އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ކައިވެންޏަށް 50 އަހަރު ފުރުނުއިރުވެސް ބަދަލެއް ނައިސް ލޯބިން އެކުގަ އުޅޭ ދެމަފިރިއަކު އެއުފާވެރިކަން ލިބިގަންނަން ފުއްދި ވަރަށް ކުޑަކުޑަ ވަޢުދު-

ޢިބްރަތްތެރި ވާހަކަ: ކައިވެންޏަށް 50 އަހަރު ފުރުނުއިރުވެސް ބަދަލެއް ނައިސް ލޯބިން އެކުގަ އުޅޭ ދެމަފިރިއަކު އެއުފާވެރިކަން ލިބިގަންނަން ފުއްދި ވަރަށް ކުޑަކުޑަ ވަޢުދު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ލޯބިވެގެން އެކުގައި ގިނަ ދުވަސްތަކެއްވަންދެން ނުއުޅެ ކައިވެނިކުރާނަމަ "ތިއަ ކައިވެނި ވަރަށް ފަސޭހައިން، ވަރަށް އަވަހަށް ރޫޅޭނެ" ކަމަށް ބުނާ ބައަކު އުޅެއެވެ. އެއީ އެމީހުންގެ ވިސްނުމެވެ. ކޮންމެއަކަސް އަހުރެންނަށް ކައިވެނިކުރަން ފެނުނު އަންހެނާ އާއި ބައްދަލުވެ ދެމީހުން ގަޔާވެ ކައިވެނިކުރަން އުޅުމުންވެސް ހަމަ މިމައްސަލަތައް ނުކުތެވެ.  

ބައެއް މީހުން އެންމެ ބޮޑަށް ފާހަގަކުރީ އަންހެން މީހާގެ ޢާއިލާވެސް އަހުރެންނަށް ނުއެނގޭތީއެވެ. އެެހންވެ މައްސަލަތައް ގިނަވީވަރުން އަހުރެން ބުނީމެވެ. "އޭނާގެ ޢާއިލާގެ މީހުންނަކީ ކޮންމެ ބައަކަށްވީނަމަވެސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. އަހަރެން ކައިވެނިމިކުރަނީ އޭނާގެ ޢާއިލާއަކާއެއް ނޫނެވެ. އޭނާއާއިއެވެ."  

ކޮންމެއަކަސް ކައިވެނިކުރީއެވެ. ކައިވެނިކުރީ އަހުރެންގެ ޢުމުރުން 23 އަހަރުގައެވެ. އަހުރެންގެ މިހާރުގެ ޢުމުރަށް ބަލާނެ ކަމެއް ނެތެވެ. މުހިންމީ ކައިވެންޏަށްވީ ދުވަހެއް ނޫންހެއްޔެވެ؟ ކައިވެންޏަށް މިހާރު 50 އަހަރުފުރި އިތުރުވެއްޖެއެވެ. 

އެކަމަކު ބުނަންހެއްޔެވެ؟ ކައިވެނި އަދިވެސް ކުރިއަށް މިދަނީ ހަމަ ތާޒާކަންމަޓީގައެވެ. ޢުމުރުން މިހައި ދުވަސްވީމާ ދެމީހުންނަށް ބައްދާލައިގެން ނިދަން ފަސޭހަ ނޫން ރޭރޭ އާދެއެވެ. އެކަމަކު މުދުގައި ރެފްރީއަކަށް ކަންނޭލެއް ބާއްވައިގެން ނިދިނަމަވެސް ނިދަނީ ދެމީހުން އަތުކުރީގައި ނަމަވެސް ހިފާލައިގެންތިބެއެވެ.  

އަހަރެން ކައިވެނިކުރަން އުޅުނުއިރު ކުރިން ބުނި ޒާތުގެ ވާހަކަތައް ދެއްކި ބައެއް މީހުން 4.5 ކައިވެނިވެސްކޮށްފިއެވެ. ފުރަތަމަ ކައިވެނިމަތީގައި އަހުރެން ފަދައިން ހުރެވުނީ އެންމެ މީހަކަށެވެ.  

ދެން ބުނެލަން ބޭނުންވީ ކައިވެނި މިހައި ކާމިޔާބުވި ސަބަބެވެ. ދެމީހުންވެސް ވައުދު ފުއްދީއެވެ. އެއީ ހަމަ ދާދި ކުޑަކުޑަ ކަމެކެވެ. މުޅި ޢުމުރަށްވެސް ތެދުވެރިވުމަށާއި ބޭވަފާތެރި ނުވުމަށްވީ ވަޢުދެވެ. އެއަށްވުރެވެސް ކުޑަކޮށްލާނަމަ ދުވަހަކުވެސް ދޮގެއް ނުބުނަންވީ ވަޢުދެވެ. އެހެންވެ އެކަކަށްވެސް އަނެކާއަށް ދޮގެއް އަދި މަކަރެއްވެސް ނުގެދުނީއެވެ. އެކަން ނުކުރާތީ ޝައިޠޯނާއަށް ކައިރިވެސް ނުވެވުނީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަހަރެމެން ދެމީހުންގެ ދިރިއުޅުމުން ޢިބްރަތް ޙާޞިލުކުރާށެވެ! ދެމީހުންކުރެ އެކަކުވެސް އެންމެ ދޮގެއްވެސް، ކިތަންމެ ކުޑަ ދޮގެއްވެސް ނުބުނާށެވެ! ކިތަންމެ ކުޑަކަމެއްގައިނަމަވެސް ދޮގު ނުބުނާނަމަ ދޮގުހަދަން ވިސްނަންޖެހޭނެ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެއެވެ. ދޮގު ހަދަންޖެހޭނެ ޙާލަތެއްވެސް ކުރިމައްޗެއް ނުވާނެއެވެ. އިން ޝާ ﷲ. މިހެން މިބުނީ ހަމަ އަމިއްލަ ތަޖުރިބާގައެވެ. 51 އަަހރުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

- ޔޫސުފް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް