އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެންވެސް ކިޔާލުން މުހިންމު!: އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާ ޖަހައިގަންނަން ދިއަ މާރީތި މާޒުވާން އަންހެނަކަށް ދެރަވެ ކަރުނައަޅަމުން ނުކުންނަން ޖެހުނު ޙާދިސާއެއްގެ ވާހަކަ-

އެންމެންވެސް ކިޔާލުން މުހިންމު!: އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާ ޖަހައިގަންނަން ދިއަ މާރީތި މާޒުވާން އަންހެނަކަށް ދެރަވެ ކަރުނައަޅަމުން ނުކުންނަން ޖެހުނު ޙާދިސާއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 29 ސިކުންތު

އެއީ އަވަށްޓެރިންނެވެ. އެންމެ ގާތް އެކުވެރިންނެވެ. ނަމަވެސް އޭނާ އަބަދުހެން ވިސްނަމުން ދިއައީ އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާ ޢާއި ގުޅުން ހިންގައި އޭނާގެ ތަނަވަސްކަމުން ބައެއް ހޯދައިގެން އުޅެވޭނެ ގޮތަކަށެވެ.  

ވަރަށް ބޮޑަށް ވިސްނާފައި އެގެއަށް ދިއައެވެ. އެނގިފައި އޮތީ އޭނާގެ އަނބިމީހާ ރަސެގައި ނެތްކަމަށެވެ. އެހެންވެ ގޮސް ޓަކިޖެހުމުން ދޮރުހުޅުވީމާ ގެއަށް ވަނެވެ. ލަދެއް ޙަޔާތެއް ނެތި އޭނާގެ އެދުންތައް ހުށަހަޅައިލިއެވެ.  

"ތިބާގެ ތަނަވަސްކަމުން ތިބާއަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަނބިމީހާ އަބަދު އެއުޅެނީ ދަތުރުކުރުމުގައެވެ. ތިބާއަށް ލިބެނީ ކޮން އުފަލެއް ހެއްޔެވެ؟ އަހުރެން ތިބާދެކެ އިންތިހާއަށް ލޯބިވަމެވެ. އަނބިމީހާ ނުހުންނަ ދުވަސްތަކުގައި އަހުރެން މިހުރީ ތިބާއަށް ޚިދުމަތްކުރާށެވެ! އަނބިމީހާގެ ކިބައިން ދުވަހަކުވެސް ލިބިފައި ނުވާވަރަށް އުފާކޮށްދޭނަމެވެ. އެކަމަކަށް އެއްވެސް އަގެއްވެސް ބޭނުމެއް ނޫނެވެ. ތިބާގެ ކިބައިން ލޯތްބާއި އުފާވެރިކަން ލިބެނިކޮށް އެނިމުނީއެވެ."  

މިފަދަ ވާހަކަތަކެއް ދައްކާފައި އިސްވެ އޭނާގެ ގައިގައި އަތްލަން ފެށުމުން ފެށުމުން އެދުނީ މަޑުކޮށްލުމަށެވެ. އިރުކޮޅަކުން އައީ ފޮޓޯ އަލްބަމެއް ހިފައިގެންނެވެ. އަލްބަމަ ހުޅުވައި އެއިގައި ހުރި ފޮޓޯތައް ކިޔައިދޭން ފެށިއެވެ.  

"މިއީ އަހުރެންގެ އެންމެ ޒުވާން ޢުމުރެވެ. އުޅެންޖެހުނީ ވަރަށް ބަލިޙާލުގައެވެ. ބޭސްކުރާނެ ފައިސާއެއްވެސް ނެތެވެ. ލޯބިވެރިއަކަށް ހުރެ އޭނާ އަހުރެންގެ ބޭސްފަރުވާއަށް ޚަރަދުކުރިއެވެ. އޭނާވެސް ނުލާހިކު ދަތިޙާލުގައި އުޅެމުންނެވެ.  

މިހުރީ ކައިވެނީގެ ފޮޓޯތަކެވެ. ކައިވެނިކުރީވެސް ބަލިޙާލުގައި އުޅެމުންނެވެ. ކައިވެންޏަށްވެސް ޚަރަދުކުރީ އޭނާއެވެ.  

ދެން މިހުރީ ބަލިން ގަދަވެގެން ދިރިއުޅުން ކުރިއަރައިގެން އައި ގޮތެވެ. އަހުރެން ވަޒީފާއަދާކުރަން އެންމެ ބޮޑަށް އެހީތެރިވީ އޭނާއެވެ. ދެމީހުންގެ މަސައްކަތުން ވަރަށް މަދު ފައިސާކޮޅެއް ޖަމާކުރެވުނީމާ އަމިއްލަ މަސައްކަތެއް ފަށަން ހިތްވަރުދިނީ އޭނާއެވެ. މަސައްކަތުގައި ކުރިއަށްދާން ހިތްވަރާއި އިރުޝާދުދިނީ އޭނާއެވެ.  

ތެދެކެވެ. އަނބިމީހާ އަހުރެންނަށްވުރެ 5 އަހަރު ދޮށްޓެވެ. ސިފަވެސް ކަލޭހައި ރީއްޗެއްވެސް ނޫނެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އޭނާގެ އެތެރެފުށުގެ ސިފަ ކަލެއަށްވުރެ މާރީއްޗެވެ. ކަލޭ ކުރަން އުޅޭ ބާވަތުގެ ކަމެއް ނުކުރާނެ ކަމުގެ އިތުރުން ތިއަދެއްކި ބާވަތުގެ ވާހަކައެއްވެސް އޭނާ ނުދައްކާނެކަން ޔަޤީނެވެ. އޭނާ ދަތުރުތައް އެކުރަނީ އޭނާ އެކަންކުރަން ބޭނުންވެގެނެއް ނޫނެވެ. ކުންފުނިހިންގަން އަހުރެންނަށް ފުރުޞަތުދީފައި އޭނާއެކުރަނީ އަހުރެން ކުރަންޖެހޭ ދަތުރުތަކެވެ.  

ދެން ނިކަން ބުނެބަލާށެވެ! އެވަރުގެ އަންތބަކަށް ޚިޔާނާތްތެރިވާން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އަހުރެން މިކިޔައިދިން ކަންކަމަކީ ތެދު ޙަޤީޤަތްކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީވެސް ކަލެއެވެ. ފޮޓޯތައް މިދެއްކީ ކަލެއަށް އެކަންކަން އެނގުނުކަމަށް ނުހަދައި ކުރަން ތިއަ އުޅުނު ކަންތަކުގެ ނުބައިކަން ބޮޑުކަން ބޮޑުކަމުންނެވެ.  

ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ؟ ބޭލި ފޭރާން ލައިގެން ވަންދޮރުން ނުކުމެގެންދާށެވެ! ދެން މިގެއަށް ނުވަންނާށެވެ! އަހުރެންނަކީ ބޭވަފާތެރި ނުވުމުގެ އިތުރުން އަހުރެންގެ އަނބިމީހާ ސިއްރުކުރަންޖެހޭ ކިތަންމެ ކުޑަކަމެއް ނަމަވެސް ކުރާނެ މީހެއް ނޫނެވެ."  

އޭނާއަށް ޖެހުނީ ކަރުނަ އަޅަމުން ނުކުމެގެންދާށެވެ! އެންމެ ދެރަވީ އޭނާގެ ރީތި ހަށިގަނޑަކީ އެއްވެސް އަގެއް ނެތް އެއްޗެއްކަން ވިސްނުނުމުންނެވެ. ނުކުމެގެންދަމުން ބުންޏެވެ. "ތިއައީ ފިރިހެނެއްވެސް ނޫނެވެ. މޮޔައެކެވެ." އެވާހަކައަކަށް އޭނާ ޖަވާބެއް ނުދެއެވެ.  

މިއީ ވަރަށް ދިގުކޮށް އެއަންހެން މީހާ ލިޔެފައިވާ ވާހަކައެއްގެ ޚުލާޞާއެކެވެ. ވާހަކަ ނިންމާލަމުން ބުނެފައިވެއެވެ. "މިބުނަނީ ހަމަ ތެދަށެވެ. އެދުވަހުގެ ކުރިއަކުން މިފަދަ ތެދުވެރި، އަނބިމިހާގެ އަގު މިފެންވަރަށް ވަޒަންކުރާ ފިރިހެނުން ތިބޭކަމަކަށް ހިއެއްވެސް ނުކުރަމެވެ. އެއިގެ ފަހުން 2 އަހަރުވީއެވެ. އެފެންވަރުގެ ފިރިހެނަކާއި އަދިވެސް އަދިވެސް މިއުޅެނީ ބައްދަލުނުވެގެންނެވެ."  

މިޙާދިސާއަށް ބަލައި އިތުރަށް ބުނާނެ އެއްޗެއްވެސް ނުވިސްނެއެވެ. އެފިރިހެން މީހާގެ ވިސްނުމުން ހުރިހާ ފިރިހެނުންވެސް އަދި އަންހެނުންވެސް ވިސްނާނެނަމަ އެންމެންނަށްވެސް ހާދަ އުފަލުގައި އުޅެވުނީހެވެ.

 

- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް