އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޙުރުވެރިޔާ ސިޙުރު ހަދާފައި ހަންޖަރެއް ވަޅުލީމާ ސިޙުރަށްވުރެ ދުޢާގެ ބާރުމާގަދަވެ ގެންގުޅުނު ވަޅިއަކުން ސިޙުރުވެރިޔާގެ ދަރިފުޅުގެ މޭމަތި ކަފައިގެންދިއަ ގޮތުގެ ވާހަކަ-

ސިޙުރުވެރިޔާ ސިޙުރު ހަދާފައި ހަންޖަރެއް ވަޅުލީމާ ސިޙުރަށްވުރެ ދުޢާގެ ބާރުމާގަދަވެ ގެންގުޅުނު ވަޅިއަކުން ސިޙުރުވެރިޔާގެ ދަރިފުޅުގެ މޭމަތި ކަފައިގެންދިއަ ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 48 ސިކުންތު

އަޅުގަނޑު ދިރިއުޅެނީ ފަޤީރު އަވަށެއްގައެވެ. މާނައަކީ ފަޤީރުން ދިރިއުޅޭ އަވަށެއްގައެވެ. ގިންއީ ދަނޑުވެރިންނެވެ. އަވަށުގެ މީހުންނަކީ ފަޤީރު ބައެއް ނަމަވެސް ގިނަ މީހުންނަކީ ވަރަށް ރަނގަޅު ބައެކެވެ. ފަތިސްނަމާދުން ފޭބުމާއިއެކު މަސައްކަތަށް ފަށައިގަންނާނެއެވެ. ޢިޝާނަމާދުން ފޭބުމަށްފަހު މަގެއްގެ މަތިން ފެންނާނީ ވަރަށް މަދު މީހެކެވެ. އެންމެންހެން ކައިގެން އަވަހަށް ނިދާނީއެވެ. 

އެއްރޭ އަޅުގަނޑަށް ވަރަށް ބިރުވެރި ހުވަފެނެއް ފެނުނެވެ. މިބުނަނީ ހުވަފެން ބިރުވެރިވި ވާހަކައެއް ނޫނެވެ. ހުވަފެނުގައި ފެނުނުކަންތައް ބިރުވެރިވާހަކައެވެ. ހުވަފެނުގައި ފެނުނީ ގޭގެ ދޮރާ ދިމާވާ ގޮތަށް އަސްކެންޏާއި ހަމައިގައި މީހަކު އެއްޗެއް ވަޅުލާ ތަނެވެ. އެއީ އާދައިގެ އެއްޗެއް ނޫނެވެ. ކުޑަވަރެއްގެ ހަންޖަރެކެވެ. 

ހޭލެވުމުން ގަޑިބަލައިލިއިރު 3 ޖެހީއެވެ. ރޭއަޅުކަންކުރަން ޢާންމުކޮށް އަޅުގަނޑު ހޭލައްވާނީ އަނބިމީހާއެވެ. ނަމަވެސް އެރޭ އަނބިމިހާ ހޭލެއްވީ އަޅުގަނޑެވެ. ދެމަފިރިން އެކުގައި ރޭ އަޅުކަންކޮށް ދުޢާކޮށް ނިމި ފަތިސްނަމާދުވެސް އެކުގައި ކޮށް ނިމުމުން އަނބިމީހާއަށް ބުނީމެވެ. "އަހުރެން ބުނަންދެން ގޭގެ މައިދޮރު ނުހުޅުވާށެވެ! އަދި ގޯތީގެ އެފަރާތަށް ނުވެސް ނުކުންނާށެވެ! މިބާވަތުގެ ހުވަފެނެއް ފެނިއްޖެއެވެ. އެއީ ބަަލްނޖެހޭނެ ކަމެކެވެ." 

އިރުއެރުމުން މިސްކިތަށް ގޮސް އިމާމް އާއި ބައްދަލުކޮށް ފެނުނު ހުފަނުގެ ވާހަކަ ކިޔައިދިނުމުން އިމާމް ބޭނުންވީ ގެއަށް އަންނާށެވެ! ދެމީހުން އެކުގައި ގެއަށް އައިސް އެ ސަރަޙައްދު ބެލިއިރު ހާވާފައި ހުރި ތަނެއް ފާހަގަކުރުމުން މަޑުމަޑުން އެތަން ކޮންނަން ބުންޏެވެ. ފޫތެއްހައި ފުނަށް ކޮނެވުނުތަނާ ބިމަށްހަރާފައި ހުރި ހަންޖަރުގެ މުށްގަޑު ފެނިއްޖެއެވެ. 

އިމާމް ބުނީ މުށްގަނޑުގައިވެސް އަތްނުލައި ވަސައިގެން ކޮނުމަށެވެ. ހަންޖަރު އެކުގައި ފެނުމުން އިމާމް ބުނީ ފެންއެއްޗެއް ގެނައުމަށެވެ. ފެންބާލިދީއެއް ގެނައިމާ ފޮތުގަނޑަކުން އެނަގައި ފެންބާލިދީއަށް ލީމާ އިމާމް ބުނީ އެބާލިދީ މިސްކިތަށް (އިމާމް ނިދާ ކޮޓަރިއަށް) ގެންދިއުމަށެވެ. 

އެހެން ބުނެފައި ކުޑަ ފެންބާލީދީއަކަށް ކިޔަވައި އެތަނަށް ފެންއަޅާފައި އިމާމް ބުނީ ދެން ފަސްލުމަށާއި އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނުމަށެވެ. 

ހަންޖަރުލީ ފެންބާލިދީ ގެންގޮސްފައި އެނބުރި ގެއަށް އައިއިރުވެސް އަނބިމީހާ އިނީ މުސައްލަމަތީގައި ދުޢާކުރާށެވެ. ގެއަށް އައިމާ ތެދުވެ ސައިހެދުމުން ސައިބޮއި ނިމުނތަނާ މީހުން ބާރުބާރަސް މަގުމަތީގައި ހިނގާތަން ފެނިގެން ނުކުމެ ވެގެން އުޅޭ ގޮތް ބަލައިރު 8 އަހަރުގެ ކުއްޖަކު ގެންގުޅުނު ވަޅިއަކުން މޭމަތި ކަފައިގެން ގޮސްގެން މީހުން އެގެއަށް ދަނީއެވެ. 

އަޅުގަނޑުވެސް އެގެއަށް ދިއައިމެވެ. އެއިރު އިމާމްވެސް އެގޭގައި ހުއްޓެވެ. އެކުއްޖާގެ ބައްޕައަށް އަޅުގަނޑު ފެނުމާއިއެކު މޫނަށްވެގެންދިއަގޮތް ބުނެދޭކަށް ނުއެނގެއެވެ. އެތަން އިމާމަށްވެސް ފެނުނެވެ. އިމާމް އަޅުގަނޑުގެ ގާތަށް ޖެހިލާފައި ބުނީ އެނބުރި ގެއަށް ދިއުމަށެވެ. 

އެއިގެ ފަހުން ހަފްތާއެއްވީ ދުވަހު އެކުއްޖާގެ ބައްޕަ އަޅުކަނޑާއި ބައްދަލުކުރިއެވެ. ވަރަށް ދެރަވެފައި ހުރެގެން އޭނާއަށް ކުރެވުނު ކަންތަކުގެ ވާހަކަ ކިޔައިދިނެވެ. ބުނީ ސިޙުރު ހެދުނީ އޭނާއަށް ކަމަށެވެ. ސަބަބަކީ އޭނާ އަބަދުވެސް އަޅުގަނޑުގެ އަނބިމީހާދެކެ ލޯބިވެވޭތީ ދެމަފިރިން ދުރުކުރުވައިގެން ކައިވެނިކުރަން ބޭނުންވެގެން ކަމަށެވެ. އޭނާގެ އަނބިމީހާ ވަރިވެގެން ދިއައިންސުރެ އައީ ސިޙުރުހަދަމުން ކަމަށެވެ. 

މާފަށް އެދުމުން ވަޤުތުން މާފުކުރީމެވެ. ބުނީމެވެ. "ތިއަ ގޮތަށް ސިޙުރު ހެދުމުގެ ބަދަލުގައި ހަންޖަރު ހިފައިގެން އައިސް އަޅުގަނޑު ކަތިލި ނަމަ މާރަނގަޅުވާނެއެވެ. އެކަމަކުވެސް މައްސަލައެއް ނެތެވެ. ކަނޑިއަކުން ޙަމަލާދިނަސް މަރުވާނީ އިރާދައިގައި އެކަން އެގޮތަށްވުމަށް އިރާދައިގައިވާނަމަ ނޫން ހެއްޔެވެ؟ އަޅުގަނޑު ވަކީލްކުރަނީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. ހަންޖަރަށާއި ކަނޑިއަކަށް ނޫނެވެ." 

އަޅުގަނޑު އެވާހަކަ އިމާމް ނޫން މީހެއްގެ ގާތަކު ނުބުނަމެވެ. ނަމަވެސް އަވަށުގެ އެންމެންނަށް އެނގުނެވެ. އެންމެން އޭނާ އެކަހެރިކޮށްލުމުން ގެވެސް ވިއްކާލާފައި އަވަށުން ދިއައީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރި މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ބޭނުންވާ ކޮންމެ ކަމެއް ޙާޞިލުކުރަން ސިޙުރުހެދުން ޢާންމުވަމުން އަންނާތީއެވެ. ކިތަންމެ މޮޅަށް ކިތަންމެ ވަރުގަދައަށް ސިޙުރު ހެދިނަމަވެސް ކާމިޔާބުވާނީ އިރާދައިގައި ހުރިނަމަ ކަމަށް ބުނުމަށެވެ. ސިޙުރަށްވެސް ދުޢާއަށްވުރެ ކުރިއަށް ނުއެރޭނެކަން މިވާހަކައިންވެސް ވަރަށް ރަނގަޅަށް އެބަ އެނގެއެވެ.

 

- މިއަދުނޫސް 

- ޢިބްރަތްތެރި ވާހަކަ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް