އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަލަސްތީނަށް ވެކްސިން ދިނުމުގައި އިޒްރޭލުން މަކަރު ހަދައިފި

ފަލަސްތީނަށް ވެކްސިން ދިނުމުގައި އިޒްރޭލުން މަކަރު ހަދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އިޒްރޭލުން އަނބުރައި ދައްކާ ގޮތަށް ފަލަސްތީނުން ހޯދި ވެކްސިން އެއްބަސްވި ގޮތާ ޚިލާފަށް އިޒްރޭލުން އޮޅުވާލައިފިއެވެ.

މި އަހަރުގެ ފަހުކޮޅު އަނބުރައި ދައްކާ ގޮތަށް ދޭން އެއްބަސްވި 1.4 މިލިއަން ޑޯޒް ވެކްސިން ދެފަރާތުން އެއްބަސްވި ގޮތުން ޖުލައި  އަދި އޮގަސްޓަށް މުއްދަތު ހަމަވިއަސް ވަރިހަމައެވެ. އެކަމަކު އިޒްރޭލުން ވެކްސިން ދިނުމަށްފަހު ބޮޑު ވަޒީރު ނަފަތާލީން ބެނެޓްގެ އޮފީހުން އިޢްލާން ކުރީ ފަލަސްތީނަށް މި ދެނީ މުއްދަތު ހަމަވާން ކައިރިވެފައިވާ ވެކްސިން ކަމަށެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވީ އިޒްރޭލުން މަކަރު ހެދުމުގެ ސަބަބުން މި ވެކްސިން އަނބުރައި ފަލަސްތީނުން ފޮނުވާލާފައިވާނެ ކަމަށެވެ.

ކަންކަން އޮޅުވާލުމެއް ނެތި ރަނގަޅަށް ދިޔަނަމަ، ފަލަސްތީނުން ހަމަޖައްސާފައި އޮތީ އެ ވެކްސިން މިއަހަރުގެ ފަހުކޮޅުގައި ފަހުން އަނބުރައި ދައްކާ ގޮތަށެވެ.

ބެނެޓްގެ މަރަކު ފަޅާއަރުވާލުމުން އޭނާގެ އޮފީހާ ސުއާލުކުރުމުން މީޑިއާއަށް ޖަވާބެއް ނުދިނެވެ. އެންމެ ބާރަށް ގެންގޮސް ވެކްސިން ޖަހާފައިވާބަޔަކީ ޔަހޫދީންނެވެ. ޔަހޫދީން ވަނީ ގަސްތުގައި ފަލަސްތީނަށް ވެކްސިން ލިބުމަށް ހުރަސް އަޅާފައެވެ. ޔަހޫދީން ބުނަނީ އޮސްލޯގެ އެއްބަސްވުމުގެ ދަށުން ޒާތީ މިނިވަންކަމެއް އޮންނަ ފަލަސްތީނުން ރައްޔިތުންނަށް ވެކްސިން ދޭން ޖެހޭނެ ކަމަށެވެ. އެކަމަކު ފަލަސްތީނަށް ވަދެ ނިކުމެ އޮންނަ ހުރިހައި މަގެއް ބަންދު ކުރުމުގެ އިތުރުން ހެލިވެ އުޅުމަށްވެސް ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ. އިޒްރޭލުގެ ޔަހޫދީންގެ 55 އިންސައްތަ މީހުން ވަނީ އެއްކޮށް ވެކްސިން ޖަހާފައެވެ.

ފަލަސްތީނުގައި 30 އިންސައްތަ މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ލިބިފައެވެ. ފަލަސްތީނަށް ވެކްސިން ލިބިފައި ވަނީ ރަޝިޔާއާއި ޗައިނާއާއި ޔޫއޭއީ އިންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު