އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގައި ޑިމޮކްރެސީއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ!

ދުނިޔޭގައި ޑިމޮކްރެސީއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

އެމެރިކާއިން އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކައިގެން ދުނިޔޭގެ ޑިމޮކްރެސީގެ އައްޕަ ކަމަށް ގައުމުތަކަށް ދައްކަން މަސައްކަތް ކުރެއެވެ. އެކަމަކު ޚީޔާލު ހޯދުންތަކުން ދައްކާ ގޮތުން އެމެރިކާއަކީ ޑިމޮކްރެސީއަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ ވިދާޅުވިފަދައިން އިންސާނީ ހައްގަކީ، އެމެރިކާއިން އުފެއްދި އެއްޗެއް ނޫނެވެ. އެމެރިކާ ވުޖޫދުގައި އޮތީ އިންސާނީ ހައްގުތަކުގެ ސަބަބުންނެވެ. ދުނިޔޭގައި ނަގާފައިވާ އައު ޚިޔާލު ހޯދުމަކުން ދައްކަނީ ދުނިޔޭގައި ޑިމޮކްރެސީއަށް އޮތް ނުރައްކަލަކީ ރަޝިޔާ ނޫނީ ޗައިނާއެއް ނޫން ކަމަށެވެ. އެކަމަކު އެއީ އެމެރިކާއެވެ.

ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުން ދުނިޔޭގެ ގައުމުތަކުގައި ރައްޔިތުން ޑިމޮކްރެސީއަށް ތާއީދު ކުރެއެވެ. އެކަމަކު އެމީހުންގެ ގައުމުތަކުގައި ޑިމޮކްރެސީއަށް އޮތް ގޮން ޖެހުންތައްވެސް ފާހަގަ ކުރެއެވެ.

އެލައެންސް އޮފް ޑިމޮކްރެސީސް ފައުންޑޭޝަން އިން 53 ގައުމެއްގައި 50 ހާސް މީހުންގެ ޚިޔާލު ހޯދުމަށްފަހު އެކުލަވާލާފައިވާ ދިރާސާއިން ދައްކަނީ ހީވެސް ނުކުރާފަދަ ނުރައްކާ މަންޒަރެކެވެ.

އިނގިރޭސިވިލާތުގައި ޖީ7ގެ ވެރިން ބައްދަލުވުން ނިންމާލިއިރު ދައްކަން ބޭނުންވީ ޑިމޮކްރެސީ ނަގަހައްޓާ ނަގާ ކިޔާ ބަޔަކީ މިމީހުން ކަމުގައެވެ.

މި ޚިޔާލު ހޯދުމުގައި ބައިވެރިވި މީހުންގެ 44 އިންސައްތަ ބުނަނީ އެމީހުންގެ ގައުމުތަކުގައި ޑިމޮކްރެސީއަށް ނުރައްކާ ކުރަނީ އެމެރިކާ ކަމުގައެވެ. ޗައިނާގެ ނުފޫޒަށް ބިރު ގަންނަނީ 38 ސައްތަ މީހުންނެވެ. ރަޝިޔާގެ ނުފޫޒަށް 28 އިންސައްތަ މީހުން ބިރުގަނެއެވެ. މިއން ދައްކަނީ ޑިމޮކްރެސީ ދަންމަރު އޮތީ އެމެރިކާ އަތުގައި ނޫން ކަމަށެވެ.

މިދިޔަ ޓްރަމްޕްގެ ވެރިކަމުގައި މީހުން އެމެރިކާއާ މެދު ދުށް ގޮތަށް ވުރެން މިހާރު ދެކޭ ގޮތް ބަދަލު ވެފައި ވެއެވެ. ޓްރަމްޕްގެ ނުރައްކާ މާބޮޑުކަމަށް އެއިރު މީހުން ގަބޫލުކުރިއެވެ.

ޚިޔާލު ހޯދުމުގައި 81 އިން ސއްތަ މީހުން ބުނެފައި ވަނީ ޑިކޮރެސީ ބޭނުންވާ ކަމަށެވެ. 53 އިންސައްތަ ބުނެފައި ވަނީ އެމީހުންގެ ގައުމުތަކުގައި ޑިމޮކްރެސީ އޮންނަ ކަމަށެވެ.

ޑިމޮކްރެސީއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ 64 އިންސައްތަ މީހުން ބުނިގޮތުގައި، އިގްތިސާދީ ގޮތުން މީހުންގެ މެދުގައި އޮންނަ ތަފާތު ކަމެވެ. ބޮޑެތި ކުންފުނިތަކަކީ، ޑިމޮކްރެސީއަށް އޮތް ނުރައްކަލެއްކަމަށް 48 އިންސައްތަ މީހުން ބުނެފައި ވެއެވެ. 62 އިންސައްތަ މީހުން ބުނަނީ، އެމެރިކާއާއި ބޮޑެތި ކުންފުނިތަކަކީ ޑިކޮމްރެސީއަށް ނުރައްކާ ކުރާ ބައެއް ކަމަށެވެ.  

ނޯރވޭއާއި ސުއިޒަރލެންޑާއި ސްއިޑެން އިން ބުނަނީ އެމީހުން ގެ ގައުމުތައް ޑިމޮކްރެޓިކް ކަމަށެވެ. 71 އިންސައްތަ ބުނަނީ ޗައިނާ ގައި ފުދޭވަރަކަށް ޑިމޮކްރެސީ އެބަ އޮތް ކަމަށެވެ. 33 އިންސައްތަ މީހުން ރަޝިޔާގައި ދެކެނީ އެގައުމުގައި ޑިމޮކްރެސީ އެބައޮތް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު