އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަހަރު ދޭން ބޭނުންވިވަރަށް ގެއްލުން ދެވުމުން އިޒްރޭލުން ފަލަސްޠީން ރައްޔިތުންނަށް ހަމަލާދިނުން ހުއްޓާލައިފި!

މިފަހަރު ދޭން ބޭނުންވިވަރަށް ގެއްލުން ދެވުމުން އިޒްރޭލުން ފަލަސްޠީން ރައްޔިތުންނަށް ހަމަލާދިނުން ހުއްޓާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

މިފަހަރު ދޭން ބޭނުންވިވަރަށް ގެއްލުން ދެވުމުން އިޒްރޭލުން ފަލަސްޠީން ރައްޔިތުންނަށް ހަމަލާދިނުން ހުއްޓާލައިފިއެވެ.

އަނިޔާވެރިކަން ހައްދަުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަޔާންހޫ ބުނީ ވަޒީރުންގެ މަޖިލީހުގެ ތާއީދާއެކު ހަމަލާދިނުން ހުއްޓައިލީ މިޞުރުމެދުވެރިވެގެން ކުރެވުނު މަޝްވަރާތަކުން ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ގޮތަކުން ޤަބޫލުކުރެވޭ ވާހކައެއް ނޫނެވެ.

ޙަޤީޤަތަކީ 11 ދުވަސްވަންދެން ކަނޑާއި އެއްގަމާއި ވައިގެމަގުން ދިން ހަމަލާތަކުންވެސް ޤާޒާ ނައްތައިނުލެވުނު ހުރިހާ ރައްޔިތުން ޝަހީދުކޮށް ހުސްނުކުރެވުމެވެ. ދެވެންހުރި ހުރިހާ ގޮތަކުން ޙަމަލާދިނުމުންވެސް 11 ދވަސްތެރޭގައި ޝަހީދުކުރެވިފައިވަނީ 232 މީހުންނެވެ. އެއިގެ ތެރެއިން 65 އކީ ކުޑަކުޑަކުދިންނެވެ.

ކޮންމެ ޢިބާރާތަކުން ވާހަކަދެއްކިނަމަވެސް އެކަމުގެ ވަޤުތު ޖެހުމުން ރޭ ދަންވަރު 2:00 ގައިޮ ވަނީ ޙަމަލާ ދިނުން ހުއްޓާލައިފައެވެ. މިއީ އިޒްރޭލަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. އަދި ފަލަސްޠީނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެވެ.

ގިނަބައަކު ޤަބޫލުކުރާ ގޮތުގައި ހަމަލާ ދިނުން ހުއްޓައިލީ މިފަހަރު ހަމަލާދޭން ބޭނުންވިވަރަށް ހަމަލާދިނުމުންވެސް ބޭނުންވި ނަތީޖާ ނުނެރެވެމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް