އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޙާލަތުގަ ފަލަސްޠީން ޙިމާޔަތްކުރަން ޢަމަލީގޮތުން މަސައްކަތްނުކޮށް އެތިބީ ޝައިޠޯނާގެ ބައިވެރިންނެވެ!: ޑރ. ޔާސިރު ޤާދީ

މިޙާލަތުގަ ފަލަސްޠީން ޙިމާޔަތްކުރަން ޢަމަލީގޮތުން މަސައްކަތްނުކޮށް އެތިބީ ޝައިޠޯނާގެ ބައިވެރިންނެވެ!: ޑރ. ޔާސިރު ޤާދީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ފަލަސްޠީނުގެ ރައްޔިތުންގެ ބޮލަށް ބޮންތައް އޮއްސަނީއެވެ. ޓޭންކަރުތަކުން ބޮންތައް ފޮނުވަނީއެވެ. ބޮޑެތި ބާރުގަދަވަޒަންތައް ފޮނުވަނީއެވެ. އެކަމަކު މުސްލިމް ޤައުމުތަކުގެވެރިން ތިބީ އެމީހުންގެ ވެރިކަމާއިތެޔޮވަޅުތައް ހިމާޔަތްކޮށްދެވޭނީ ޝައިޠޯނާއަށް ކަމަށް ބަލައި ޝައިޠޯނާގެ ފަޅީގައެވެ. ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގަ ހަމައެއްވެސް ކަމެއް ކުރަން އަމަލީ ގޮތުން ނުކެރި ފިނޑިވެ ފިލައެވެ. 

މިއީ ކޮންމެ މުސްލިމަކުވެސް ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ތެދުވަންވީ ވަގުތެވެ! މުސްލިމް ޤައުމުތައް ގުޅި ކުރިމަތިލާންވީ ވަގުތެވެ! ޤައުމުގެ ސައިޒަށް ބެލުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ޤައުމަކަސްވެސް ކުރެވޭނެ ކޮންމެވެސް ކަމެއް އޮންނާނެއެވެ. ޝައިޠޯނުންނަސް ބިރުވެތިނުވެ ޝައިޠޯނުންނާއި ދުރުހެލިވެވިދާނެއެވެ. އެވަރު ނުކުރެވޭނެ އެއްވެސް ޤައުމެއް ނުއޮންނާނެއެވެ! 

މީސްތަކުންނޭވެ! ރަސޫލް ﷺ ގެ ޒަމާނުގައި އުޅުނު މަޝްހޫރު މުނާފިޤުން މިހާރު ދުނިޔެއަކު ނެތެވެ. ނަމަވެސް އެމުނާފިޤުން ޢަމަލުކުރި ގޮތަށް ކަންކަންކުރާ އިންސާނުން އެބަތިއްބެވެ. ފަލަސްޠީނުގެ ޙައްޤުގައި ކަމެއްކުރަން ނުކެރިފައި އެތިބީ އެފަދަ މީހުންނެވެ. ބޭރުފުށުން ތިމަންމެން މިތިބީ ފަލަސްޠީނުގެ ރައްޔިތުންނާއިއެކުގައިކަން ދައްކަން ބަސްބުނެއެވެ. އަމަލީ ގޮތުން ބޯލަނބަނީ ޝައިޠޯނާއަށެވެ! އަޅުވެތިވެގެން ތިބީ ޝައިޠޯނާއަށެވެ. 

މީސްތަކުންނޭވެ! އެ މުނާފިޤުންނަށް ތާއީދުކުރުމެއް ނެތެވެ! ސުވަރުގެ ވައްދަވާނީ އަހަރެމެންގެ އަޚުންނަށް ހެޔޮއެދިގެންނެވެ. މުސްލިމުންގެ ދިފާޢުގައި މަސައްކަތްކޮށްގެންނެވެ. ﷲ ތަޢާލާ މާތް ކުރައްވަވާފައިވާ 3 ވަނަ ޙަރަމްފުޅު، މަސްޖިދުލްއަޤްޞާ ސަލާމަތްކުރަން މަސައްކަތްކޮށްގެންނެވެ. 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް