އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޒްރޭލް ކުށްވެރިކުރުމަކީ ދެބޯގެރި ދުއްވުން - އިޒްރޭލުގެ ވާގިވެރިންނާ ދެކޮޅަށް ފިޔަވަޅުއަޅަން ނުކެރޭނަމަ ބޯތިރިކޮށް ކިޔަމަންގެން ތިބެބަލަ!: ފަލަސްޠީން

އިޒްރޭލް ކުށްވެރިކުރުމަކީ ދެބޯގެރި ދުއްވުން - އިޒްރޭލުގެ ވާގިވެރިންނާ ދެކޮޅަށް ފިޔަވަޅުއަޅަން ނުކެރޭނަމަ ބޯތިރިކޮށް ކިޔަމަންގެން ތިބެބަލަ!: ފަލަސްޠީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

"ފަލަސްޠީނާއި އެކުގައި ތިބިނަމަ މިއީ އެމެރިކާ އާ އިޒްރޭލުގެ ވާގިވެރިންނާ މުސްލިމުން ގުޅުން ކަނޑާލަންވީވަގުތު. އިޒްރޭލަކީ އެއިގެ ޒާތުގައި މާބޮޑު ބާރުތަކެއް ލިބިފައިވާ ޤައުމެއް ނޫން. އިޒްރޭލަށް ހުރިހާ ބާރަކާ ހިތްވަރެއް ލިބެނީ އެމެރިކާގެ ސަބަބުން. ޢަދާވާތްތެރިންނަކީ ޔަހޫދީން އެކަންޏެއް ނޫން. ޔަހޫދީންނާ އެމެރިކާ" މިއީ މިއަދު ފަލަސްޠީނުގެ ވިސްނުމެވެ. 

ފަލަސްޠީނުގެ ރައްޔިތުން ދެކޭ ގޮތުގައި އިޒްރޭލް ބޮއިކޮޓްކުރަން ގޮވާލުމަކީ ދެބޯގެރި ދުއްވުމެވެ. ފަލަސްޠީނުގެ ރައްޔިތުން ބުނަނީ އިޒްރޭލުގެ ވާގިވެރިން ބޮއިކޮޓްކުރަން ގޮވާލަން ނުކެރޭނަމަ އަދި ބޮއިކޮޓްކުރަން ނުކެރޭނަމަ ބޯތިރިކޮށް ކިޔަމަންގެން ކުޅިބަލައި އަތްޖަހަން ތިބުމަށެވެ. 

"އަހަރެމެންނަކީވެސް އަމިއްލައަށް ދުނިޔެއަށް އައި ބައެއް ނޫން! އަހަރެމެން ދުނިޔެއަށް ފޮނުއްވެވި ފަރާތުން އަހަރެމެންގެ ކަންކަން ބަލަހައްޓަވާނެ. ވީމާ ކޮންމެހެން ފޮނި ބަސްތައް ބުނެގެން އަހަރެމެންގެ ހިތްހަމަޖައްސައިދެވޭނެ ކަމަށް ހީނުކުރާތި! މިއަދުވެސް މިބުނަނީ ހަމަ އެއް ވާހަކައެއް! ހަމްދަރުދީ ބޭނުމެއް ނޫން.! އަމަލުން ކަމެއް ކުރަން ނުކެރޭނަމަ އޭސީކޮށްގެން އަރާމުގަ ތިބެލާ! ކޮންމެހެން ފަލަސްޠީނުގެ ވާހަކަ ދައްކާނެކަމެއް ނެތް!" 

- އުރުދުންގަ ހުރެގެން ފަލަސްޠީނުގެ ނޫސްވެރިޔާ އަލްޠާރިޤް މިއަދުނޫހަށް:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް