އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިވަރުންދާނަމަ ދެން ހުށަހެޅޭނީ ދެމަފިރިން އެއްދާންކުރުމުން ދައުލަތަށް ޓެކްސް ނަގަން ނޫންތޯ!؟

މިވަރުންދާނަމަ ދެން ހުށަހެޅޭނީ ދެމަފިރިން އެއްދާންކުރުމުން ދައުލަތަށް ޓެކްސް ނަގަން ނޫންތޯ!؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ތަފާތު ޓެކްސްތައް އިތުރުވަމުން އައިސް ދެމަފިރިން އެއްދާން ކުރުމުން ދައުލަތަށް ޓެކްސް ނަގަން މަޖިލީހަށް ހުށަހެޅުމަކީ މެންބަރަކު ކޮށްފާނެ ކަމެއްކަމާއިމެދު ސުވާލު އުފެދުނީ ކައިވެނިކުރުމުން ލިބޭ ހަދިޔާއިން ޓެކްސް ނެގޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް، ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު މަޖިލީހަށް ބިލެއް ހުށަހެޅުމުންނެވެ. 

ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްތިސްނާ ކުރުމަށާއި، ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަން އިންޓަ ކަނެކްޝަން ޗާޖްސް އަދި ރީ އެޝުއަރެންސް ޕްރިމިއަމް އިން ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމަށާއި، ޓެކްސް ނަގަން ފެށިފަހުން ގާނޫނު ތަންފީޒު ކުރުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ކަމަށް ބުނެ ހުށަހެޅި ބިލުގައި ބުނެފައިވަނީ ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާކަމަށް ބަލާނީ ކައިވެނިކުރާ މީހުންނަށް އެ އެއްޗެއް ލިބުނީ ކައިވެނިކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރިތާ ގިނަވެގެން 30 ދުވަސް ފަހުން ހަދިޔާ ލިބުނުނަމަ ކަމަށެވެ. 

އިތުރު ސުވާލެއްވެސް އުފެދެއެވެ. އެއީ ޓެކްސް ނެގޭނެ ކަންކަމުގެ ތެރޭގައި، "ގާނޫނާ ހިލާފަށް ނުވަތަ ހުއްދަ ނޫން ގޮތަކަށް ލިބޭ މުދަލާއި ފައިސާ، އަދި ލިބިފައިވާގޮތް ނުވަތަ ހޯދި ގޮތް ސާބިތުކޮށްނުދެވޭ ފައިސާއާއި، އިންވެސްޓްކުރަން ނުވަތަ ހަރަދުކުރަން ފައިސާ ލިބުނުގޮތް ސާބިތު ކޮށްނުދެވޭ އިންވެސްޓްމެންޓްތަކާއި އެންމެހާ މުދާ ހިމެނޭކަމަށް" ބިލުގައި ބުނެފައި އޮތުމުންނެވެ. އުފެދޭ ސުވާލަކީ ވައްކަންކޮށްގެން ހޯދާ ތަކެތިން ދައުލަތަށް ނަގަން ޖެހޭނީ ޓެކްސްތޯ ނުވަތަ އެ މުދައުތޯ އުފެދޭ ސުވާލެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް