އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަނބިމީހާ ބެލްކަނީން ވައްޓާލަން އުޅުނު ފިރިމީހާ ހަމައެވަގުތު އެބެލްކަނީން ވެއްޓި ޢުމުރަށް ނުކުޅެދޭ މީހަކަށް-

ޙަޤީޤީ ޙާދިސާ: އަނބިމީހާ ބެލްކަނީން ވައްޓާލަން އުޅުނު ފިރިމީހާ ހަމައެވަގުތު އެބެލްކަނީން ވެއްޓި ޢުމުރަށް ނުކުޅެދޭ މީހަކަށް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ފިރިއަކު އަނބިމީހާ ދެކެ ރުޅި އައިސްގެން އުޅުނީ ފްލެޓުގެ ބެލަކަނީން ވައްޓާލާށެވެ! އަނބިމިހާގެ ފުރާނަ ސަލާމަތްވީ އެވަގުތު އެތަނަށް އައި ބައަކު އެކަމަށް ހުރަސް އަޅައި އާދޭސްކުރުމުންނެވެ. 

އަނބިމީހާގެ ގައިން އަތްދޫކޮށްލުމަށްފަހު ގޭތެރެއަށްވަދެ ކުޑަ ފެންފުޅިއެއް ނަގައިގެން ގޮސް އަނބިމީހާގެ ކުށް ބަޔާންކޮށްދޭން ބެލްކަނީގެ ފާރުބުރީގައި އިށީނެވެ. އެޙާލަތުގައި އެތަނުގައި ނުއިނދެ ތެދުވެ އެތެރެއަށް ވަންނަން ނަޞޭހަތްދިނުމުން ތެދުވަން ހަދާލެވުނު ގޮތަކުން ފުރަގަހަށް އަރިއަޅާލައިގެން ވެށްޓުނީ ބޭރަށެވެ. 

މަރެއް ނުވެއެވެ. މައިބަދަ ބިނދުނީއެވެ. ތިރީކޮޅުން ވާގިދިއައީއެވެ. ނުކުޅެދޭ މީހަކަށްބަދަލުވީއެވެ! އެއްކަލަ ބެލްކަނީން ވައްޓާލަން އުޅުނު އަނބިމީހާއަށް މިޖެހުނީ ނުކުޅެދޭ މީހެއްގެ ގޮތުގައި އުމުރަށް ފިރިމީހާ ބަލާށެވެ! 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތު ބުނެލަން އޮތީ މިފަދަ ހާދިސާތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! ޚާއްޞަކޮށް ދެމަފިރިން އެކަކު އަނެކަކަށް އަނިޔާނުކުރާށެވެ! ޙަޔާތުގަ ތިމާގެ ބުރަ އުފުލަންހުރި ބައިވެރިޔާއަށް އަނިޔާވެރިވާ މީހުންނަށް މިފަދަ އަނިޔާތައް ކުރަން ބިރުވެތިވާށެވެ! ކާކުގެ ބުރަ އުފުލަންޖެހޭނީ ކާކަށްކަން ހަމައެކަކަށްވެސް ޔަޤީނެއް ނުކުރެވޭނެއެވެ. 

މިއީ ދާދިފަހުން ސްރީލަންކާގައި ހިނގި ކަމެކެވެ. 

- ނަސްރީނާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް