އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގައި ސަތޭކަސޯޅަ ހައުސިން ޔުނިޓް އެޅުމަށް އާރްސީސީ އާއި ހަވާލުކޮށްފި

ހުޅުމާލޭގައި ސަތޭކަސޯޅަ ހައުސިން ޔުނިޓް އެޅުމަށް އާރްސީސީ އާއި ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 35 ސިކުންތު

 

ހުޅުމާލެ ފޭސް 1 ޕްލޮޓް ނަމްބަރު S1/1ގައި ހުޅުމާލޭގައިމިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއި ހަވާލުކޮށްފިއެވެ.

ވޭޗުއަލްކޮށް އިއްޔެ ބޭއްވުނު މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދުއެވެ. އަދި މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.

އެޗް.ޑީ.ސީ އިން ބުނެފައިވަނީ މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރް.އެފް.ޕީއަށް ހުޅުވާލެވުނު ޕްރޮޖެކްޓެއް ކަމަށާއި ޖުމްލަ24،098.22 އަކަފޫޓޫ ހުންނަ މި ބިމުގައި 116 ޔުނިޓް އިމާރާތް ކުރެވިގެންދާނެ ކަމަށެވެ. މީގެތެރެއިން  78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި އެއްމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1.800 ދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކަކަށް ވާއިރު ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެއް ކަމަށާއި މިގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ޤާއިމު ކުރާ ބޯހިޔާވަހަކަމުގެ މަޝްރޫޢޫތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުން ކަމަށް އެޗް.ޑީ.ސީ އިން ބުނެފައިވެއެވެ.

މި މަޝްރޫޢު ޑީޓެއިލް ޑްރޮވިންގ އެޕްރޫވްވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި ނިއްމުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް އެކި ފަންތީގެ ގިނަ ބޯހިޔާވަހަކަމުގެ މަޝްރޫޢުތަކެއް ހުޅުމާލޭގައި އެޗް.ޑީ.ސީ ގެފަ ރާތުން ދަނީ ހިންގަމުންނެވެ. އަދި މި ފުލެޓުތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ބޭނުންވާނެ ޙިދުމަތްތައް އެއްމެ ޒަމާނީ ފެންވަރުގައި ޤާއިމުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަން އެޗް.ޑީ.ސީ އިން ވަނީ ފަހަގަ ކޮށްފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު