އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފިރިމީހާ ބޭނުންވީ ސިހުރުހަދައިގެން ދިރޭ ޤަބުރެއްގެ ގޮތުގަ އަޅުގަނޑު ދުނިޔޭގަ ބަހައްޓުވަން! އެކަމަކު ޛިކުރުމާ ދުޢާގެ ބާރު މާވަރުގަދަ!

ޙަޤީޤީ ޙާދިސާ: ފިރިމީހާ ބޭނުންވީ ސިހުރުހަދައިގެން ދިރޭ ޤަބުރެއްގެ ގޮތުގަ އަޅުގަނޑު ދުނިޔޭގަ ބަހައްޓުވަން! އެކަމަކު ޛިކުރުމާ ދުޢާގެ ބާރު މާވަރުގަދަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

އަޅުގަނޑުގެ ފިރިމީހާގެ ކިބައިން އެއްވެސް ގޮތަކުން ހިތްހަމަޖެހުމެއް ނުލިބުމުން އަޅުގަނޑު މަސައްކަތްކުރީ ވަރިވާށެވެ! ވަރިވާން ކޯޓަށް ފޯމުލާން އުޅޭކަން އެނގުނު ހިސާބުން ފެށީ ސިހުރު ހަދާށެވެ. އެކުރި ކަމެއް ކުރަމުން ދަނިކޮށްވެސް ވަރިވެވިއްޖެއެވެ.

އެކަނި 2 އަހަރު ދުވަހު ހުރުމަށްފަހު ކައިވެންޏެއް ކުރަން ބޭނުންވެގެން މީހަކާ ގުޅުނީމެވެ. ހަމަ ދެންމެ ދެންމެ ކައިވެނިކުރެވެން އުޅޭހިސާބަށްގޮސްފައި ކުއްލިއަކަށް ހުއްޓުނީއެވެ. އެގޮތަށް 3، 4 ފަހަރު ކަންކަން މެދުވެރިވިއެވެ. 

ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދުމުން އެނގުނީ ކޮންމެވެސް މީހަކު ހުރަސްއަޅަން ސިހުރުހައްދުވާކަމެވެ. އަދި ކުރެވުނު މަސައްކަތްތަކުން އެކަން ކުރުވަނީ ކުރީގެ ފިރިމީހާކަން ވަރަށް ގިނަ ގޮތްގޮތުން ޔަޤީންކުރެވުނެވެ. ނަމަވެސް އެކަމަކާއި އަޅައެއް ނުލަމެވެ. ޝުކުރުކޮށްލައިގެން ހުރެ ހތްވަރުކުރީ ދުޢާކުރުން ގިނަކުރެވޭތޯއެވެ. ހެޔޮ ޢަމަލުތައްކުރުން ގިނަކުރެވޭތޯއެވެ. 

ރައްކައުތެރިކަމަށްޓަކައި 2 އިރު ކިޔަންޖެހޭ ޛިކުރުތައް ކޮންމެ ނަމާދަކަށްފަހު ކިޔަންފެށީމެވެ. ބަޤަރާ ސޫރަތް 2 ފަހަރު ކިޔަވަން ފެށީމެވެ. ނަތީޖާވެސް ފެނުނެވެ. އެންމެ ބޭނުންވި މީހާ އާއި ކައިވެނިވެސް ކުރެވުނެވެ. އިން ޝާ ﷲ 

އެއްރޭ ފިރިމީހާ އާއިއެކު ބޭރުގައި އުޅެމުން ކުރީގެ ފިރިމީހާގެ ފިހާރައަށް ވަނީމެވެ. ކަންދިމާވިގޮތުން ކައުންޓަރުކައިރީގައި އޭނާ ހުއްޓެވެ. އަހަރެން އޭނާގެ މޫނަށް ބަލަައްޓައިގެން ހުރެ ބުނީމެވެ. "ކަލޭދުވީ ސިހުރުވެރިންގެ ފަހަތުންނެވެ. އަހަރެން ދުވީ މާތް ﷲ ގެ ރަޙްމަތަށް އެދިގެންނެވެ. ރޭސް ނިމިއްޖެއެވެ. މިހިރީ އަހަރެންގެ ފިރިމީހާއެވެ." 

އެއިރު ފިހާރައިގައި ގިނަ ބައަކުތިބީ އަހރެން ދެއްކި ވާހަކައަށް ސަމާލުކަންދީގެންނެވެ. އޭނާ އަހަރެންނާއިމެދު އިންތިހާއަށް ދެރަ ގޮތްގޮތް ހެދިއިރަކުވެސް އެއްޗެއް ނުބުނަމެވެ. ނަމަވެސް އެރޭ އެގޮތަށް ކުރީ ހަމަ ޤަޞްދުގައެވެ. ބޭނުންވީ އެންމެ ކަމެކެވެ. އެއީ އެވަރުންވެސް ތައުބާވެ ސިހުރުވެރިން ފަހަތުން ދުވުން ހުޓާލައިތޯ ބެލުމެވެ. އެއީ ބޮޑުފާފައެއް ކަމާއި ކިތަންމެ ވަރަކަށް ސިހުރު ހެދިނަމަވެސް މާތް ﷲ ދެއްވަވަން އޮތް ނިޢްމަތަކަސް ހުރަސް ނޭޅޭނެކަން ވިސްނައިދިނުމެވެ. 

ސިހުރުހަދާ މީހުންނާއި ހައްދުވާ މީހުންނަކީ ވަޅިން މީހުން ކަތިލާ މީހުންނަސްވުރެ ނުބައި ބައެކެވެ. ކަތިލީމާ އެމީހާ ވަގުތުން މަރުވެއެވެ. ސިހުރު ހަދައިގެން މިކުރާ އަނިޔާއަކީ މަރުވެފައިވާ މީހެއްގެ ގޮތުގައި ދުނިޔޭގައި ދިރިއުޅެން ޖެއްސުވުމެވެ. ވީމާ އަޅުގަނޑުގެ ކުރިމަތީގައި އެކަމުން ލިބޭ އަނިޔާ މާބޮޑެވެ! އަޅުގަނޑުގެ ކުރީގެ ފިރިމީހާ ބޭނުންވީ އަޅުގަނޑަށް އެ ޙާލު ޖައްސުވާށެވެ! 

މިއަދުނޫހުގެ ކިޔުންތެރިން، ޚާއްޞަކޮށް އަޅުގަނޑުގެ އުޚުޠުންނަށް ދަންނަވާލަން ބޭނުންވަނީ ފިނޑިވެ ސިހުރުވެރިންނަށް އަމާންނުދޭށެވެ. ހެޔޮ ޢަމަލުކުރަމުން ދުޢާކުރާށެވެ! ހިތްވަރުކޮށް ކެތްތެރިވެލާށެވެ! ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް