އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު
އުތުރު އިންޑިއާގައި ހިންދީ ބަހުން ވާހަކަ ދައްކާ ސްޓޭޓްތައް ސިފަކުރަނީ ހިންދީ ބެލްޓްގެ ގޮތުގައެވެ. މިއީ ބީޖޭޕީއަށް ގިނަ ވޯޓް ލިބޭ އޭރިއާއެވެ. އިންޑިއާގައި އޮންނަ ގިންތިއާއި ފަންތިއަށް މީހުން ބައިބައި ކުރުމުގެ ސަގާފަތް އިންތިހާއަށް އާންމު ވެފައި އޮންނަ ހިސާބަކީވެސް މިއީ އެވެ.
މި ހިސާބުގެ މީހުން އާންމު ކޮށް ވާހަކަ ދައްކާނީ ހިންދީންނެވެ. ނުވަތަ އުރުދޫންނެވެ. ނުވަތަ ހިންދީއާއި އުރުދޫގެ މައްސުނި ބަހުރުވައަކުންނެވެ.
އިންޑިއާގެ އެންމެ ދެކުނުގައި ވާހަކަ ދައްކާ މަލިޔާޅީ ބަހަކީ ކެރެލާގެ މީހުންގެ ބަހެވެ. ދިއްލީގައި 60 އިންސައްތަ ނަރުހުންނަކީ ކެރެލާ މީހުންނެވެ. ކެރެލާއަކީ އިންޑިއާގައި ލިޔަންކިޔަން ދަތުމުގެ އެއްވަނަ އެވެ. އަންހެން ކުދިންނަށް ތަޢްލީމު ދިނުމުގައިވެސް އެއްވަނައެވެ.
އުތުރުގައި މަލިޔާޅީންނާ ތަފާތުކޮށްވެސް ހަދައެވެ.
އިއްޔެ، ދިއްލީގެ ސަރުކާރު ހަސްފަތާލުގެ ނަރުހުންނަށް އަންގާފައި ވަނީ އެހަސްފަތާލުގައި އުޅޭ ކެރެލާ ނަރުހުން މަލިޔާލީ ބަސް ބޭނުން ނުކުރާށެވެ. ހަސްފަތާލުން ނެރެފައިވާ ސާސިއުލާގައި ވަނީ މަލިޔާޅީ ބަސް ބޭނުން ކުރާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
ނަރުހުންގެ ޖަމުއިއްޔާއިން ބުނެފައި ވަނީ ބަލި މީހުންނާ އެކު މަލިޔާޅީ ބަހުން ވާހަކަ ނުދައްކާ ކަމަށެވެ. އެހެންނަމަވެސް ދޭދޭ ނަރުހުން ވާހަކަ ދައްކާއިރު ރަށު ބަހުން ވާހަކަ ދައްކާ ކަމަށެވެ.
އިންޑިއާ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ކޮންގްރެސް ޕާޓީގެ ރާހުލް ގާނދީވެސް ވަނީ ނަސްލީ ތަފާތު ނުކުރުމަށް އެދި އިންޑިއާ ސަރުކާރަށް ގޮވާލައްވާފައެވެ. ޓްރިވެންޑްރަމްގެ އެމްޕީ ޑރ. ސަޝީ ތަރޫރުވެސް ވަނީ އިންޑިއާ ސަރުކާރަށް އޭނާގެ ސްޓޭޓްގެ މީހުން ތަފާތު ނުކުރުމަށް އެދިވަޑައިގެންފައެވެ.
ދިއްލީގައި ހިންދީން ނޫން ސަރަހައްދުތަކުގެ މީހުން ގަނާ ކުރުމަކީވެސް އާދައިގެ ކަމެކެވެ. އެއް ދުވަސްވަރެއްގައި އާސާމް ދަރިކޮޅުގެ މީހުން މަރައި އަނިޔާ ކުރުމުގެ އޮއިވަރެއްވެސް މިފަހަކަށް އައިސް ދިއްލީގައި ހިނގާފައި ވެއެވެ.
Advertisement
7 ޖޫން 2021