އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު
ޣާޒާގެ ރިފިޔުޖީ ކޭމްޕަކަށް ބޮން އެޅުމުގެ ތެރޭގައި އެއް ޢާއިލާއަކަށް ނިޞްބަތްވާ ތަފާތު އުމުރުގެ 10 މީހުން އެއް ފަހަރާ ޝަހީދުކޮށްލި ޤަތުލްޢާންމަކީ މުޅިދުނިޔޭގެ ސަމާލުކަން އެކަމަށް ލިބިގެންދިއަ ޖަރީމާއެކެވެ. އެހެންކަމާއިއެކުވެސް އެ ބޮޑު ޖަރީމާގެ ތެރެއިންވެސް ފެނިގެންދިއައީ ﷲ ތަޢާލާގެ ކުދުންވަންތަކަމުގެ ހެކިތަކެވެ.
ހަމަ އެމީޙުންނާއިއެކު ރިފިޔުޖީ ކޭންޕުގައި އޮތް އުމުރުން އެންމެ 5 މަހުގެ ތުއްތު ކުއްޖާގެ ފުރާނަ ވަނީ ސަލާމަތްކުރައްވަވައިފައެވެ. އަދި އެ ކުއްޖާ ބަލަހައްޓާނެ މީހެއްގެ ގޮތުގައި ކުއްޖާގެ ބައްޕަގެ ފުރާނަވެސް ވަނީ ސަލާމަތްކުރައްވަވައިފައެވެ. ކަންދިމާވިގޮތުން ކަމަށް ބުނިނަމަވެސް އިއްތިފާޤުން ކަމަށް ބުނި ނަމަވެސް ހަމަލާދިން ވަގުތު ބައްޕައަށް ހުރެވުނީ ކޭންޕުން ބޭރުގައެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ހަމާތަކެއްގައި އެއް ޢާއިލާއެއްގެ 21 މީހުންވެސް ވަނީ ޝަހީދުވެފައެވެ.
ފަލަސްޠީނުގެ ރައްޔިތުން މުސްލިމުންގެ ކބައިން އެދެނީ ހަމަ އެންމެ ކަމަކަށެވެ. އެމީހުންނަށްޓަކައި ދުޢާކޮށްދިނުމަށެވެ. ހައިހޫނު ކަމުގައި ތިބެން އެމީހުން ވަނީ އާދަވެފައެވެ. ޔަހޫދީން ދޭ ހަމަލާތަކާއިއެކު އުޅެންވެސް ވަނީ އާދަވެފައެވެ. އެމީހުންނަށް ނުކުރެވޭ ކަމަކީ ހަމަލާދީ ޝަހީދުކޮށްލުމުން މަރުނުވެ ތިބުމެވެ. އެމީހުން މިއަދު ރޮއި އާދޭސް އެކުރަނީ އެމީހުންނަކީވެސް އަމާންކަމާއިއެކު ދުނިޔޭގައި އުޅެވޭނެ ބައަކު ކަމުގައި ލައްވަވައިދެއްވެވުން އެދި ދުޢާކޮށްދިނުމަށެވެ!
Advertisement
17 މެއި 2021