އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތުގަ ކޮރޯނާ - މިސްކިތުން ނުކުތުމުން ކޮރޯނާ "ފްރީ"‍‍ - މިވަނީ ކިހިނެއް؟

މިސްކިތުގަ ކޮރޯނާ - މިސްކިތުން ނުކުތުމުން ކޮރޯނާ "ފްރީ"‍‍ - މިވަނީ ކިހިނެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

މަޖީދީމަގުގައި ހުރި ޛިކުރާ މިސްކިތެވެ. މިސްކިތަށް ނަމާދުކުރަން އަރައިފިނަމަ ގައިދުރުކުރަން ޖެހި އެވަރުން ނުވެގެން މިހާރު މިވަނީ ޖަމާޢަތުގައި ނަމާދުކުރުންވެސް މެދުކަނޑާލަންޖެހިފައެވެ.

މި ފޮޓޯ ނަގާފައިވަނީ މިއަދު މެންދުރު 1.30 ގައެވެ. ދުވާލު ހަތަރުދަމު މާލޭ މަގުމަތީގެ ޙާލަތު، ޚާއްޞަކޮށް ޛިކުރާ މިސްކިތް ސަރަހައްދު މިހާލަތުގައި މިގޮތަށް އޮންނާތީ ކަންބޮޑުވާ އެއްވެސް ފަރާތެއް އަދި ނުފެނެއެވެ. 

ނަމާދެއް މިހާރު 5 މިނިޓުން ނިންމައެވެ. މިމީހުން މިގޮތަށް މުޅި ދުވަހު ތިބެއެވެ. 5 މިނިޓް ނަމާދުކުރުމުން ޖެހޭ ކޮރޯނާ މިގޮތަށް މުޅި ދުވަހު ތިބުމަކުން ޖެހޭކަމަކަށް ނުވެއެވެ! 

މިފަދަ އެތައް ކަމެއް ފެތުރި ޢާންމުވެފައިވާތީ މިފަދަ ނުރައްކާތެރި ޙާލަތެއްގައި އިންސާނުންގެ ބުއްދިއަށް ޤަބޫލުނުކުރެވޭ ކަންކަން ވަމުންދާތަންފެންނާތީ އުފެދޭ ސުވާލުތަކަށް އެކަސީގެންވާ ޖަވާބެއް ނުލިބެއެވެ. 

ފޮޓޯ ނެގުމުން އެ ސަރަޙައްދުގައި ހުރި މީހަކު ބުނީ "ތިއަނަގާ ފޮޓޯއިން ކުރާނެ އެއްވެސް ކަމެއް ނެތް. އަހަރެމެން، މިސްކިތުގަ ޖަމާއަތުގަ ނަމާދުކުރަން ބޭނުން މީހުންނަށް ދެން އޮތީ ރުއިން. ޢީދު ނަމާދުވެސް އަހަރެމެންނަށް ނުކުރެވުނު ވާހަކައާ އެއިގެ 2 ގަދިއިރުފަހުން ޖުމްހޫރީ މައިދާނަށް އެއްވެވުނު ވާހަކަ ނޫސްތަކުގަ ތިއަ ލިޔަނީނު. ކޮން ކެމެއް އެކަމުން ވަނީ؟"

"މިސްކިތުގެ އެތެރޭގަ ސަރުކާރު ޒިންމާ- އެހެންވީމާ މިހާރު ގައިދުރުކޮށްވެސް ނަމާދު ނުކުރެވެނީ- މިސްކިތުން ބޭރުވީމަ ފަރުދީ ޒިންމާ- ޒިންމާ އުފުލާނެ މުއައްސަސާއެއް ނެތް. އެމީހަކު އުޅޭނެ ގޮތަކަށް އުޅެންވީ. މިއޮތީ ހުރިހާ ކަމެއް ދޫކޮށްލެވިފަ، މިސްކިތުން ބޭރުގަ ތިބޭ ތިބުމަކުން އުޅޭ ގޮތަކުން ކޮރޯނާ ފެތުރިދާނެ ކަމުގެ ކަންބޮޑުވުން ނެތްކަންނު މިފެންނަނީ!" 

"ބަލަ 4 ޖެހީމަތަ ކޮރޯނާ މަގުތަކަށް ނުކުންނަނީ؟ އެއިރު ނުކުންނަ ސިފައިންނާ ފުލުހުނ ކީއްވެތަ މިހާރު ވެސް މަގުތަކަށް ނުކުމެ ފުނިފުންޏަށް މީހުން ތިބުން ނުހުއްޓުވަނީ؟ ގައިދުރުނުކޮށް މަގުމަތީގަ އުޅުނީމާ ފިޔަވަޅު އަޅާނެ ފެންވަރު ނެތީތަ؟ ކޮބާތަ އެޗްޕީއޭ؟ ކޮބާތަ ސިފައިންނާ ފުލުހުން؟" 

މިއީވެސް އެވަގުތު އިވުނު އަޑުތަކެވެ. ކޮންމެއަކަސް ކަންކަން ކުރަމުން ގެންދާ ގޮތުން ގިނަބައެއްގެ ކަންބޮޑުވުން އެބައޮތެވެ. އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެމުންދާކަމެވެ. މަގުމަތީގައި ވެސް ގައިދުރުކޮށްގެން އުޅެން ޑރ. އަފްޒަލަށް ވިދާޅުވެވުނު ވަރުވެސް ނުއެނގެއެވެ. އަޅައިލާ މީހަކު ނުއުޅެއެވެ. ބަލަހައްޓާނެ މުއައްސަށާއެއް ނެތެވެ. 

ކޮރޯނާ ހުއްޓުވުމަށް މިމަހުގެ 26 ވަނަ ދުވަހު ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅާނެކަމަށް އިއްޔެ ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ފޯޓޯއިން ފެންނަފަދަ މިހާރު ހުރި "ކޮރޯނާ ފްރީ" ޒޯންތަކާއި "ކޮރޯނާ ފްރީ" އުޞޫލުތައް ނައްތައިލާނެ ކަމަށް ބެލެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް