އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލަކްޝަދީޕް މީހުން މިއަދު ބަނޑުހައި ހޫނުކަމުގެ ތަޅުތާލެއް ކޮށްފި!

ލަކްޝަދީޕް މީހުން މިއަދު ބަނޑުހައި ހޫނުކަމުގެ ތަޅުތާލެއް ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

އިންޑިއާގެ ލަކްޝަދީޕްގައި މޮދީ ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ރައްޔިތުން މިއަދު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކޮށްފިއެވެ. ހެނދުނު 6ން ހަވީރު 6ށް ބޭއްވި މި ހަޅުތާލުގައި މިއަދު ކުދި ބޮޑު އެންމެން ބައިވެރިވިއެވެ. ފިހާރަތައް ހުރީ ބަންދު ކޮށްފައެވެ. މަސްވެރިން ތިބީ ގޭގައެވެ.

މީހުންވަނީ ގޯއްޗާއި ހޮޅުއަށްޓާއި ހަރުގޭގައިވެސް ބޯޑު ހިފައިގެން ބަންޑުހައި ހޫނުކަމުގައި ތިބެ ޝުއޫރުތައް ފާޅުކޮށްފައެވެ.  

ރައްޔިތުންގެ ގޮވެއްޔަކީ، ކަލްޝަދީބްގައި އަމާންކަމެއް ނެތް ނަމަ ތަރައްގީއެއް ނާންނާނެ ކަމަށެވެ. މޮދީ ސަރުކާރުން ފޮނުވާފައިވާ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓަރ ގުޖުރާތުގެ މޮދީގެ އަޚް، ޕަރަފުލް ކޯޑާ ޕަޓޭލް އަނބުރައި ގެންދިއުމަށްވެސް މީހުން ގޮވާލާފައި ވެއެވެ. މީހުން ބޭނުން ވަނީ އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި މޮދީ ނުކުޅެ އޮތް ގޮތަށް ބާއްވާށެވެ.

މިއަދުގެ ހަޅުތާލުގައި ލަކްޝަދީބްގެ ބީޖޭޕީގެ މެމްބަރުންވެސް ބައިވެރިވިއެވެ.

ޒުވާނުން ވަނީ ފީނައިގެން މޫދު އަޑީގައި ތިބެގެން އެމީހުންގެ އަމާން ހިމޭން ޖަޒީރާ ރައްކާތެރިކޮށްދޭން ގޮވާފައެވެ.

ބީޖޭޕީއަކީ މުސްލިމުންނަށް އެލާޖިކް ޕާޓިއެއްކަމުން މުސްލިމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ބީޖޭޕީގެ ހިންދީ ދީނުގެ މީހުންނަށް އިސްކަން ދޭ ސިޔާސަތުގައި އެމީހުން ދެކެން ބޭނުންވާ ސަގާފަތެއް ނޫނެވެ. ބީޖޭޕީން މަސައްކަތް ކުރަމުން ދަނީ ގެރިއަކީ އެމީހުންގެ ކަނލާގެއެއް ކަމުން، މުސްލިމުން ގެރި ގެންގުޅުން މަނާ ކުރުމަށް ގާނޫނީ ގޮތުން ވެސް މަސައްކަތް ކުރުމަށް ވިސްނަމުންނެވެ.

މިއާޚިލާފަށް މުސްލިމު ގައުމުތަކުން ދަނީ މޮދީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މުސްލިމުން މޮދީއަށް އެލާޖިކް ނުވާ ހިނދު އަރަބި މުއްސަނދި ގައުމުތަކުން ވަނީ ކޮވިޑް19ގެ ޝިކާރައަކަށްވެގެން އޮކްސިޖަނަށް ޖެހުނު ގިނަ ހިންދީން ނޭވަލެވޭ ގޮތަށް އޮކްސިޖަންވެސް ފޯރުވައި ވައިދީފައެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް