އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނެއްކާވެސް ރައީސް ނަޝީދުގެ ބޮޑު ދޮގެއް! މަޖިލީހަށް ހުށަހެޅި ވޯޓުވެސް ނަގާފައިވާ ކަންކަން މަޖިލީހަށް ހުށަނޭޅޭކަމަށްބުނެ ދޮގުހަދާ މީހަކު މަޖިލީހުގެ ރިޔާސަތުގަ ބައިންދަން ހެޔޮވާނެތަ؟

އަނެއްކާވެސް ރައީސް ނަޝީދުގެ ބޮޑު ދޮގެއް! މަޖިލީހަށް ހުށަހެޅި ވޯޓުވެސް ނަގާފައިވާ ކަންކަން މަޖިލީހަށް ހުށަނޭޅޭކަމަށްބުނެ ދޮގުހަދާ މީހަކު މަޖިލީހުގެ ރިޔާސަތުގަ ބައިންދަން ހެޔޮވާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ރާއްޖެއިން އެންމެ ގާތް ގުޅުމެއް ބާއްވަމުންގެންދާ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނަކާއި އެ ޕާޓީގެ ވެރިއަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން މި ހިނގާ ޖުލައި މަހުގެ 6 ވަނަ ދުވަހު އެ މައްސަލަ ކުރީގެ ޑިފެންސް މިނިސްޓަރު ، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ އެމައްސަލަ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. 

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ދިހަ މެމްބަރުންނެވެ. ނުފެންނަ ކަމަށް 33 މެމްބަރުންނެވެ. މިއީ ހަމަ މަޖިލީހުގެ ރެކޯޑްތަކުން އެނގެންހުރިކަންކަމެވެ. 

ނަމަވެސް މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ނުވާކަމަށާއި ހުށަހަޅައިފިނަމަ މައްސަލަ ބަލާނެ ކަމަށެވެ. 

އިސްލާމް ދީނާއި ގުޅުންހުރި މިފަދަ ކަމެއްގައި ރައީސް ނަޝީދު މިފަދަ ބޮޑު ދޮގެއްހެދިއިރު މި ބިލާ ދެކޮޅަށް ވޯޓް ދިން މެންބަރުންގެ ފޮޓޯއާ އެކު މީސްމީޑިއާގައި ޕޯސްޓަރުތައް ވެސް ވަނީ އާއްމުކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުންވުން ވަނީ އެމެންބަރުންނަށް ފައުޅުކޮށްފައެވެ. 

މިކަމާ ގުޅިގެން އެ މައްސަލައަކީ ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް އޮޅުވައިލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއް ކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރެފައިވަނިކޮށް ރައީސް ނަޝީދު މިހައި ބޮޑު ދޮގެއް މިއަދުގެ ޖަލްސާގައި ތަކުރާރުކުރުމުން ބޮޑެތި ސުވާލުތަކެއް އުފެދެއެވެ. 

އެންމެ ބޮޑަށް ކަންބޮޑުވާންޖެހެނީ އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވޭތޯ މަޖިލީހުގެ ސެކްރެޓިއޭޓުން ސާފު ކުރެއްވުމަށް ފަހު ވެސް އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި ނުވާ ކަމަށް ވިދާޅުވެފައިވާތީއެވެ. އަޅުފަހެ ސެކެޓްރިއޭޓުންވެސް ދޮގުހެދީހެއްޔެވެ؟ ނޫންނަމަ ސެކެޓްރިއޭޓުން ދިން މައުލޫމާތު ރައީސް ނަޝީދު އޮޅުވައިލީހެއްޔެވެ؟ މިވަރުގެ މީހަކު އޮޅުވައިނުލާނީ ކޮން ކަމެއްބާވައެވެ! 

މިމައްސަލަ މަޖިލީހުގެ ހުރިހާ ކޮމިޓީތަކުން ބަލައި ފިޔަވަޅު އެޅުމަށް ގިނަބައަކު ދަނީ ގޮވާލަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް