އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނޑުފެއްތުނީ ޙަސަން ތާޖުއްދީންގެ ދެދަރިންނެވެ! ދެބެންގެ ފިކުރު އަދިވެސް ދިރިއެބަހުއްޓެވެ!

ކަނޑުފެއްތުނީ ޙަސަން ތާޖުއްދީންގެ ދެދަރިންނެވެ! ދެބެންގެ ފިކުރު އަދިވެސް ދިރިއެބަހުއްޓެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ހޮޅީން ކިޔަސް މަލާބާރީން ކިޔަސް އަދި ކޮންމެ ނަމެއްކިޔަސް އިންޑިއާއިން ފުރަމާލޭގެ މައްޗަށް ގަދަވެގަތުމަށްފަހު އެމީހުންނަށް ރާއްޖެއައުމަށް ދައުވަތުދިން ހަސަން ތާޖުއްދީންގެ ޣައްދާރު ދެދަރިންގެ ފައިގައި ކަޅުހިލަދައި ބަނދެފައި ކަނޑުފެއްތިވާހަކައަކީ ދިވެހިންނަށް އައުވާހަކައެއް ނޫނެވެ. 

އެޚަބަރު ލިބުމުން މުޅި ދިވެހި ޤައުމު އެކަމަށް އުފާކުރިއެވެ. ސުވާލަކީ އެ ދެ ޣައްދާރުން ކަނޑުފެއްތުމުން އެދެ ޣައްދާރުންގެ ފިކުރު ކަނޑުފެއްތުނު ހެއްޔެވެ؟ ރާއްޖެއިން އެ ނުބައި ވިސްނުން ނައްތައިލެވުނު ހެއްޔެވެ؟ 

އެކަން ނުކުރެވޭ ކަމުގެ ހެކިތައް މިއަދު މިދަނީ ދިވެހީންގެ ލޯތަކަށް ފެންނަމުންނެވެ. ތަފާތަކީ ފެންނަ މަންޒަރުގެ ތަފާތެވެ. އެދުވަސްވަރު ފުނޑައި އުޅުނީ ހަށިގަނޑުން ވަރަށް ބުރަ އުފުލައިގެން ކަޅުހިލަދައިގައެވެ. މިއަދު ފުނޑައި އުޅެނީ ވަރަށް ލުއިގޮތަކަށް މިކްސަރުގައެވެ. ކުރަނީ އެއްކަމެކެވެ. ޙާޞިލުވަނީ އެއް ކަމެކެވެ. 

ކިތަންމެ ވަރަކަށް އޮފް އަރުވައި މީރުވަސްދުއްވައި ރީތިހައި ކުލަތައް ލޯތަކަށް ދެއްކި ނަމަވެސް ހިނގަމުން މިދަނީ ހަމަ އެއް އޮއިވަރެކެވެ. ކުރެވެމުން މިދަނީ ހަމައެއް ކަމެކެވެ. ބޮޑުތަކުރުފާނާއި ދޮން ބަންޑާރައިންނާއި އެނޫންވެސް ޤައުމީ އަބްޠާލުން ހިމެނޭ ގޮތުން ޖާނާއި މާލުން ޤުރްބާންވެވަޑައިގެން އަޅުގަނޑުމެންނާއި ހަމައަށް ގެނެސް ދެއްވެވި މިނިވަންކަން އަމިއްލައަށް ދޫކޮށްލެވެނީއެވެ. ވެލާނާގޭ އިބްރާހީމް ނާޞިރު ރާއްޖެއިން ބޭރުކުރެއްވި ވޯރާ އިން އަލުން ރާއްޖޭގައި ވަޒަންވެރިކުރުވެނީއެވެ. ހާލިހަދައި ބިސްއަޅަން ފުރުޞަތު ދެވެނީއެވެ. 

ނަތީޖާ ފެނިގެންދާނެ ގޮތުގެ ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. އިންޑިޔާއަށްދާ ދިވެހިން ކަރަންޓީނުކުރެއެވެ. ރާއްޖެއަކު އެކަމެއް ނުކުރެވުނެވެ. ނަމުގައި ކަރަންޓީނު ކުރިނަމަވެސް ކަމުގައި އޮތީ މިނިވަންކަމެވެ. ނަތީޖާއަކަށްވެގެންދިއައީ މުޅި ދިވެހި ޤައުމަށް ކޮރޯނާގެ ނުބައި ވައިރަސް ފެތުރުން ނޫން ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް އެބައޮތްތޯއެވެ؟ 

ކޮރޯނާއަކީ ފުރުޞަތު ދިނުމުން ފެތުރޭނެ އެއްޗެކެވެ. ކޮންޓްރޯލް ކުރުމުން ކޮންޓްރޯލް ކުރެވޭނެއެއްޗެކެވެ. ވިސްނާށެވެ! ހޭލުންތެރިވާށެވެ! ކޮރޯނާ ފެތުރެން ދޫކޮށްލެވިއްޖެނަމަ އެކަމުން ސަލާމަތްވެތިބުމަކީ ކުރެވޭނެ އެއްޗެއް ނޫނެވެ. ދާނީ ހަމަ ބާރަށް ފެތުރެމުންނެވެ! އެންމެންގެ މައްޗަށް ގަދަވެގަންނާނެއެވެ! 

އެމީހަކު މާނަކުރާނެ ގޮތަކަށް މާނަކުރާށެވެ! މިބުނީ ލައްކަ ގިނަ ވާހަކަތަކެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް