އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: މަންމަގެ މަޤާމުގަ އިނދެ މައިދައިތަ ހެދި ސިހުރަކުން ކައިވެނި ރޫޅުނު އަންހެނެއްގެ އިޙްޞާޞްތައް

ޙަޤީޤީ ޙާދިސާ: މަންމަގެ މަޤާމުގަ އިނދެ މައިދައިތަ ހެދި ސިހުރަކުން ކައިވެނި ރޫޅުނު އަންހެނެއްގެ އިޙްޞާޞްތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

އަޅުގަނޑަކީ ދެކުނުގެ ރަށަކަށް ނިޞްވާ އަންހެނަކީމެވެ. މިކިޔައިދެނީ އަޅުގަނޑުގެ އަލަތު ކައިވެނީގައި ކަންކަން މެދުވެރިވި ގޮތެވެ. 

ދަރިއަކު ނުލިބިގެން ދަރިއަކު ހޯދަން މަސައްކަތްކުރަމުން ގޮސް އިންޑިއާއަށް ދެމަފިރިން ދިއައީ ވަރަށް އުންމީދާއިއެކުގައެވެ. ދިގު މުއްދަތަކަށް އިންޑިއާގައި ތިބެންޖެހޭނެތީ އާއި ހޮސްޕިޓަލުގައި އެޑްމިޓްކުރާނެ ކަމަށް ބަލައި އެހީތެރިއެއްގެ ގޮތުން ފިރިމީހާގެ މަންމަވެސް އަޅުގަނޑުމެން ގެންދިއައިމެވެ. 

ތިބީ ގެއެއް ކުއްޔަށް ހިފައިގެންނެވެ. އެއީ ދިއަތާ 4 ނުވަތަ 5 ވަނަ ދުވަހެވެ. އެދުވަހަކީ މައިދައިތަ ކާއެއްއެއްޗެއް ތައްޔާރުކޮށްދިން ފުރަތަމަ ދުވަހެވެ. އެދުވަހުގެ ހެނދުނުގެ ސައި ތައްޔާރުކޮށްދިނީ މައިދައިތައެވެ. 

މައިދައިތަ ތައްޔާރުކޮށްދިން ސައިތަށި މެދަށްވެސް ނުބޮވެނީސް ފިރިމީހާއަށް ކުއްލިއަކަށް ގޮތްތަކެއް ވާންފަށައިފިއެވެ. ފުންމައިގެން ތެދުވެ ބޭނުންވީ ހަމަ ވަގުތުން މާލެ ދިއުމަށެވެ. ޑޮކްޓަރަށް ދައްކައިލަންވެސް ބޭނުމެއް ނުވިއެވެ. ޓިކެޓް ކަންތައް ހަމަޖައްސައިގެން އެދުވަހުން ދުވަހަށް އައީ މާލެއެވެ. 

މާލެ އައުމާއިއެކު އަޅުގަނޑު ރޮއިރޮއި އިންދާ ވަރިކޮށްލިއެވެ. އެންމެ ކުޑަމިނުން ރަށަށް ފޮނުވައިދޭށޭ ކިޔައި ކުރި އާދޭސްވެސް އަޑެއް ނުއިވުނެވެ. ކޮންމެއަކަސް އެހިސާބުން އަޅުގަނޑުގެ އަލަތު ކައިވެނި ނިމިގެންދިއައީއެވެ. 

ރުޤްޔާ ކުރުމުން މައިދައިތަ ދިން ސައިތަށީގެ ހަޤީޤަތްވަނީ އެނގިފައެވެ. އެކަން ޤަބޫލުކުރެވޭވަރުގެ ހެކިތައްވެސް ވަނީ ފެނިފައެވެ. 

އަޅުގަނޑު މިހާރު ދިރިއުޅެމުން މިދަނީ ދެވަނަ ކައިވެނީގައެވެ. ހިތްހަމަ ޖެހިގެން އުފަލުގައެވެ. ދަރިން ވެސް ދެއްވަވައިފިއެވެ. 

އަޅުގަނޑުގެ އަލަތު ފިރިމީހާ އަޅުގަނޑު ދޫކޮށްލުމުން އެދުވަހު ހިތާމަކުރީމެވެ. ނަމަވެސް މިއަދު އުފާކުރަމެވެ. އުފާކުރަންޖެހެނީ އޭނާގެ ޢާއިލާގެ ޙަޤީޤަތް މިއަދު ރަށުގެ ރައްޔިތުންނަށް ރަނގަޅަށް އެނގޭތީއެވެ. ރަށުގެ ރައްޔިތުން އެޢާއިލާ ލޭބަލްކޮށްފައިވަނީ ފާހިޝް އަމަލުތަކުން ފުރިގެންވާ ޢާއިލާއެއްގެ ގޮތުގައެވެ. ރަށެއްގެ ރައްޔިތުން ޢާއިލާއެއް އެގޮތަށް ލޭބަލްކުރާނީ ސަބަބުތަކެއް ހުރުމުންކަން ޤަބޫލުކުރަންޖެހެއެވެ. 

މިއަދު އަޅުގަނޑު އުފާކުރަންޖެހެނީ އެފަދަ ދަށުދަރަޖައިގެ ޢާއިލާއެއްގެ ކިބައިން ސަލާމަތްކުރައްވަވައި ދެއްވެވީތީއެވެ. 

އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުން ދެކަމެއްވެއެވެ. ފުރަތަމަ ކަމަކީ ބައެއް މައިދައިތައިން މަންމަގެ މަޤާމުގައި ތިބެގެންވެސް ކިތަންމެ ބޮޑު ދެރައެއްވެސް ދީފާނެ ކަމެވެ. ސިހުރު ފަންޑިތަވެސް ހަދައިފާނެ ކަމެވެ. އަޅުގަނޑަށް މިދިމާވި ފަދަ ކަންކަން އެކިސިފައިގައި އެތައް ބައިވަރު އަންހެނުންނަށް މެދުވެރިވެފައިވާކަމާއި މެދުވެރިވަމުންދާކަން އެއީޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެކެވެ. 

ދެވަނަ ކަމަކީ އަހަރެމެން ތެދުވެރިނަމަ އަހަރެމެންނަށް ރަނގަޅުގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. ފާފަވެރިވުމަށް ހުޅުވޭ ދޮރުތައް ބަންދުކުރައްވަވައި ދެއްވަވާނެ ކަމެވެ. 

ތިންވަނަ ކަމަކީ އަހަރެމެންގެ ކުށަކާއި ނުލައި އަހަރެމެން ވަރިކުރުމުން ހިތާމަކުރުމެއް ނެތްކަމެވެ. ގެއްލުނު ފިރިމީހާއަށްވުރެ ރަނގަޅު ފިރިއަކު ދެއްވަވާނެކަން ޔަޤީންކުރަންޖެހޭނެ ކަމެވެ. ހަމަޔަޤީނުންވެސް މިކަންކަން މިވަނީ އަޅުގަނޑަށް ތަޖުރިބާ ކުރެވިފައެވެ. 

- ރަމީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް