އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ފައުންޑޭޝަނާ ޤާސިމް އިބްރާހީމްގެ އެހީލިބިގެން ތިބި ހުރިހާ ޞިއްޙީ ޚިދުމަތްތެރިންގެ ލޯނުތައް ޤާސިމް މާފްކޮށްދެއްވައިފި

ވިލާ ފައުންޑޭޝަނާ ޤާސިމް އިބްރާހީމްގެ އެހީލިބިގެން ތިބި ހުރިހާ ޞިއްޙީ ޚިދުމަތްތެރިންގެ ލޯނުތައް ޤާސިމް މާފްކޮށްދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 46 ސިކުންތު

ވިލާ ފައުންޑޭޝަނާއި ވިލާ ގްރޫޕުގެ ޗެއާމަން ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން މާލީ އެހީތެރިކަން ލިބިގެން ކިޔަވައި، ތަމްރީނުވެގެން ތިބި ހުރިހާ ޞިއްޙީ ޚިދުމަތްތެރިނެގެ ލޯނުތައް ޤާސިމް މާފްކޮށްދެއްވައިފިއެވެ. 

ޤާސިމް އިބްރާހީމް ވަނީ ކިތަންމެ ބޮޑު ލޯނެއް ނަމަވެސް އަދި ކިތަންމެ ކުޑަ ލޯނެއް ނަމަވެސް އެއްވެސް ޝަރުޠަކާއި ނުލައި މާފުކުރައްވަވައި ދެއްވެވިކަން ބަޔާންކުރައްވައިފައެވެ.

މިކަން ވެގެންދާނީ ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން މާލީ އެހީތެރިކަން ލިބިގެން ކިޔަވައިގެން ތިބި ހުރިހާ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ. ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ " ކޮރޯނާ ބަލިމަޑުކަމުގެ ސަބަބުން މިފައުންޑޭޝަށާއި ވިލާކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަކަމުގައި ވިޔަސް، މިދަނޑިވަޅަކީ މުޅި ދުނިޔެއަށާއި މިދިވެހި ޤައުމަށް ދިމާވެފައިވާ މިނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މެޑިކަލް ދާއިރާގެ ސްޓާފުން ވަރަށް ބުރަކޮށް އަދި އެހައިމެ އަވަދިނެތި ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅުއްވަން ޖެހިވަޑައިގެންފައި ވުމާއި، އިންސާނިއްޔަތަށްޓަކައި ކުރަންޖެހިފައިވާ މިނުރައްކާތެރި، އެހެނަސް މަތިވެރި މިޚިދުމަތްތަކެއް ކެނޑިނޭޅި ކުރައްވަން ޖެހިވަޑައިގންފައިވާ ދުވަސްވަރަކަށްވާތީ، މިފައުންޑޭޝަނުން އަޅުގަނޑު ނިންމީ އިސްވެ ދެންނެވުނު  ގޮތަށް ހަމަޖައްސައި އެކަން ތިޔައެންމެހައި ބޭފުޅުންނަށް ދެންނެވުމަށް" ކަމަށެވެ. 

ޤާސިމް އިބްރާހީމް ވަނީ ސުނާމީ އާއި ގުޅިގެންވެސް ނުހަނު ދީލަތި ގޮތެއްގައި ހޭދަކުރައްވަވައިފައެވެ. އަބަދުވެސް ދިވެހި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގައި ދީލަތިކަމާއިއެކު ޚިދުމަތްކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހީމަށް މާތް ﷲ ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށި! އާމީން  

 

ލޯނުތައް މާފުކުރިކަން ބަޔާން ކުރައްވައި ޤާސިމް އިބްރާހީމް ފޮނުއްވި ބަޔާން: 

بسم الله الرّحمان الرّحيم

ވިލާ ފައުންޑޭޝަންގެ "ސްކޮލަރޝިޕްސްކީމް" ގެ ދަށުންނާއި ޤާސިމްއިބްރާހީމްގެ ލޯނުއެހީގެ ދަށުން މެޑިސިން، ނާސިންގ އަދި މެޑިކަލްދާއިރާއިން ސްކޮލަރޝިޕް ލިބިވަޑައިގެންމަތީތަޢުލީމުގެ ސްކޮލަރޝިޕް ފުރިހަމަ ކުރައްވާފައިވާ ވިލާ ސްކޮލަރުންނަށް އަޅުގަނޑު ޤާސިމް އިބްރާހީމް ދަންނަވާ ޚާއްޞަ ދެންނެވުމެއް

ވިލާ ފައުންޑޭޝަންގެ "ސްކޮލަރޝިޕްސްކީމް" ގެ ދަށުންނާއި ޤާސިމް އިބްރާހީމްގެ ލޯނުއެހީގެ ދަށުން އަދި މިނޫންވެސް ގޮތަކުން އަޅުގަނޑުގެ ފަރާތުން އެކި މިންވަރުގެ އެހީތެރިކަން ސިއްހީދާއިރާއިން ކިޔަވާ ވިދާޅުވުމަށް ފުރުސަތު ލިބިވަޑައިގެން މެޑިސިން، ނާރސިންގ އަދި މެޑިކަލް ސައިންސްގެ ދާއިރާއިންކިޔަވާ ދިދާޅުވެގެން ތިއްބެވި ޑޮކްޓަރުންނާއި ނަރުހުން، ފާމަސިސްޓުންނާއި ލެބޯޓްރީ ޓެކްނީޝިއަނުން، އަދި މެޑިކަލް ސައިންސްގެ ރޮނގުންކިޔަވާވިދާޅުވެ ރާއްޖޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި އަދި ރާއްޖެއިން ބޭރުގައި ނަމަވެސް އިންސާނިއްޔަތަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންގެ ތެރެއިން ވިލާ ފައުންޑޭޝަނުން ނުވަތަ އަޅުގަނޑުގެ ފަރާތުން ނަމަވެސް އިސްވެ ދެންނެވިދިޔަ ދާއިރާތަކުންކުރެ ދާއިރާއަކުން ކިޔަވާ ވިދާޅުވުމަށް އެއްވެސް މިންވަރެއްގެ ފައިސާގެ އެހީތެރިކަމެއް ލިބިފައިވާނަމަ އެލިބިފައިވާ އެހީތެރި ކަމުގެ ތެރެއިން އެއްވެސްމިންވަރެއްގެ ފައިސާއެއްދެއްކުމަށް އެއްބަސްވެވި ވިލާފައުންޑޭޝަނަށް ނުދެއްކި ވާނަމަ، އެ ނުދެއްކެވި އޮތްމިންވަރެއްގެ ފައިސާ މިއަދު (26 މޭ 2021) ދުވަހު އަޅުގަނޑު ޤާސިމް އިބްރާހީމް ތިޔަ އެންމެ ބޭފުޅުންނަށް މާތް ﷲ ގެ حضرة އިން ވާޤިއެދިހުރެ މަޢާފްކޮށްދީފީމެވެ. (އެއީ ކިތަންމެ ބޮޑު ޢަދަދެއްގެފައިސާ ކަމަށް ވިޔަސް އަދި ކުޑަ ޢަދަދެއްކަމަށް ވިޔަސްމެއެވެ.) 

ކޮރޯނާ ބަލިމަޑުކަމުގެ ސަބަބުން މިފައުންޑޭޝަށާއި ވިލާކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަކަމުގައި ވިޔަސް، މިދަނޑިވަޅަކީ މުޅި ދުނިޔެއަށާއި މިދިވެހި ޤައުމަށް ދިމާވެފައިވާ މިނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މެޑިކަލް ދާއިރާގެ ސްޓާފުން ވަރަށް ބުރަކޮށް އަދި އެހައިމެ އަވަދިނެތި ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅުއްވަން ޖެހިވަޑައިގެންފައި ވުމާއި، އިންސާނިއްޔަތަށްޓަކައި ކުރަންޖެހިފައިވާ މިނުރައްކާތެރި، އެހެނަސް މަތިވެރި މިޚިދުމަތްތަކެއް ކެނޑިނޭޅި ކުރައްވަން ޖެހިވަޑައިގންފައިވާ ދުވަސްވަރަކަށްވާތީ، މިފައުންޑޭޝަނުން އަޅުގަނޑު ނިންމީ އިސްވެ ދެންނެވުނު  ގޮތަށް ހަމަޖައްސައި އެކަން ތިޔައެންމެހައި ބޭފުޅުންނަށް ދެންނެވުމަށެވެ. 

މިފާއިތުވި ދޮޅުއަހަރެއްހާ ދުވަހު ތިޔަބޭފުޅުން ވަރުބަލިކަމެއް ނެތި ތިޔަކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތައް އުފަލައިއެކު ބަލައިގަންނަމުން، ވިލާފައުންޑޭޝަނުންނާއި، އަޅުގަނޑު ތިޔައެންމެ ބޭފުޅުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވަމެވެ. އަދި ތިޔަ ހުރިހާ ބޭފުޅުން މިނާޒުކު ދަނޑިވަޅުގައި ދިވެހި ޤައުމަށް ޚިދުމަތްކޮށްދެއްވުމުގައި އިހުނަށްވުރެ ބޮޑަށް ސާބިތުވެ ތިއްބަވާނެކަން އެއްވެސް ޝައްކެއްނެތި އަޅުގަނޑު ހިތުގެއަޑިން ޔަޤީންކުރަމެވެ. ސަރުކާރާއި ތިޔަބޭފުޅުންނާއި ސިވިލްސާވަންޓުންނާއި ސަލާމަތީ ޚިދުމަތްތަކުގެ މުއައްޒިފުންނާއި ވިޔަފާރިވެރިންނާއި އަދި ދިވެހި ޢާއްމު ފަރުދުން ކޮށްދެއްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

މިއަދަކީ އަޅުގަނޑުމެން އެންމެން އެކަކު އަނެކަކަށް މަދަދުވެރިވެ ކެތްތެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތް ކުރަންވީ ދުވަހެވެ. 

މިގޮތުން އަޅުގަނޑުމެން ދިވެހިސަރުކާރާ ދިވެހި ރައްޔިތުން އެކުގައި ކުރަމުންގެންދާ މިންނެތް މަސައްކަތްތަކުގައި ގަދަކީރިތިވަންތަ މާތްﷲގެ ހެޔޮރަޙްމަތް ލައްވަވައި މިކޮރޮނާގެ ވަބާއިން މިޤައުމުގެ އެންމެހައި ރައްޔިތުންނާއި، މުޅި އިންސާނިއްޔަތު ސަލާމަތް ކުރައްވާނދޭވެ. އާމީން

26 މޭ 2021

ޚާދިމުކުމް

ޤާސިމް އިބްރާހީމް

ވިލާފައުންޑޭޝަން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް