އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކަށް ލޯތްބެއް ނެތް ބައެއްގެ ހިތުގަ އިސްލާމްދީނަށާ ރައްޔިތުންނަށް އޮންނާނީ ކޮން ލޯތްބެއް؟

ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކަށް ލޯތްބެއް ނެތް ބައެއްގެ ހިތުގަ އިސްލާމްދީނަށާ ރައްޔިތުންނަށް އޮންނާނީ ކޮން ލޯތްބެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 56 ސިކުންތު

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ބަންގި ގެނެސްދިނުމަށްފަހު ދެން ފޮނުވާ ވީޑިއޯ މެސެޖް އަޑު އުވުމުން މިސްކިތާއި ވައި އެޅެންވެސް މީހުން ބިރުގަންނާނެއެވެ. މިސްކިތްތައް އޮންނަނީ ފަޅުވެފައެވެ. ކޮރޯނާގެ ޙާލަތު ގޯސްވެ މިސްކިތްތައް ކޮރޯނާގެ ހާއްޔަކަށްވެފައިވާކަން ދައްކުވައިދެއެވެ. މިއުޅެނީ މިސްކިތްތަކާއި ކައިރިވާންވެސް ނުވާވަރުގެ ނުރައްކައުތެރި ޚާއްޞަ ޙާލަތެއް ކުރިމަތިވެގެންކަން އަންގައިދެއެވެ. 

ނަމަވެސް މިފަހަރުވެސް ކަންކަން ނިމިގެންދިއައިރު މިސްކިތްތައް ބަންދުވިކަމަށް މިވީ ނަމާދުކުރާ މީހުންނަށެވެ. މަސްތުވާތަކެތި ބޭނުންކޮށް މިސްކިތްތައް ނަޖިސްކޮށް ނިދައި އެއްޗެތިދޮވެ އުޅޭ މީހުންނަށް ހަމަ ވަދެވެއެވެ. 

މިޙާލަތުގައި ހަނދާން އައުކޮށްލަން ބޭނުންވަނީ ޝައިޚް އަޙްމަދު ރިމާޒް މީގެ އަހަރުތަކެއްކުރިން ވިދާޅުވެފައިވާ މި ބަސްފުޅެވެ. 

"އަހަރެމެންގެ މި މާތް ވެގެންވާ ދީނާއި މި މިސްކިތްތަކާއި މި ޤުރުއާނާއި މެދު ކަންތައް މިކުރާ އިހާނެތި ގޮތާއި މެދު މި ދީނާއި މި ޤުރުއާނާއި މި މިސްކިތްތައް ރޯނެ ނަމަ އަނިޔާލިބިފައިވާ ކުޑަކުއްޖަކު ރޯ ފަދައިން ރޯނެއެވެ.": ޝައިޚް އަޙްމަދު ރިމާޒް

ޝައިޚް ގެ މިބްސްފުޅަކީ މިސްކިތްތަކުގެ މިއަދުގެ ޙާލަތަށް ވަރަށް ފުރިހަމައަށް ފެތޭ ބަސްފުޅެކެވެ. މިސްކިތްތައް ގަދައަޑުން ރޮއި ކަރުނަ އަޅަނީއެވެ. މިސްކިތްތައް ބިނާކުރެވުނު މަޤްޞަދު ގެއްލިގެންދިއައީއެވެ. ޖަމާޢަތުގައި ނަމދެއް ނުކުރެވެއެވެ. މިސްކިތަށް ނަމާދަށް ދެވެނީ ވަރަށް ދަތިޙާލުންނެވެ. އެތައް ސުވާލުތަކަކަށް ޖަވާބު ދީފައެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ، އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކުރަން މިސްކިތަށް ދެވެއެވެ. އެފަދަ ކަންކަން މިސްކިތުގައި ކުރެއެވެ. 

މިއީ އަލަށް ކުރިމަތިވި ކަންކަމެއް ނޫނެވެ. މިދިއަ އަހަރުވެސް ކުރިމަތިވި ކަންކަމެވެ. މިސްކިތްތަކުގައި އެފަދަ ކަންކަން ކުރާ މީހުންނާއި މިސްކިތަށް ޙާޖަތަށް ގޮސްފައި ހުންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ހާމަވުމުން މިއަދުނޫހުގައި ކަންބޮޑުވުން ފައުޅުކުރުމުން އިމާމުން އެއްކުރައްވާފައި އެފަދަ ފޮޓޯތައް މީޑިއާތަކަށް ނުދިނުމަށް އެންގެވިކަމަށް ބައެއް އިމާމުންވަނީ މިއަދުނޫހަށް މައުލޫމާތު ދީފައެވެ.

އެކަމުން ހަމަގައިމުވެސް އެނގޭ ކަމެއް އެބައޮތެވެ. މިހާރުވެސް އެހުންނެވީ ހަމަ އެއިރުވެސް ހުންނެވި ވަޒީރެވެ. ވީމާ އެކަންކަން މިސްކިތުގައި ކުރާކަން ވަޒީރަށް އެއޮތީ އެނގިވަޑައިގެންފައެވެ. ސުވާލަކީ މިފަހަރު މިސްކިތްތަކަށް އެހާލަތު ޖެހެން ދޫކޮށްލެވުނީ ކީއްވެގެން ހެއްޔެވެ؟ 

މިސްކިތްތަ ބެލެހެއްޓުމުގެ ޒިންމާ ޤާނޫނުގައި އޮންނަނީ ސިޓީ ކައުންސިލަށެވެ. ނަމަވެސް މިސްކިތްތައް ބަންދުކުރުމާއި ޖަމާއަތުގައި ނަމާދުކުރުން މަނާކުރުމާއި މިސްކިތްތައް ހުޅުވުމާއި ނަމާދުކުރުން ހުއްދަކުރަނީ އިސްލާމިކް މިނިސްޓްރީންނެވެ. ކޮންމެ ނަމާދަކަށްފަހު މިސްކިތްތައް ސާފުކުރާނެކަމަށް ރައްޔިތުންގެ ކުރިމަތީގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވެސް އިސްލާމިކް މިނިސްޓަރެވެ. ވީމާ މިސްކިތްތަކަށް މިހާލު ޖެހިގެންދިއުމުން ސިޓީ ކައުންސިލުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ޒިންމާއެއްވެސް އެބައޮތްކަން އެނގިގެންދެއެވެ. 

މިސްކިތްތަކުގައި ނުބައިކަންކަން ކުރުން ފަހަކަށް އައިސް އޮތީ ޢާންމު ކަމަކަށްވެފައެވެ. އަބަދުވެސް ކުރާކަމަކަށްވެފައެވެ. ނަމަވެސް މިސްކިތްތަކަށް މީހުން އަރައި އުޅެވޭއިރު އެކަންކަން ހިނގާލެއް މަދެވެ. އެކަންކަން ފުރުޞަތު ލިބުން އުނދަގޫވީމައެވެ. ވީމާ މިސްކިތްތަކަށް އެރުން ދަތިކޮށް، ނޭރޭ ގޮތް ހަދައި ރޭގަނޑު ކަރަންޓް ކަނޑައި އަނދިރިކުރާއިރު މިކުރެވެނީ ކީއްކަމާއި މިކަމުގެ ނަތީޖާ ނުކުްނާނެ ގޮތް ނުވިސްނޭނެ ކަމަށް ޤަބޫލުކުރުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ. 

މާލެ ސަރަހައްދުގައި ހުރިކަމަށް އިސްލާމިކް މިނިސްޓްރީން ބުނަނީ 43 މިސްކިތެވެ. މިސްކިތްތައް ބަންދުކުރާނަމަ ސެކިޔުރިޓީން ބައިތިއްބައިގެން ނަމަވެސް އެ 43 މިސްކިތް ނުބެލެހެއްޓި ކަމުގެ ޒިންމާ އުފުލާނީ ކާކުހެއްޔެވެ؟ ދައުލަތުގައި މީހުންނާއި ވަސީލަތާއި ފައިސާ ނެތްނަމަ ޒަކާތު ފަންޑުގައި ފައިސާ ނެތީހެއްޔެވެ؟ ޒަކާތު ފަންޑުގައި ފައިސާ ނެތްނަމަ، ދައުލަތުގައި ކުޅަދާނަކަން ނެތްނަމަ ދަރުމަވެރިންގެ އެހީތެރިކަމަށް ނުއެނދުނީ ކީއްވެގެން ހެއްޔެވެ؟ 

މިސްކިތްތައް މިއަދު ހަމަ އަޑުން އަޑު ނަގައި ރޮނީއެވެ. ސުވާލަކީ މިސްކިތްތައް ހިތުގައި ޖައްސައި ރޮއްވަން ކެރުނު ބައެއްގެ ހިތުގައި ﷲ ތަޢާލާއަށް އޮންނާނީ ކޮން ލޯތްބެއްހެއްޔެވެ؟ ރައްޔިތުންނަށް އޮންނާނީ ކޮން އިޚްލާޞްތެރިކަމެއް ހެއްޔެވެ؟ ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކަށް ލޯތްބެއް ނެތް ބައެއްގެ ހިތުގައި އިސްލާމް ދީނަށާއި ރައްޔިތުންނަށް އޮންނާނީ ކޮން ލޯތްބެއް ހެއްޔެވެ؟ 

ފުލުހުންވާ މިސްކިތްތަކަށް އަރާލައި ކަންކަން ހުއްޓުވަން މަސައްކަތްކޮށްފިއެވެ. މިސްކިތްތައް 24 ގަޑިއިރު ބަލަހައްޓަން ސަރުކާރުން އެންގިނަމަ އެކަންވެސް ކުރީހެވެ. ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ސެކިޔުރިޓީ ބެލެހެއްޓުންވެސް ހިމެނެއެވެ. ދައުލަތުން ބަލަހައްޓަން ހަމަޖައްސާ ތަންތަނުގެ ސެކިޔުރިޓީ ބަލަހައްޓާ ބައަކުވެސް ފުލުހުންގެ ޚިދުމަތުގައި ތިބޭތާ އެތައް އަހަރެއް ވެއްޖެއެވެ. ވީއިރު ހަމަ ލޯބިން މިސްކިތްތައްވެސް ބެލެހެއްޓީސްކަން ޔަޤީނެވެ. 

އެނގުނީ އެންމެ ކަމެކެވެ. ބަންގިއަށްފަހު ގޮވާ "ޞައްލޫ ފީބުޔޫތިކުމް" ކޮންމެ ފަހަރަކު ވެގެން މިދަނީ މިސްކިތްތަކުގެ ޙުރުމަތް ކަނޑަން ލިބޭ ފުރުޞަތަކަށް ކަމެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް