހުޅުމާލެއިން ބިން ވިއްކުން ހުއްޓުވައި ދެއްވާ!

މަޖިލީހަށް ހުއްޓުވޭނެ! ބަސްފުޅުގަ އިޚްލާޞްތެރިކަމެއް ހުރިނަމަ ނިކަމެތިންނަށް ގޯތި ނުދީ ހުޅުމާލެއިން ބިން ވިއްކުން ހުއްޓުވައި ދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަޤީރުންނަށް ހުޅުމާލެއިން ގޯތި ދޭން ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ހަމަ އައްސަރިބަހާއި ސާބަހެވެ. އެގޮވާލެއްވުމުގެ ސަބަބުންވެސް އެމަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނަށް އޮތް ގަދަރު އެތައް ގުނައަކަށް މަތިވެއްޖެއެވެ. 

ބަސްފުޅުގަ އިޚްލާޞްތެރިކަމެއް ހުރިނަމަ ނިކަމެތިންނަށް ގޯތި ނުދީ ހުޅުމާލެއިން ބިން ވިއްކުން ހުއްޓުވައި ދެއްވާށެވެ. އެންމެ ކުޑަމިނުން ޤަރާރެއް މަޖިލީހަށް ހުށަހަޅުއްވައި ސަރުކާރަށް އަމަލުކުރުން ލާޒިމުކޮށް ފާސްކޮށްދެއްވާށެވެ.

 

 

އެފަދަ ޤަރާރެއްގެ ބަހުސްގައި މެންބަރުން ދައްކާ ވާހަކަތައް އަޑުއަހާލަން ވަރަށް ބޮޑަށް ބޭނުމެވެ. ވޯޓުދެއްވާ މެންބަރުން އެނގިލަންވެސް ބޭނުމެވެ. ދެން އަންނަ އިންތިޚާބަކަށް ވޯޓުދޭން އެއިރުން ވަރަށް ފަސޭހަވާނެއެވެ! 

އަޅުގަނޑު ދެކޭ ގޮތުގައި މިއީ ހަމައެކަނި މަޖިލީހުގައެއް ނޫނެވެ. މިއީ އެމްޑީޕީގެ ޤައުމީ މަޖިލީހުގައިވެސް މިހާރުން މިހާރަށް ބަހުސްކޮށް ގޮތެއް ނިންމަންޖެހޭ ކަމެކެވެ. 

މިހާރު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަކީ ވަރަށް ފަސޭހަކަމެކެވެ. ޗުއްޓީގައި ހުރިނަމަ އޮންލައިންކޮށް ބައިވެރިވެވޭނެއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް އަނބުރައިދޭން އދ އިން ވަރަށް ގިނައިން ގޮވާލައެވެ. އެފަދަ ގޮވާލުންތަކާއި ހައު ގޮވާލާ ގޮވުމާއި ހުރި އެއްވެސް ތަފާތެއް ނުފެނެއެވެ. ނަމަވެސް އދގެ އިޚްލާޞްތެރިކަން ހުރިނަމަ ގޮވާލުން ތަންފީޒު ނުކުރެވެންވީ ކީއްވެގެންތޯއެވެ؟ 

- ޔޫނުސް / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް