އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލަކްޝަދީޕް މީހުން ބީޖޭޕީއާ ދެކޮޅު ހަދަނީ މިސަބަބުތަކާ ހެދި

ލަކްޝަދީޕް މީހުން ބީޖޭޕީއާ ދެކޮޅު ހަދަނީ މިސަބަބުތަކާ ހެދި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 28 ސިކުންތު

މުސްލިމުންގެ ބައިބޯ ސަރަހައްދުތަކުގައި ބީޖޭޕީގެ ހިންދޫތުވާ ޓެސްޓްކޮށްލުމަށް އިޖުތިމާއީ ސަގާފީ ލެބޯޓްރީ ހިންގުމަކީ ބީޖޭޕީގެ ސިޔާސަތެކެވެ. ހިންދޫތުވާއަކީ ހިންދީންނަށް އިސްކަން ދޭ ސިޔާސަތެވެ.

ކަޝްމީރަށް ފަހު ބީޖޭޕީން އަޖުމަ ބަލަމުން ދަނީ މިހާރު ލަކްޝަދީޕްގައެވެ. މިއީ ސައްތައިން ސައްތަ މުސްލިމުންގެ އާބާދީއެކެވެ. ޣެއިރު ދީންގެ ތިނެއް އިންސައްތަ މީހުން ބޭރު ސަރަހައްދުން އައިސް ވިޔަފާރި ފަދަ ކަންކަމުގައި ލަކްޝަދީޕްގައި އުޅެތެވެ.

އިންޑިއާގެ ސެކިއުލަރ ވެރިކަމުގެ ނިޒާމަށް ވައިރަސްއެއްފަދައިން ފާވެފައިވާ ބީޖޭޕީން މަސައްކަތް ކުރަނީ އެމީހުންނާ ޖެހޭ ހިސާބުން އިޖުތިމާއީ ނިޒާމު ހަލާކުކޮށްލާށެވެ.

އިންޑިއާގެ ސަރަހައްދުތަކުގައި ސަރުކާރުގެ ކަންކަން ހިންގުމަށް އައްޔަން ކުރާ އިސް މަސްއޫލުވެރިއަކީ ޑިސްޓްރިކްޓް ކަލެކްޓަރއެވެ. މިއީ ތަޖުރިބާކާރު އިދާރީ ހިންގުމުގެ ފަންނުވެރި މީހަކަށް ދޭ މަގާމެކެވެ. މި މަގާމަށް އައްޔަން ކުރެވޭ މީހާއަކީ އިންޑިއަން އެޑްމިނިސްޓްރޭޓިވް ސަރވިސްއިން އަންނަ ތަޖުރިބާކާރު މުވައްޒަފެކެވެ.

އިންޑިއަން އެޑްމިނިސްޓްރޭޓިވް ސަރވިސްއަކީ ދައުލަތުގެ މަތީ މަގާމުތަކަށް ފެންވަރު ރަގަޅު މީހުން ނެގުމަށްޓަކައި ބާއްވާ، ތިންލައްކަ އެއްހައި މީހުން ބައިވެރިވާ އިމްތިހާނަކުން ފުރާނައިގެން ނެގޭ މަދު އަދަދެއްގެ މީހުން ފަހުން އިތުރު ތަމްރީނަކަށްފަހު މަސްއޫލިއްޔަތާ ހަވާލު ކުރެވޭގޮތަށް އޮންނަ ނިޒާމެކެވެ.

ލަކްޝަދީޕްގައިވެސް އަބަދުވެސް ޑިސްޓްރިކްޓް ކަލެކްޓަރަކަށް ހުންނަނީ އައިއޭއެސް (އިންޑިއަން އެޑްމިނިސްޓްރޭޓިވް ސަރވިސް) ގެ އޮފިސަރެކެވެ. އެންމެފަހުން ހުރި އޮފިސަރު މަރުވުމާ ހަމައަށެވެ. ކުރިން ހުރި ޑިސްޓްރިކްޓް ކަލެކްޓަރއަކީ، އިންޑިއާގެ ޖާސޫސީ އިދާރާގެ އިސްވެރިޔާގެ މަގާމުގައި ހުރި މީހެކެވެ. އޭނާ ލަކްޝަދީޕަށް އައްޔަން ކޮށްފައި ހުއްޓައި 2020 ޑިސެމްބަރުގައި މަރުވީއެވެ.

މޮދީގެ އާދައަކީ އޭނާއާ ގާތް ގުޖުރާތު މީހުން އިސް މަގާމުތަކަށް ލާށެވެ. އެހެންވެ، މޮދީގެ ނެޕޮޓިޒަމްގެ އުސޫލުން ލަކްޝަދީޕްގެ އެޑްމިނިސްޓްރޭޓަރަކަށް މިހާތު އައްޔަން ކޮށްފައިވާ ޕަރަފުލް ކޯޑާ ޕަޓޭލް ސިޔާސީ މީހެއްގެ ގޮތުގައި އައްޔަން ކުރީއެވެ.

މިއީ ކާކު ހެއްޔެވެ! އޭނާއަކީ ކައްޓަރު ހަރުކަށި އާރްއެސްއެސްގެ މެމްބަރެކެވެ. އާރުއެސްއެސްއަކީ ބާބްރީ މިސްކިތް ތަޅާލުމަށް ގޮވާލަމުން ދިޔަ ހަރުކަށި ހިންދޫންގެ ޖަމާއަތެވެ. ބީޖޭޕީގެ ހިންދީ ރޫހާނީ ޖަމާއަތެވެ. އާރްއެސްއެސްގެ ތާއީދެއްނެތި ބީޖޭޕީގައި ބޮޑު މަގާމެއް ނުލިބޭނެއެވެ. މޮދިއާއި އޭނާގެ ހޯމް މިނިސްޓަރ އަމިތު ޝާހަކީވެސް އާރްއެސްއެސްއަށް މޫލާފައިވާ މީހުންނެވެ.

ޕަޓޭލަކީ މޯދީ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވިއިރު އޭނާގެ ހޯމް މިނިސްޓަރެވެ. ގުޖުރާތުގެ ގާނޫނު ހަދާ ސަރަހައްދީ މަޖިލިސްއަށް ޕަޓޭލް ނުހޮވުމުން އޭނާއަށް ހޯމް މިނިސްޓަރުގެ މަގާމު 2012ގައި ގެއްލުނީއެވެ. ފަހުން މޮދީ އޭނާ އައްޔަން ކޮށްފައި ހުރީ އިންޑިއާގެ ޔޫނިއަން ޓެރިޓްރީ ދާދަރާ ނާގަރު ހަވޭލީގެ ގަވަރުނަރަކަށެވެ.

މިއީ އިދާރީ ތަޖުރިބާއަށް ވުރެން ސިޔާސީ ދާއިރާގެ މީހެކެވެ. އަދި ސިޔާސީ މީހަކު ލަކްޝަދީޕަށް މިގޮތަށް އިސްކުރެވުނު ފުރަތަމަ ފަހަރެވެ.

މީނާ މަގާމާ ހަވާލު ވުމަށްފަހު މީހުންގެ މައްޗަށް ވެރިކަން ކުރީޑިކްޓޭޓަރެއް ފަދައިން ނެވެ. ލަކްޝަދީޕް މީހުން ދަށް ކޮށްލާ ގޮތަށެވެ. އޭނާ ނެގުރު ގަވާއިދުތައް ހަރުކަށިވެފައި ޒާތީއެވެ!

•      އޭނާ އެންގީ އެމީހުން ފަޅު ތެރޭގައި ދާއެޅުމާއި އައްސޭރިފަށުގައި ދާ ބަންނަން ތިބުމަކީ މަނާ ކަމެއް ކަމަށެވެ.

•      ލަކްޝަދީޕްގެ މުސްލިމު މީހުން ގެރި ގެންގުޅުމަކީ މަނާ ކަމެކެވެ.

•      ލަކްޝަދީޕްގައި މަދު ބަޔަކު ގެރި ގެންގުޅެ އަމިއްލަ ދެ ޑެއިރީއެއް ހިންގައެވެ.

•      250 ރުޕީސްއަށް ކިލޯގެ ރޭޓުން ގެރިތައް ވިއްކާލައި ޑެއިރީ ބަންދުކުރަން  އެންގިއެވެ.

•      ރަށު މީހުންނަށް ބޭނުންވާ ކިރު ގެންނަން ފެށީ ގުޖުރާތުން ކަނޑު ބޯޓްގައެވެ.

•      ކުރިން މީހުން ދަތުރުފަތުރަށާއި މުދާ ގެންނަން ބޭނުންކުރި ކެރެލާގެ ކޮޒިކޯޑު ބަނދަރުން ބޯޓު އައު ހުއްޓުވާލިއެވެ.

•      ދެން ބޯޓްތައް ގެންނަން ފެށީ ކަރްނާޓަކާގެ މެންގަލޯރ ބަންދަރުންނެވެ.

•      ޓޫރިޒަމް ޑިޕާޓްމަންޓްގައި ތިބި 190 މުވައްޒަފުން ވަޒީފާއިން ކަނޑާލިއެވެ.

•      ވަގުޓީ ޓީޗަރުންގެ ގޮތުގައި ސްކޫލުތަކުގައި ގެންގުޅުނު ލަކްޝަދީޕްގެ 200 މީހުން ވަޒީފާއިން ބޭރުކޮށްލިއެވެ.

•      މުޒާހަރާއަށް ނިކުތް ދަރިވަރުންގެ ގައިގައި ލަޓިބުރިން ތަޅައި ކޮންޓްރޯލް ކުރުމަށް ފުލުހުންނަށް އެންގިއެވެ.

•      މެޖިސްޓްރޭޓުންގެ ގޮތުގައި ތިބި ރަށު މީހުން ވަޒީފާއިން ކަނޑާލިއެވެ.

•      ކަނޑާލި ވަޒީފާތަކަށް ވައްދަން ފެށީ ހިންދީ ބަހުން ވާހަކަ ދައްކާ އުތުރު ހިސާބު މީހުންނެވެ. ރަށު މީހުން ވާހަކަ ދައްކާ މަލިޔާޅީ ބަސް ދަށްކޮށްލިއެވެ.

•      ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލައިހުރިހައި ތަނެއް ޕަޓޭލްގެ ބާރުގެ ދަށަށް ގެނައެވެ.

ޕަޓޭލްއާ ދެކޮޅަށް ލަކްޝަދީޕްގައި އެންމެ އަޑުގަދައީ އަނެހެނުންނެވެ. އެމީހުން ދެކޮޅު ހަދަމުން ދަނީ ހިންދީންނަށް އިސްކަންދޭ ބީޖޭޕީގެ ހިންދޫތުވާ ސިޔާސަތާ ހެއްޖެވެ. މިއީ އިންޑިއާގެ ވެރިކަމުގެ ނިޒާމަށް އޮތް ކެންސަރެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު