އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތްތައް ސަލާމަތުން ބަހައްޓައި ދިނުމަށް އެދި މޯދީއަށް ސިޓީއެއް!

މިސްކިތްތައް ސަލާމަތުން ބަހައްޓައި ދިނުމަށް އެދި މޯދީއަށް ސިޓީއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ނިއުދިއްލީގައި މުހިންމު އިމާރާތްތަކެއް ތަޅާލައި މޯދީ ބިނާ ކުރަމުންދާ ސެންޓްރަލް ވިސްޓާ އަށް އިމާރާތްތައް ތަޅާލާ ސަރަހައްދުގައި ގިނަ މިސްކިތްތަކެއް ހުރުމާއެކު އެ މިސްކިތްތައް ސަލާމަތުން ބަހައްޓައި ދިނުމަށް އެދި ދިއްލީ ވަގްފު ބޯޑުން ނަރެންދްރަ މޮދީއަށް ގޮވާލައިފިއެވެ.

އާންމު އާދްމީ ޕާޓީ ގެ ލީޑަރެއް ކަމަށްވާ އަމާނަތުﷲ ޚާން ލިޔުއްވި ސިޓީގައި ވަނީ މާންސިންގ ރޯޑްގައި ހުންނަ ޒަބްޓާ ގަންޖް އަވަށުގެ މިސްކިތާއި ނާއިބް ރައީސް ހުންނަވާ ގަނޑުވަރު ކްރިޝީ ބަވަންގައި ހުންނަ މިސްކިތަކީވެސް ތަޅާލާ އިމާރާތްތަކުގެ ސަރަހައްދުގައި ހުރި ތަންތަން ކަމަށެވެ.

ދިއްލީގެ ބީޖޭޕީ ލީޑަރު މި ސިޓީއާ ދެކޮޅަށް ވާހަކަ ދައްކަމުން ބުނެފައި ވަނީ މިއީ ބޭނުމެއް ނެތް ޚިޔާލު ތަފާތުކުރުމަކަށް އަމާނުﷲ މަސައްކަތް ކުރައްވަނީ ކަމަށެވެ.

އަމާނުﷲ ވިދާޅުވިގޮތުގައި މި މިސްކިތްތަކަކީ ވަގުފު ބިންތަކުގައި ހަދާފައިވާ ވަގުފުތަކެއް ކަމުން މިތަންތަން ރައްކާތެރި ކުރަން ޖެހެއެވެ.

މޮދީގެ ސެންޓްރަލް ވިސްޓާ ޕްރޮޖެކްޓަކީ 3.2 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ލުޓިއެން ދިއްލީގެ އިމާރާތްތަކެއް ތަޅާލައި އޭނާއަށް ގަނޑުވަރެއް އެޅުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ. ބީޖޭޕީއަކީ މިސްކިތްތައް ތަޅާލުމަށް ނިކަން ފަރިތަ ޕާޓީއެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު